މޫދަށް އެރި އުޅެނިކޮށް އައްޑޫ ސިޓީ އިން ދެކުއްޖަކު ގެއްލުނު ހާދިސާ ހިނގި އިރު އެމަންޒަރު ބަލަން ބައެއް މީހުން ތިބިކަން "ވަގުތަށް" ކަށަވަރު ކުރެވިއްޖެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫގައި މޫދަށް އެރި އުޅެނިކޮށް ތިން ކުދިން ގެނބި ދެކުދިން ވަނީ ގެއްލިފައެވެ. އެކުދިން ގެނބެމުން ދިޔަ އިރު އެހީތެރި ނުވެ އެމަންޒަރު ބަލަން ތިން މީހަކު ތިބިކަން "ވަގުތަށް" ކަށަވަރު ވެއެވެ.
މޫދަށް އެރި އުޅެނިކޮށް ގެއްލިފައި ވަނީ ހިތަދޫ ޓޮޕާޒް މަޔާމީން އަލީ، އާއި އެ ރަށު ޗަނބޭލީގޭ އަލީ ފަހުމީ، އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހިތާމަވެރި ހާދިސާ ހިނގި ވަގުތު އެސަރަހައްދުގައި ބައެއް މީހުން ތިބި އިރު އޭގެތެރެއިން ބައެއް މީހުން ވަނީ ކުދިން ގެނބެމުން ދިޔަ ވަގުތު ފޮޓޯ ވެސް ނަގާފައެވެ. އެފޮޓޯތައް ވެސް ވަނީ "ވަގުތަށް" ލިބިފައެވެ.
ކުދިންތައް ގެނބެމުން ދިޔައިރު އެމަންޒަރު ބަލަން ތިބި ތިން މީހުންގެ ތެރެއިން އެކެއްގެ މައްސަލަަ ފުލުހުންނަށް ހުށަހަޅަން ގެއްލުނު ކުއްޖެއްގެ އާއިލާ އިން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބެއެވެ.
ކުދިންތައް ގެނބެމުން ދިޔައިރު މަންޒަރު ބަލަން ތިން މީހުން ތިބިކަން "ވަގުތަށް" ކަށަވަރުވި ނަމަވެސް އެއަށް ވުރެ ގިނަ މީހުން އެކުދިން ގެނބެމުން ދިޔަ މަންޒަރު ބަލަން ތިބި ކަމަށް ބައެއް މީހުން ބުނެއެވެ.
"ވަގުތަށް" ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކުދިން ގެނބެމުން ދިޔަ އިރު އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތް މަންޒަރު ބަލަން ތިބި މީހުން ކުރި ނަމަ އެކުދިން ސަލާމަތްވުމުގެ ފުރުސަތު ބޮޑު ވާނެ ކަމަށް ބެލެވެއެވެ.
ކުދިން ގެއްލުނު ޚަބަރު އާންމުވި ހިސާބުން ފެށިގެން އައްޑޫގެ ވަރަށް ގިނަ އަދަދެއްގެ އާންމުންނާއި، ފުލުހުންނާއި، ސިފައިން އަދި އެހެނިހެން މުއައްސާސަތައް ގުޅިގެން ކުރިން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ތާކުން ތާކު ނުޖެހޭ ލިޔުމެއް. ފިތުނަ ފަސާފައިގެ އަމަލެއް. ބަލަ އެދުވަހު ނެގި ރާޅު ފެނުނު ބަޔަކަށް އޭގެ ނުރައްކާތެރިކަން އެނގޭނީ. ބަލަން ތިބުން ނޫން ގޮތެއް ނެތް.
ކިތައްމެ ބޮޑު ރާޅެއް ވިޔަސް ކުޑަކުދިން ތަކެއް ވިއްޔާ ކުޅެދޭ މީހުންނަށް ވުރެ ނުކުޅެދޭ މީހާ ވެސް މާ ރަނގަޅު އަމިއްލަ ފުރާނަ އަށް ވުރެ އެކުދިންގެ ފުރާނަ މުހިންމު.
ކޮންމެ މީހަކަށްވެސް މުހިންމުވާނީ އެމީހެއްގެ އަމިއްލަ ފުރާނަ ކޮންމެ ބަޔަކު ކޮންމެ އެއްޗެކޭކިޔަސް. ތިބުނާ ކުޑަކުދިން ގޭގަ ބަސްއަހައިގެންތަތިބީ.. ދެން އަނެއްކޮޅުން ކުޑަކުދީން މީދަށް އެރެން އެންމެ ރަނގަޅު ތަންތަ އެއީ.
އައްޑޫގަ ހުރޭތަ މޫދަށްއެރެން ތިބުނާ ރަގަޅުތަނެއް.
އައްޑޫގަ މޫދަށް އެރެން އޮތީ ރާޅުޖަހާ ކަނޑުއޮޅިތަ. އާ އައްޑޫގަ ހުރޭ މޫދށް އެރެން ވަކިން ރީތިތަންތަން. ކަލޯ އައްޑޫ އަށް ނުދަންދޯ އަދި.
ކަލޭގެ ކުއްޖެއް އެދުވަހު އެތާ އޮވެ އެކަހަލަ ކަމެއް ވި ނަމަ ކަލޭ ބުނާނީ ހަމަ ތިހެންތަ.
ކަލެއްށްތަ އެނގެނީ މަ ކަންތައް ކުރަންވާގޮތް. ކަލޭ ކިތައްމި ވަރެއްވިޔސް މަށައް މުހިންމު ވާނީ މަގޭ އަމިއްލަ ފުރާނަ.
އެބުނާހެން ހުރިހައިއެންމެންވެސް ގެއިން ބޭރަ ނުނިކުމެ ތިބޭ އެއިރުން އެއްވެސް ކަމެއް ނުވާނެ. މޮޔަ ދިވެހީން، މީހަކަށް އެކަހަލަ ކަމެއް ވާއިރު ކޮންމެވެސް ކަމެއް ކުރެވުނީސްދޯ، ފޯނުން ވީޑިއޯކޮށް ފޮޓޯ ނެގުމުގެ ބަދަލުގައި އެފޯނުން ކަމާބެހޭ ފަރާތަށް ގުޅާލިނަމަވެސް އެކުރެވުނީ ކަމެއް ނޫންތަ
ތީ ބަލަން ތިބިމީހުން ތެރެއިން އެކަކު ދޯ
ބަލަން ތިބި މީހުން ކަލެއަށް ވަހީތަ.
ކަލޭ ވެސް މޫދައް ގޮސްގެން ތިވަރު ވާނީ..އަނގަ އެބަ ތަޅައެއްނު ބީތާ
މުހިންމީ ކޯޗެއްކަން އެނގޭނީ ޙުސައި އަކަށް ނޫނެވެ. އަމިއްލަ ނިންމުން ނުނިންމާ ތިބޭށެވެ.
ކުޑަކުދިންތަކެއް ގެނބުނުއިރު މަންޒަރު ބަލާ ފޮަޓޯ ނެގީ އެކުދިންނަށް އެހީނުވެ.ގައިމުވެސް މަށަށް އެނގޭ ކަމަކީ ބަލަންތިބި މީހުންގެ ގޭމީހަކު އޭރުގެނބިގެން އުޅޭނަމަ،ކިތަންމެ ރާޅުބޮޑސް އެހީވާން ދާނެ.ޔަގީނުްނވެސް އަހަރެން ދާނަން އެވަގުތު އެތާހުރެވުނު ނަމަ.އެޓްލީސްޓް އެމީހުން ޓްރައި ކުރިނަމަ.އެކުދިން އެވަގުތު ތެޅޭނެ ތެޅުން ހިތަށް އަރާފަ މިހާރުވެސް ދެރަވޭ ކަރުނަ އާދޭ.އަދި ސަލާމަތްވި ކުއްޖާ ވާނެ ދެރަވެސް އަހަރެންނަށް އިހްސާސްވޭ.
ދެން އެބުނާ ކުއްޖާ ސަލާމަތް ކުރި ނުކުޅެދުން ތެރިކަން ހުންނަ މީހާ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ދިޔައިރު ތި ބުނާ މީހުންނަށް ނުކެރުނު ދޯ ދާކަށް
ދެން ކޮންކަމަކާތަ އެތާ ހުރެގެން ފޮޓޯ ނަގާ ވީޑިއޯ ކުރަންވީ. އަމިއްލަ އަށް ކަމެއް ނުކުރެވުނު ތާގަ ތިމާގެ ފޯނުން ކަމާބެހޭ ފަރާތަކަށް ގުޅާލިނަމަވެސް އޯކޭ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް މީހުން މި ރާއްޖޭގަ ގިނައީ. އަބަދުސް ވިސްނަނީ އަމިއްލަ ނަފްސާމެދު. އެހެން ބަޔަކަށް ކުލުނެއް އޯގާތެރިކަމެއް ނެތް. ކުޑަކުދީންތަކެއް ގެނބިގެން ދިޔައިރުވެސް މި މީހުންނަށް އެނގުނީ ފޮޓޯ ނަގާ ވީޑިއޯ ކުރަން...
އައްޑޫ މީހުން ހަމަ ނުބައޭ
ލަދެއްވެސް ނުގަނެއެއްނު.. އަދިވެސް ބުނާތި މަމެން އައްޑޫ އޯލަ!!!!
ޢަސްލު މީ ވަރައް ދެރަކޮށް ލިޔުނު ޙަބަރެއް އަސްލު އެދުވަހުގެ އެގަޑީގެ ވެދަފޯރކާސްޓް ބަލާފަ މިޙަބަރު ލިޔުނުނަމަ ރަނގަޅުވީސް ކަންނޭގެ.
ދެން މޫސުން ރަނގަޅުވާދެން އެހީނުވެ ތިބެން ތަވީ
ހުރިހާ އެންމެންނަށް ފަތާކަށެއް ނޭނގޭނެ.ފަތަން ނޭނގޭ މީހުން ފަތަން އެނގޭ މީހުން އެހީވިއިރު ފޮޓޯ ނެގީ ކަމަށްވެސް ވުމުގެ އިހްތިމާލު އެބައޮތް.މިފަދަ ޚަބަރުތަކުގެ ސަބަބުންފިތުނަ އުފެދުން ނޫން ކަމެއް ނުވާނެ.ސަލާމަތްވި ކުއްޖާ ސަލާމަތް ކުރަން ފޮނުވި ދެމީހުން ވެސް އެތާ ތިބޭނެ ދޯ.ފަތަން ނޭނގޭ އިތުރު ބަޔަކު އެކުދިން ސަލާމަތް ކުރަން ފޭބި ނަމަ އެކުދިން ސަލާމަތް ކުރުމަށް އުޅުއްވި ބޭފުޅުން އަނެއްކާ އެމީހުން ސަލާމަތް ކުރަން އުޅެން ޖެހޭނީ. ދިވެހިންނަކީ ވަރަށް ޖަޖްމެންޓަލް އެއްބަޔަކު އަނެއް ބަޔަކާ ޖައްސާލައިގެން އުޅޭ ބައެއް. މިފަދަދަނޑިވަޅެއްގައި ފިތުނަ ފަސާދަ އުފައްދުންތޯ ރަނގަޅީ؟ ނޫނީ އެކުދިންނަށް ދުޢާ ކޮށްދިނުންތޯ ރަނގަޅީ؟ الله اعلم
.ވަރަށް ބޮޑު ތެދެތް
ޢަފިރިން ނަކީ އިނގިރޭސި ލެޔޭ ކިޔާ ވާހަކަ ދައްކަން ކެރެނީ އަންގަިން ފިސާރި މޮޅުވާނެ ސ.އަތޮޅުކުދިން ހަރާން ކަމެއް ކިރަން ކެރޭނަމަ
.ކީކޭ؟ ތިބުނި އެއްޗެއް ނޭނގޭ?
ކިޔަން ވީ؟ އަފިރިން ގަދަކަމުން ތަމެން ޖޭ ވެއި ދީ ވަރަށް؟
ހާއްސަ އެހީ އަށް ބޭނުން ވާމީހަ މާރަނގަޅު
ވަގުތައް ލިބުނު ކަމަށް ތި ބުނާ ފޮޓޯތައް އަދި ބައެއް މީހުން އެ ވަގުތު ނަގާފައި ވާ ކަމަށް ތި ބުނާ ފޮޓޯތައް އާންމު ވަގުތު ނޫހުން އާންމު ނުކުރީ ކީއްވެބާ!!
ޢެމީހަކަށް ވެސް ނުކެރުނު ދާކަށެއް ދެވަނަ ފަހަރަށް ، އޭނަގެ ދައްތަ އެކަމަށް ހުރަސް އެޅިކަމަށް ވަނީ ދިޔަވަރު ބޮޑުކަމުން ، ނިކަން ނޫސްވެރިން ގޮސް އެވެރިންގާތު އަހާބަލަ..
ފަތަން އެނގޭތީ އެމީހަކު ތި ދިޔައީ އެކުދިން ސަލާމަތް ކުރަން ، އޭނަވެސް އޮތީ މޫދަށް އެރި ، ވަކި ދުރުގަ ހުރެފަ ދިޔައީކީނޫން ، އޭނަގެ ބޮޑު ދައްތަވެސް ހަޅޭލެވި ނުދާށޭކިޔާފަ ، އެކަމު އަޑުނީވޭނެތީ އޭނަވެސް ދުވެފަ ދިޔައީ އެހީއެއް ހޯދަން ، ގިނަމީހުން އެތަނަށް ދިޔައިރު އެއްވެސް ކުއްޖަކު ނެތޭފެންނާކަށް ، ފެންނަން ނެތްއިރު ކާކަށްތަ ކެރޭނީ ލައިފް ސްޕޯޓެއްނެތި ކަނޑު އެހާގަދަ މަންޒަރުފެނި މޫދައް ފައިބާކަށް. ދެން ބުނެލަން އޮތީ އެމީހެއްގެ މަރުވުން މިންވަރު ކުރިގޮތް ނޫން ގޮތަކަށް ބަދަލުވާނެ އެކަކުވެސްނެތްކަން މިދުނިޔެއަކު.
އައްޑޫ އެއްނު ތި އާކަމެއް ނޫން... ހަބަރު ޖެހީމަ ހަޖަމު ނުވެގެން އުޅުނަސް އަހަރެމެން ނޫޅެން އޮޅިގެން..ސާބަސް ވަގުތު
މަ ކުރިންވެސް ބުނިން މި ވާހަކަ. ފެތެމުން ދިޔަ ކުދިންނަށް ފޯކަސް ކޮށްފަ ފޮޓޯ ނަގާފަ ސެލްފީއެކޭ ކިޔާފަ މުޅިން އޮޅުވާލީ. އެއީ އެ މަންޒަރު ބަޔަކަށް ފެނިގެން ގަސްތުގަ ނަގާފަ ހުރި ފޮޓޯތަކެއް ކަމަށް ބެލެވޭ ސަބަބު އެބަހުރި. ނަމަވެސް އޭގެ މާނައަކީ އެމީހުން ގަސްތުގަ އެކުދިން ގެނބެން ދޫކޮށްލީއެކޭ ނޫން. އެދުވަހުގެ ރާޅު ހުރިގޮތުން އެކުދިން ސަލާމަތް ކުރަން އާދައިގެ މީހަކަށް އެރޭކަށްވެސް ނުކެރޭނެ. އެކަމަކު އެމީހުން މި މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ތެދުވެރި ކަމާއެކު ޙިއްސާ ކުރުމުގެ ބަދަލުގައި އިންޑައިރެކްޓް ގޮތަކަށް މި ހާމަކުރީ އެމީހުން ނަށް އެހީތެރިނުވި ކަމުގެ ދަޢުވާ އުފުލަފާނެތީ ޖެހިލުންވެގެން ކަމަށް ބެލެވޭ.
ސަލާމައް ކެރާށް މަސައްކަތް ނިކޮށް ފޮޓޯ ނެގުމަކީ ވަރަށް ލަދޮވެތި ކަމައް!!
އެކަމަކި އެދުވަހި މޫސުން އެހެއި ގޯސް ވޭލައި ކުދިން ފުއްޓަރޮ ބިތައް އެރުން އޭ ވަރަށް ވިސްނުމަށް ނެތި ކެރިކަމަށް..
އެމަރަކީ ޒުވާން ކުދިން ގެ ބިރި ކުދު ކަމާއި އެޑްރިނަލިން ލިމިޓް ޓެސްޓައް، މިކަމަކި ބާކިން ކެރާނެ ކަމައް ނެތް! ވަﷲ ޢައުލަމް!!!
ކަމެއްވެ ނިމުނީމަ ނަމަނަމަ ކިޔުމަކީ އޮތްކަމެއް ނޫން ކަމަށް އެގިފައިވަނީ އެކަމެއް އެހިނގީﷲގެ އިރާދަފުޅުގަ ހުރިގޮތަށް އެދުވަހަކީ އެހާގަދަ ދުވަހެއްވެސް ނޫންކަމަށް މޫދަށް އެރުނުމީހަކު ބުނެފަވޭ ހަމަކުއްލިއަކަށް ނެގި ބޮޑުރާޅެއް ގަދައޮޔާއެކު ދަމައިގަތީ ކަމަށްވަނީ
ޜައްޔިތުންގެ ލާރިގަނޑު ކާލާއިރުވެސް އަހަރެން މިހުންނަނީ ބަލަން. ބަލަންނުހުރެ ކީއްކުރާނީ. ދެން ހުކުމްކުރަންވީނުން އަހަންނަށް. ޕާޓޭން އައިސް ކުށެއްނެތް ކުދިންގަޔަށް ވަޅިހަރާ މަރާއިރުވެސް ބައިވަރުމީހުން ތިބޭ ކައިރިވާން ނުކެރި ބަލަން. ދިވެހިންނަކީ ވެސް އެހީތެރިވާބައެއް އެކަމަކު ހާލަތާއި ވަގުތު ހުންނާނެ. ކަލެޔައް އަދިވެސް އެކުދިން ސަލާމަތް ކުރުމުގެ ފުރުސަތު ނުގެއްލޭ ދާންވީނުން އެކުދިން ގެއްލުނުތަނަށް ފެނޭތޯބަލަން ގޭގައޮވެގެން ލިޔުނަކަސް ކަމަކުނުދާނެ.
މަންޒަރު ބަލަން ތިބުމީ ވަރަށް ހިތާމަ ހުރި ކަމެއް...ވީވަރަކުން އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތަކަށް ފޯރުކޮށްދިނުމީ ހަމަ ކޮންމެ މީހެއްގެވެސް ޒިއްމާއެެއް...އަދުގެ މުޖުތަމައުން ވަރަށް އާމުވަމުން އަންނަ ކަމެއް..މަންޒަރު ބަލަންތިބެ ފޮޓޯ ނަގާ ވީޑިޔޯކޮއް ސޯސިއަލް މީޑިޔާގަ އާނމު ކުރުން..ހިތާމަ ހުރިކަމެއް....
ފޮޓޯ ނެގުމަށް ވުރެ އެކުދިން ސަލާމަށް ކުރުމަށް ފުލުހުންނަށް ގުޅާވެސް ލެވިދާނެ. އެތާގަ ކުޑަވެސް ރަހުމެއް ހުރި މީހަކު ހުރިނަމަ ތެޅިފޮޅިވެ އުޅޭނީ.. ފޮޓޯ ނަގާނެ ހިތްވަރެއް ނުހުންނާނެ.
ހާއްސަ އެހީއަށް ބޭނުންވާ މީހާ އެރެ އޭގެތެރެއިން އެކަކު ސަލާމަތް ކުރި އިރު ހުރިހާ ކަމެއް ފުރިހަމަ މީހަކަށް ނުދެވުމުން އެއީ ޖޯކެއް. ތިން ހަތަރު ފިރިހެނުން އެރި ޓީމެއް ގޮތުގައި މަސައްކަތް ކުރި ނަމަ ސަލާމަތް ކުރެވޭނެ.
ފަސ ތާކުން ތާކު ނުޖެހޭ ލިޔުމެކޭ ކިޔާ.... ކޮމެންޓް ކޮށްފައި އެވަނީ އިންސާނިއްޔަތުކަމުގެ މިންވަރެއް ވެސް އެތެރޭގަ ނެތް ... އެއީ އިންސާނެއްބާ !!!!
Now we see the real face of ަަ people
ތިމާ ތަނަކަށް ފުންމާލުމުގެ ކުރިން ތިމާ ސަލާމަތް ވާނެތޯ ވިސްނަން ވާނެ. ޢެކަމު މީހުން ތިބެމެ އެކުދިން ސަލާމަތަ ކުރަން މަސައްކަތް ނުކޮށް ފޮޓޯނެގުން އިންސާނިޔަތު ބަލައެއް ނުގަންނާނެ. ކުޑަމިނުން ކީއްވީހީ ޕޮލިހަށް އަވަހަށް ގުޅާލިނަމަވެސް އެހީ ހޯދަން.
އޭބަލަގަ މޮޔަގެރިޔާ
ކަލޭގެ ސިކުނޑި ހަމަޖައްސަން ގުރާދޫ ކެފޭއަށް ގޮސް ކޮފީބޯން އިދެ ލިޔަން ރަގަޅުވާނެ މަންމަޔާ ބައްޕަގެ ކައިވެނި ފެށުނުގޮތް.
އެތާ ތިބި މީހުން އެކުދިން ސަލާމަތް ކުރި ނަމަ ސަވާބު ލިބުނީސް..މަ އެތާ ހުރިނަމަ ފުރާނަ އަތަށް ލައި ގެން ވެސް ސަލާމަތް ކުރީމުސް..އެކަމަކު އެ ފުރުސަތެއް ނުލިބުނު މަށަކަށް........ހިތާމަ ހުރި
އިންޝާ ﷲ