ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު އެއް ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި ތަހުގީގުގެ ބައްދަލުވުންތައް އޮންލައިންކޮށް ކުރިޔަށް ގެންދަން ފަށައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ހިނގަމުންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ސުޕަވައިޒަރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކަމަށެވެ. އިތުރު ވަސީލަތްތައް ބޭނުން ކޮށްގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ރައީސް ސޯލިހު އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ޖޮއިންޓު ވެގެންނެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް އެތައް ބިލިއަން ރުފިޔާ ލިބެންޖެހެއެވެ.

އެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުވާތަކެއްކޮށް ޖަލަށްވެސް ލިއެވެ. ނަމަވެސް ފަހުން އެ ހުކުމްތައް ބާތިލް ކުރުމަށްފަހު މިހާރު ވަނީ އާ ދައުވާތަކެއް އެމީހުންގެ މައްޗަށް އުފުލާފައެވެ.

މި މަހުގެ ތިންވަނަ ދުވަހުގެ ރޭ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވާހަކަދައްކަވަމުން އޭސީސީގެ މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންއާ އެކު އެމްއެމްޕީއާރުސީގެ ތަހުގީގަށް ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ސަމި

    ތިކަން އަދި ވެސް ނިމޭކަށް ނޫޅޭ ތަ ކޮނުނު ކޮނުނު ހެން ނުކުންނަނީ އެހެން ނަންތަކެއް ދެއްތޯ . އެހެން ވީމާ ބޭނުންވާ ނަމެއް ލިބެން ދެން ކޮންނަނީ .

    48
  2. ޔާމިން

    ފޮޓޯތަކު މައްސަލަވެސް އޮންލައިންކޮށް ބަލާދެގަ

    67
    1
  3. އަސީ

    ކޮވިޑް19 ކޮރޮޕްސަން ކަންތައްތަކާ ލީކުވަމުންދާ ފޮޓޯތަކުގެ ކަންކަން އަނބުރާލުމައް ތިހެއްދެވީ ހިތުންމޮޅުއުކުޅެއް ނަމަވެސް ރައްވިތުންމިހާރު މާހޭލުންތެރި ދެބޯގެރި ނުދުއްވެވުން އެދެން

    70
  4. ޖައުފަރު

    އެމް ޑީ ޕީ މަރުމޯލުން ބުނި ރަނގަޅު ތަހްގީގް ކޮބާ 5 އަހަރު ހަމަވާ އިރުވެސް ތި މައްސަލަ އޮންނާނީ އޮތްތަނުގަ ވަޅު ޖަހާފަ

    54
  5. މާމީ

    ފޮޓޯތަކުގެ ވާހަކަ އޮއްބާލަން ވެގެން ތިއުޅެނީ ކަލޭމެން ގެ ތެރޭގަ ތިބިވަގުންގެ ކަންތައް ފުރަތަމަ ބަލާލަބަލަ. ތިފައިސާ އެންމެ ގިނައިން ލިބުނުމީ ހަކަށް ކިއާ ހިންނަވަރު މީހަކަށް.

    60
  6. ދުންތަރި

    ނަގޫ ގޮށްޖެހި ސަލާމަތްނުވާ ބަޔަކަށް ކޮން މައްސަލައެއް ބެލޭނީ މިހާތަނަށް އެމްޑީޕީއަށް އެއްވެސްކަމެއް އިންސާފަކުން ނުކުރެވުނު އެއްވެސްކަމެއްގެ އިންސާފެއް ހޯދައެއް ނުދެވުނު ތިޔަ ބުނާ އެމްއެމްޕީއާރުސީގެ މައްސަލައިގެ ހަޤީގަތަށް ވާސިލްވާކަށްނުކެރޭނެ ބައިކޮޅަށް ބޯޅަވަންނަތަން ފެންނަނީ އަބަދުވެސް މައްސަލަ ބަލަންތިބީ ނަޒާހަތްތެރިކަމުން ފޯވެފަވާ ބައެއް ދެން ކޮން ކަމެއް ބެލޭނީ

    47
  7. ރޯދަ މުބާރިކް

    ވަބާގެ ކަންތައް ނިމުނީ ތޯ؟! މި މަސްއަލައެއް ބަލާތާވެސް ގަރުނެއް! ދެން އަންނަ ވެރިޔާ ވެސް މަސްއަލަ ބަލާނެ ތޯޗެއް!..

    35
  8. ޣޯނި

    ޢެއުޅެނީ ރާފުޅު ކާަރި ނެށިވާހަކަ ބުނީމަ އަޑުކަޑާލަން... ޏުވާނެ ކާލޯ.... މިޙާރުގެ ބަލިން ސިފާލިބުނީމަ. ޚެކެކެކެ ޢަރާނެ..

    50
    1
  9. ސަބަރޭ

    ލީކުވެފާއިވާ ފޮޓޮތަކާއި ވީޑިއޯ ގެ މައްސަލަ ވެސް ތަހުގީގު ކުރަންވާނެ ނޫންތޯ ؟ ޢަދި ތަހުގީގު ކުރިޔަށް ގެންދަވަންވާނީ 100 ފުއް ފެންނަގޮތަށް އޮންލައިންކޮއް އާއްމުކޮއް ހުޅުވާލާއި ގެން އަމައްޔާތް ދެންމަށަކަށް ނުކެރޭނެ

    49
  10. ޙައުލާ

    ތަހުގީޤު ކުރެވޭނީ އެކަން ކުރި މީހުން މަގާމު ތަކުން ވަކިވެގެން. އިންސާފު ނެތިމިދާ ވަރުން ވަރަށް ބިރުބޮޑު. އިންސާފު މިދަރަޖައަށް ގެއްލުމުން ﷲ ތައާލާ ވަނީ އުއްމަތްތައް ހަލާކު ކުރައްވާފައި.

    30
  11. ތެރީޝާ

    ތިޔައީ މިހާރު ކުޑަކުއްޖާވެސް ދަންނަ ސިއްރެއް ފޮޓޯތަކަކާ ވީޑިއޯތަކެއްގެ ވާހަކަ އޮއްބާލެވޭތޯ ކުޅޭ ޑުރާމާއެއްކަން މިހާރު އެނގޭނެ ދުބޯގެރި ދުއްވަންފައްޓާއިރައް

    28
  12. ސަޓޯ

    ހަމީދު ހުރި ހަޔާތްކުޑަކަން!!! ފޮޓޯ މައްސަލަ ބަލާ ހަމަ މިހާރު. ނޫނީ ވައްޓާލާނަން

    33
  13. މުހަންމަދު

    އަހަރުމެން ބަލަން ބޭނުން އެމްސީ ހަމީދު ޑިސްކޯއެއގެ ތެރޭގައި ވައްތަރުޖައްސަން އޮތްތަނުގެ މައްސަލަވެސް.

    32
  14. Anonymous

    ހަމަ ހަގީގަތުގަވެސް މިގައުމުން އިންސާފު ނެތި ހިނގައްޖެ. ސަދޫމާއި ގާރޫނުގެ ހަމަ މިތާނގަ މިއޮތީ. މިތަން ނެތި ނުދަނީސް ކޮންމެވެސް ބަޔަކު އެބަޖެހޭ މިވެރިކަން ހަމަ މަގަށް އަޅުވަން ނުވަތަ މިވެރިކަން ނިމުމަކަށް ގެންނަން.

    25
  15. ހހހހ

    ހަމަ ހަގީގަތުގަވެސް މިގައުމުން އިންސާފު ނެތި ހިނގައްޖެ. ސަދޫމާއި ގާރޫނުގެ ހަމަ މިތާނގަ މިއޮތީ. މިތަން ނެތި ނުދަނީސް ކޮންމެވެސް ބަޔަކު އެބަޖެހޭ މިވެރިކަން ހަމަ މަގަށް އަޅުވަން ނުވަތަ މިވެރިކަން ނިމުމަކަށް ގެންނަން.

    19
  16. ގގގ

    މިގައުމުގެ ފުލުހުންގެ ވެރިއަކަށް ހާމާން ހުއްޓަސް މިގައުމުގެ ފުލުހުން އޭނާގެ ފަހަތަށް އަރާ ގައުމީ ވާޖިބޭ ކިޔައިގެން ނަށާނެ. ޣީރަތްތެރިކަމުގެ ކަންފުޅެއްވެސް ނެތް

    25
  17. Anonymous

    ރާބުއިމަކީ 80 އެތިފަހަރުން ހައްދު ޖަހަން އަންގަވާފައިވާ ހައްދުގެ ކުށެއް. ެާ ގެންގުޅުމަކީ ތައުޒީރު ކުރެވޭނެ ކުށެއް. ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގައި އަދަބު ކަނޑައެޅިފައިވާ ކުށެއް. ތުހުމަތު ކުރެވޭ މީހާގެ ލަދު ހަޔާން ނެތި ޖަނަވާރެއްގެ ދަރަޖައަށް ވެއްޓުނަސް މީނދަމީހާހާ ހަޔާތް ކުޑަވާނެކަމަށް ހީނުވޭ.

    25
  18. Anonymous

    އިންސާނީ މިޖުތަމައެއް މިދިވެހިރާއްޖެހާ ދަށުދަރަޖައަކަށް އަދި ދުނިޔޭގެ ތާރީހުގައިވެސް ނުދޭ. ދަންވަރު މުހްސިނު 2 މީހުން ކޮޓަރިއަކަށް ވަދެ ނުކުތްތައް ފެނުނީ ކުށް ހޯދާ ކުށްތަހްގީޣު ކުތުމުގެ ގާނޫނީ ޒިންމާ އޮތް މީހުންނަށް. ޒިނޭގެ ތުހުމަތަކީ ކުޑަކަމެއްނޫން. ބިރު ފަހަނައަޅާގޮސް ސަދޫމުގެ އަހްލުވެރިން ފަދައިން އަމަލު ކުރަަނީ. ސަދޫމް ބަންޑުން ޖެއްސެވީ. މިގައުމަށް އޮތް ގޮތެއް...؟؟؟ﷲ ތަޢާލާ އަޅަމެންނަށް ތެދުމަގުދައްކަވާށި. އާމީން.

    22
  19. تالب

    މިގަެުމުގައި ދީނީ އިލްނުވެރިންނޭ ކިޔައިގެން ތިބި މީހުން ނިކަން ބުނެބަލަ. ކީރިތި ޤުރުއާނުގައި ކިތައް އާތަތް ފަށާފައިވަނީ."انالله يأمر بالعدل..." މާތް ﷲ ތިޔަބައިމީހުނަށް އަމުރު ކުރައްވަނީ ޢަދްލްވެރިވުމަށާއި.." މިގައުމުގައި އެކަން ނެތިދާއިރު ﷲ އަށް ބިރުވެތިވުމެއްވެސް ނެތްތަ؟ ސުބުހާނަﷲ. މިގައުމު ހަލާކު ކުރަްްވާ ނެތި ކުރައްވާފާނެކަމަށް އަހަރެމެން ބިރުވެތިވަނީ..

    24
  20. Anonymous

    އިންސާފާ ހަމައާއި ގާނޫނު ނެތް ތަނެއް މިގައުމު ނޫނީ ދުނިޔޭގައިވެސް ނޯންނާނެ. ރައްޔިތުން ތިބޭ ރޭގަނޑު ގޭގައި ނުދާފަ ތިއްބަ ވަދެ ގެންގޮސް ހަދާ އެއްޗެއް ހަދާތަން މާދުރުގައި ނުވާނެ މިފަދަ އަނިޔާވެރި މަންޒަރުތައް ފެންނަމުންދަނީނަމަ. ތިމާމީހާ ކުށް ކުރާނެ ވަރަކަށް ކުރަންވީ ރައްޔިތުންގެ ފައިސާ ކައިގެން ބޮއެގެން ރީގެންވެސް ހުންނަންވީ. އެކަން ނުބެލޭނެ. އެކަމަކު ގައުމަށް ވަފާތެރި މީހަކު ހުރީތީ އޭނަފަހަތުން މިދުވަނީ މިގައުމުގެ މުސްތަގްބަލްވެސް ހަލާކާ ގެއްލުމަށް ވައްޓާލަންތަ؟

  21. ނަައީމް

    ހަމީދުގެ ޑީޖޭގެ އަޑު ކަނޑުވާލަން ހަބަރެއްޖަހާލީ މާދަމާބުނާނެ ވިއްސާރަކަމުން މެދުކަނޑާލީއޭ ކަލޯ ބާކީ 2އަހަރު ތިގޮޅިއަށް ކަލޭމެން ދާންޖެހޭނެކަން ދަންނާތި

  22. ހަސަދު

    މިވަގުތު ކުއްލިއަކަށް މިމައްސަލަ ބަލަން މިފެށީ ކީއްވެބާ!!!، ވަރަށް ބޮޑަށް ތާއީދު ގެއްލި ރައްޔިތުން ރުޅިގަދަވާންފެށީމަބާ!!!

  23. ނާއިން

    އާ ސްޓަންޓް ތަކެއްޖައްސަންފެށި ރައްއަތުން ސަރުކާރަށް އިނގިލި ދިއްކުރަންފެށީމަ މީ މި މީިހުންގެ ގޭމް ސޯ

  24. ކެޔޮޅު

    އޮންލައިނުކޮއް ތަހުޤީގު ކުރަންވީ ހަމީދު ރާބޯމީހުނާއެކު ކުރިކަކެއްދޯ؟

  25. ހެއްރަބޭ

    ވީޑިއޯ ތަކާ ބެއްލެވި އެއްޗެތީގެ އަޑުކަނޑުވާލުމެއް

  26. ޞަފަރުކަތްދަ

    އަވަސްކުރޭ ފައިސާގައި ޖެހުނުހުރިހާމިހުން ވަޒީފާއިންވަކިކުރައްވާ

  27. އަހުމަދު

    ބަނގުރަލާ އެކު ޑިސްކޯ ކޮށްފައި އެކަން ފޮރުވަން މޮޅު ރޮކެޓެއް ޖަހާނަމޭ ހިތާ ދޯ ތިއުޅެނީ