މިމަހުގެ 31 ވަނަ ދުވަހު އޮންލައިންކޮށް މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ކިޔެވުން ފެށުމަށް ނިންމާފައިވާކަމަށް އެ ޔުނިވަސިޓީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާބެހޭ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޢާއިޝަތު ޝާހީން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އެމްއެންޔޫގެ ކިޔެވުން ހުއްޓާލާފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެފައި ވާތީ އޮންލައިންކޮށް ނަމަވެސް ކްލާސްތައް ފެށުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ޝާހީން ވަނީ ދަރިވަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި މުވާޞަލާތީ ޚިދުމަތްތަައް ފޯރުކޯށްދޭ ކުންފުނިތަކާއެކު މަޝްވަރާކުރުމަށްފަހު ދަރިވަރުނަށް ޚާއްސަ ސްޓޫޑެންޓް ޑާޓާ ޕެކޭޖް ހޯދާފައިވާކަމަށް ވެސް ވިދާޅުވެފައެވެ.

އޮންލައިންކޮށް ކްލާސްތައް ގެންދިޔުމުގައިވެސް ކުރިއަށްގެންދާނީ މުދައްރިސާއި ދަރިވަރުން ކޮންމެހެން ދިމާވެ ކިޔަވަންޖެހޭ މާއްދާތައްނޫން އެހެން މާއްދާތައްކަމަށް އޭނާ ވިދާޅުވިއެވެ. ޝާހީން ވިދާޅުވީ ޢަމަލީ ތަޖުރިބާ ހޯދަންޖެހޭ މާއްދާތައް ކުރިއަށް ގެންދަން އަދި ނިންމާފައި ނުވާކަމަށެވެ.

އަދި ދަރިވަރުންނަށް ކްލާސްތަކުގައި ބައިވެރި ނުވެވުނަސް ފަހުން ފިލާވަޅުތައް ބަލާލެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށާ، އެމްއެންޔޫގައި ޤާއިމްކޮށްފައިވަ "މޫޑަލް" މެދުވެރިކޮށް ފިލާވަޅުތައް ފަހުން ބަލާލެވޭނެކަމަށް ޝާހީން ވިދާޅުވިއެވެ.

ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.މުހައްމަދު ޝަރީފް ވިދާޅުވީ ޔުނިވަސިޓީތަކުގައި ކިޔެވުން ފުރަތަމަ ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން މަސައްކަތް ކުރަމުން ގެންދިޔަ ކަމަށާއި ނަމަވެސް އެކަން ހުއްޓުނީ "އެއްކޮށް ބަންދުކޮށްލުމުން." ލެކްޗަރާއިންނާއި މުވައްޒަފުންނަށް ޔުނިވަސިޓީއަށް އާދެވޭނެ ގޮތެއް ނެތުމުން ކަމަށެވެ.

ޝަރީފް ވިދާޅުވީ އޮންލައިންކޮށް ކިޔަވައި ދިނުމަކީ ޔުނިވަސިޓީ އަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށާއި، މިހާރު ވެސް ފުރަތަމަ ޓާމްގެ ހަތް ހަފްތާގެ ކިޔެވުން ގެއްލިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ފަރިހި

  އެހެންކޮލެޖުތަކުގަައި ބަރާބަރަށް ކިޔެވުން ކުރިއަށް ގެންދިޔަ އިރު، ގައުމީ ޔުނިވަރސިޓީއަށް އެކަން ނުވުން އެއީ ވަރަށް ބޮޑު ވެއްޓުމެއް

  5
  7
  • އެމީހާ

   އެހެން ކޮލެޖް ތަކާ ޤައުމީ ޔުނިވަރސިޓީ އާ ހާސް ތަފާތު.

   8
   1
 2. އީސަ

  ވިލާ ކޮލެޖުން ކުރިވަރު ހަމަ ނުވޭދެއްތޯ ޤައުމީ ޔުނިވަރސިޓީއަށްވެސް.

  8
  3
  • އެމީހާ

   ވިލާ ކޮލެޖުން ކުރާ ކޮންމެ ކަމެއް ޤައުމީ ޔުނިވާރސިޓީން ކުރަން މަޖުބޫރުތަ؟ ނުވަތަ ކުރަން ޖެހޭތަ؟

   9
   3
 3. އޭނަ

  ވިލާ ކޮލެޖް އަކީ ކުދިން އަތުން ފޭރެން އުޅޭ ބަޔެއް. ކުދިންގެ މެންޓަލް ހެލްތާ މެދު ނުވިސްނާ ބަޔެއް. ގައުމީ ޔުނިވާރސިޓީ އިން އެ ތަނުގެ ދަރިވަރުންނާ މެދު ވިސްނާ ތީވެ އޮންލައިން ކްލާސް ނުބާއްވަނީ

 4. ޙަސަން ހިލްމީ

  ގައުމީ ޔުނިވާސިޓި އަކީ ނަމޫނާ ތަނަކަށް ވާންޖެހޭ މުއައްސަސާއެއް. އެހެނަސް ފެނިގެން މިދަނީ އެހެން ކޮލެޖުތަކާއި ޚިލާފަށް ވަރަށް ގިނަ ކަންކަމުގައި ދަރިވަރުންނަށް ދަތިތައް ކުރިމަތިވާނޭ ގޮތްގޮތަށް ކަންތައްތައް ވެގެންދާކަން. އެމް.އެން.ޔޫ އަކީ ގިނަ މައްސަލަތައްހުރި ތަނެއް. ކޮވިޑް-19 ގެ ސަބަބުން އެކަންތައް ވަރަށް ރީތިކޮށް ފަޅާއަރާފައި މިއޮތީ. އެހެން ތައުލީމީ މަރުކަޒުތަކުން ބަރާބަރަށް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިޔައިރު އެމް.އެން.ޔޫ އިން ބޭނުންވީ އޮންލައިންކޮށް ކުރިއަށް ނުގެންގޮސް ކުލާސްތަކަށް ކުދިން ދެވެންދެން މަޑުކޮށްގެން ތިބުމަށް. ދެން އޮންނާނީ ޓެސްޓުތައް ނެގުން. މިހާރުވެސް ދަރިވަރުން ގޮވަމުން އެދަނީ އެސައިންމެންޓް ބޭސްޑް އެސެސްމަންޓް ސިސްޓަމްއެއް ހަދައިގެން އަވަހަށް މިސެމިސްޓަރ ނިމޭނޭގޮތެއް ހަދައި ދިނުމަށް. އެމް.އެން.ޔޫ އަށް ބޭނުންވަނީ މިއަށްވުރެ ހަރުދަނާ ، ދަރިވަރުންނަށް އޯގާތެރިކަން ދައްކާނޭ ލީޑާޝިޕެއް.

 5. ާަައައިންތު

  އަދިވެސް ކުދިންނަށް އެންމެ އުނދަގޫބޮޑު އަޕްޑޭޓް ނުވާ ތަނެއްތީ...ވަޒީފާގައި އުޅެމުން ޓީޗިން ކޯސްތަކުގައި ބްލޮކްމޯޑަށް ކިޔަވާ ދަރިވަރުންނަށްވެސް ފުލްޓައިމް ދަރިވަރުންނެކޭ އެއްގޮތަށް މޫޑަލް ވޯކް ކޮންމެ ވީކަކަށްދޭ....ލެކްޓަރާއިން އެހާ ފޮނިބޮޑު...މެސެޖް ނުކުރެވޭ ސުވާލުނުކުރެވޭ ލެކްޓަރާސްވެސް އުޅޭ އެސައިންމަންޓާ ބެހޭގޮތުންވެސް...ތަންކޮޅެއް ބޮޑުވަރުމީ...

 6. ދަރިވަރު

  ދެން އެފުލުފުލުން އެސައިންމެންޓް ތައް ދީ ނިންމާލަފާނެ. ދަރިވަރުންނަކަށް ނުބަލާނެ. ދެން މޫޑަލް އޭތީގެ ސަބްޖެކްޓް ޓެބް ރަނގަޅަށް ބަދުލުކުރާތަނެއް ނާންނާނެ. އެބަހުރޭ މިދިޔަ އަހަރަށް ޑިއު ޑޭޓް ހުންނަ އެސައިންމެންޓްތައް. ދެން ކޮން އޮންލައިން ކުލާސްތަކެއް؟