ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި އެކަމާ ގުޅޭ އުސޫލު މިއަދު އާންމުކޮށްފިއެވެ.

ކޮވިޑް-19 ގެ ބަލިމަދުކަމައެކު ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ހަލުގައި ޖެހިފައިވާ ދަރިވަރުންނަށް ފައިސަގެ އެހީ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ހަޔާ އެޑިއުކެޝަން މިނިސްޓްރީން މިއަދު ހާމކުރި ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތައުލީމްހާސިލް ކުރަމުންދާ ދަރިވަރުންނަށް ވަރަށް ދަތިހާލުކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން އެ ދަރިވަރުންނަށް އެހީވުމުގެ ގޮތުން ކޮންމެ ދަރިވަރަކަށްވެސް ޒަރޫރީ ބޭނުންތަށް ފުއްދޭވަރަށް ދެވޭ އެހީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ވަކި އުސޫލެއް ކަޑައަޅާފައިވާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން އިން ހާމކޮށްފައިވާ ގޮތުގައި އެހީ ދެވޭނެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށްވުމާއި، ކޯހުގެ ޚަރަދުތައް ހަމަޖައްސަމުން ދިޔައީ ސްޕޮންސަރެއްގެ އެހީއާއެކު ކަމުގައި ވެފައި، ދަރިވަރަށް މާލީ އެހީދެމުންދިޔަ ފަރާތް ނުވަތަ ސްޕޮންސަރު ދެމުން ގެންދިޔަ، މާލީ އެހީގެ މިންވަރު މަދުކޮށްފައިވުން ނުވަތަ ކަނޑައިލައިފައިވުމާއި، މި މަހުގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރަކަށްވުން ހިމެނެއެވެ.

މީގެ އިތުރުން ދަރިވަރުން ކިޔަވަމުން ގެންދަނީ އަމިއްލަ ހަރަދުގައި ނަމަ އެފަރާތްތަކުގެ އާމްދަނީ އަށް އަސަރުކޮށްފައިވުމާއި އިތުރު އެހެން މާލީ އެހީތެރިކަމެއް ނުވަތަ އަމިއްލައަށް ހަރަދު ހަމަޖެއްސޭނެ ގޮތެއް ނެތް ފަރާތްތަކަށް މި ފައިސާގެ އެހީ ލިބިގެން ދާނޭ ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ. އަދި ވައިރަސް އާއި ގުޅިގެން އެއްވެސް ފަރާތެއްގެ ސްޕޮންސަރގެ ދަށުން ދިރިއުޅުމުގެ އެލަވަންސް ލިބެމުންދާ ދަރިވަރެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.

އެ ކޮމިޝަން އިން ބުނެފައިވަނީ ދަރިވަރުން ކިޔަވަމުންގެންދާ ގައުމުތަކުގައި ދިރިއުޅޭ އެންމެހާ ދަރިވަރުންނަށް ވަކި އަދަދަކަށް ބަހާލައިގެން ކަނޑައެޅިފައިވާ މިންވަރު ލިބޭނެ ކަމަށެވެ. އެގޮތުން މިގޮތުން، ދިރިއުޅުމުގެ ޚަރަދަށް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 50 އެމެރިކާ ޑޮލަރަށް ވުރެ މަދުން ކަނޑައެޅިފައިވާ ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް އެހީގެ ގޮތުގައި ގިނަވެގެން ދެވޭނީ، އެ ޤައުމަކަށް މިހާރުވެސް ދުވާލަކަށް ކަނޑައެޅިފައިވާ ރޭޓުންނެވެ. އަދި ދިރިއުޅުމުގެ ޚަރަދަށް ދުވާލަކަށް 50 އެމެރިކާ ޑޮލަރަށް ވުރެ ބޮޑުކޮށް ކަނޑައަޅައިފައިވާ ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ގިނަވެގެން ދެވޭނީ 50 އެމެރިކާ ޑޮލަރެވެ.

މީގެ އިތުރުން މި ފައިސާގެ އެހީ ދިނުމަށް އެ ކޮމިޝަން އިން ހަމަޖައްސާފައިވަނީ ދެ މަސްދުވަހުގެ މުއްދަތަށްށެވެ. އެގޮތުން ދަރިވަރުންނަސް ދޫކުރަން ހަމަޖެހިފައިވާ ފައިސާ ދަރިވަރުން އެކަމަށް އީމެއިލް މެދުވެރިކޮށް އެދުމުން ކޮންމެ 14 ދުވަހަކުން އެއްފަހަރު ފައިސާ ލިބޭނެ ކަމުގައި އެ ކޮމިޝަން އިން ބުނެއެވެ. އަދި ކޮންމެ ފަހަރަކު އެހީއަށް އެދި ހުށަހަޅާ އިރު، ދަރިވަރު ހުރީ ރާއްޖެއިން ބޭރުގައިކަން ކަށަވަރުކޮށްދޭން ޖެހޭނެއެވެ.

ކޮންމެ ދަރިވަރަކުވެސް ފައިސާ ދެއްކުމުގެ ކުރިން ރާއްޖެއަށް އެނބުރި އަތުވެއްޖެނަމަ އެ ފައިސާ އަބުރާ ހަޔަރ އެޑިއުކޭޝަން އަށް ދައްކަންވާނެ ކަމުގައި ކޮމިޝަން އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާނީ

    ކޮބާތޯ ހާލުގަ މާލެ ގަ ޖެހިފަ ތިބިމީހުނަށް ދޭން ބުނި ކާއެއްޗެހި ބައެއް ބޭފުޅުން އެކަމަށް ކާއެއްޗެއްނެތި އެދިގެން އުޅޭތަން 2 ދުވަސްވީ އިރުވެސް އެބުނާ ޕާރުސަލެއް ގެއަކަށް ނާދޭ ހަމަ ދައުލަތަށް ޖެންޑާ އަށް އިރު އިރުކޮޅުން ގުޅިމާވެސް މި ބުނަމ ކޮންގެއަކުން ހޭ ހގޭ ނަންބުނާ އިރަށ ްމި ބުނަނީ ކޮންދުވަހަކުހޭ އެދުނީ މިކަހަލަ ގޮތަކަށް މިކަން މިދަނީ ބޮޑުންގެ ގެއަށް ކާއެތި ކޮޅު ދުވަހުން ދުވަހަށް ވެއދުނީ އޯކޭ ނިކަމެތިން ބަނޑަށް މަރުވިއަސް އޯކޭ މީތޯ އެބުނާ އެހީ އެހީ އަކީ ގޭގަތިބޭސޭ ބުނުމަކީ

    4
    2
  2. ޢާސީ

    ޞބޭރުގައި ހާލުގައި ޖެހުނީ ކކޮންކަހަލަ ބައެއްތޯ