މިހާރު އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގައި މިދިޔަ ހަފްތާގައި ފެންބޮޑުވުމުގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުގެ ބަދަލުގައި ކުއްލި ހައްލާއި ނަތީޖާ ނެރެދެއްވުމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)، މިހާރު އެ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު މުހައްމަދު ނިހާދަށް ގޮވާލައިފިއެވެ.
އައިބީ މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ފޭދޫ އަކީ އާންމުކޮށް ބޯކޮށް ވާރޭ ވެހޭއިރު ފެންބޮޑުވެ ޖަންގްޝަންތަކުން ނަޖިސް ބޭރުވެ ރައްޔިތުންގެ މުދަލާއި އާންމު ދިރިއުޅުމާއި ސިއްހަތަށް ނުހަނު ގެއްލުންވާ ރަށެއް ކަމުން އޭނާ މަޖިލީހުގައި ހޭދަކުރި 5 އަހަރު އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބަޖެޓުގައި 70 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިމަނައި ޓެންޑަރުކޮށް އެވޯޑްކޮށް އަދި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތުގެ ބޮޑު ބައި ނިންމާފައިވާ ކަމަށެވެ.
އައިބީ ވިދާޅުވީ، ސާފު ބޯފެނުގެ ޕްރޮޖެކްޓްނިމި ބޭނުންކުރަމުން ދާއިރު، ނަރުދަމާގެ ޕްރޮޖެކްޓްވަނީ އަމަލީ މަސައްކަތް އެއްކޮށްނިންމައި ހިންގުމަށް ޒިންމާވާ ކުންފުންޏާއި ހަވާލުކުރެވިފައި ކަމަށާއި ފެންހިންދާ ނިޒާމުގެ ޕްރޮޖެކްޓްވަނީ 90 އިންސައްތަ މަސައްކަތް ނިމިފައި ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރު ބަދަލުވެގެން އައިސް ނިހާދު މަޖިލީސް މެމްބަރަކަށްވި ފަހުން އެ ދެ ޕްރޮޖެކްޓް އެއްކޮށް ހުއްޓިފައިވާ ކަން އައިބީ ފާހަގަ ކުރިއެވެ.
"2018 ވަނަ އަހަރު ސަރުކާރު ބަދަލުވެ، ޖެހިގެން އައި އަހަރު މިހާރުގެ މަޖިލިސް މެމްބަރު މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެ ފާއިތިވެ ދިޔަ އެއްއަހަރު ތެރޭގައި ވަނީ މި ދެންނެވުނު ދެ ޕްރޮޖެކްޓް އެއްކޮށް ހުއްޓި ކުރިއަށް ނުގޮސްފައި" އައިބީ މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މުއްދަތުގައި އެކި ފަހަރު މަތިން ފޭދޫގައި ފެންބޮޑުވެ ރައްޔިތުން ހާލުގައިޖެހިގެން ދިޔައިރު ފޭދޫ ދާއިރާގެ މެމްބަރަށް މިހާރުގެ ތިމާވެށި މިނިސްޓަރާއި މިކަމާއި ބެހޭގޮތުން ޤާނޫނީގޮތުން ސުވާލު ނުކުރެވިފައިވާކަމީ މެމްބަރުގެ ޤާނޫނީ ވާޖިބު އަދާނުކުރެވުންކަމުގައި އައިބީ ވަނީ ފާހަގަ ކޮށްފައެވެ.
އައިބީ ވިދާޅުވީ، މިޕްރޮޖެކްޓް ނުނިމިގެން އުޅޭ ސަބަބު ރައްޔިތުންނަށް ތަފްސީލުކޮށް އޮޅުންފިލުވައި ނުދެވިއޮތުމާއި އަދި މިޕްރޮޖެކްޓް ނިންމުމަށް ދާއިރާގެ މެމްބަރަށް ނަތީޖާ ނެރެވޭފަދަ މަސައްކަތްތަކެއް ނުކުރެވި އޮތުމަކީ ރައްޔިތުންގެ ހާލު ރަނގަޅަށް ބަލައި އަދި ދާއިރާގެ ހާލަތު ވަޒަންކޮށް ރައްޔިތުން ތަމްސީލު ކުރުމަށް މެމްބަރު ނުކުޅެދިފައިވާކަން ކަމަށެވެ.
"މިހާލަތުގައި ރައްޔިތުން އެދި ގޮވަނީ ދާއިރާގެ މެމްބަރު ކުއްލި މައްސަލަ ހުށެހެޅުމަކަށް ނޫނެވެ. ކުއްލި ހައްލު ހޯދުމަށެވެ. އަދި ކުއްލި ނަތީޖާ ނެރެދެއްވުމަށެވެ." އައިބީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ދިމާވެފައިވާ ސިއްހީ ކާރިސާގެ ސަބަބުން ރައްޔިތުން މާޔޫސް ކަމެއްގެ ތެރޭގައި ތިއްބާ "ފެން ހިންދާ ނިޒާމެއް ޤާއިމު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ވަޅުލެވިފައިވާ ހޮޅި ލައިންތަކުގައި ވެލިބަސްތާ ޖައްސައިގެން ރަށުތެރޭ ފެންބޮޑު ކޮށްގެން" ސަރުކާރު ވެއްޓިދާހާ ބަލިކަށިކޮށް ސަރުކާރު އޮތްކަމަށް ދޭހަވާގޮތަށް ސަރުކާރު ނިސްބަތްވާ ސިޔާސީ ޕާޓީގެ ފަރާތުން ހޮވިފައި ހުރި މަޖިލީސް މެމްބަރަކު ވިދާޅުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އައިބީ ވިދާޅުވިއެވެ.
އާންމު އަދަބު އަޚްލާގީ މިންގަނޑާއި ހިލާފަށް ދާއިރާގެ އާންމު ފަރުދުންތަކަކަށް ނިސްބަތްކޮށް ވާހަކަ ދެއްކުމަކީ ފޭދޫ ދާއިރާގެ މެމްބަރުން އެކަމާ ލަދުވެތިވެ ހިތާމަ ކުރާ ކަމެއް ކަމަށް ބެސް އައިބީ ވިދާޅުވިއެވެ.
މީގެއިތުރުން އައިބީ ވަނީ ކައުންސިލާއި މަޖިލިސް އަދި ސަރުކާރު އެއް ސިޔާސީޕާޓީއަކަށް ހަވާލުކުރެވި، އެސަރުކާރުން ހުށަހަޅައި މަޖިލީހުން ފާސްކޮށްގެން ކަނޑައަޅުއްވާފައިވާ މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ ފަނޑިޔާރުން ތިބެމެ ގިނަ ރައްޔިތުންނާއި ގުޅިފައިވާ މިފަދަ ބޮޑު މައްސަލައެއްގެ ފަސޭހަ ހައްލެއް އޮވެމެ އެހައްލު ނުހޯދި އެއްއަހަރުވެގެން ގޮސްފައިވާއިރު ޒިންމާ ނެންގެވުމުގެ ބަދަލުގައި ދާއިރާގެ ރައްޔިތުންގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވަމުން ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަތަށް ކުށްވެރި ކުރާ ކަމަށާއި ދާއިރާގެ ރައްޔިތުންގެ ކިބައިން ނިހާދު މައާފަށް އެދެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު އެދެނީ މި ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ވަކި ސިޔާސީ ޕާޓީ އަކާއި ހަވާލުކުރުމަށް ފޭދޫ ދާއިރާގެ ރައްޔިތުން ދެއްވި ވޯޓަށް އިޚްތިރާމްކުރާ ހާލު މިމައްސަލަ ވަގުތުން ވަގުތަށް ހައްލުކުރުމުގެ ޒިންމާ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު ނަންގަވައި ސަރުކާރާއި ކަމާއިބެހޭ އިދާރާތައް މެދުވެރިކޮށް، ރައްޔިތުންނަށް ފެންބޮޑުވުމުގެ ސަބަބުން އިތުރު ގެއްލުންތަކެއް ނުލިބެނީސް މި މައްސަލަ ހައްލުކޮށްދެއްވުމެވެ." އައިބީ ވިދާޅުވިއެވެ.
ސަތޭކައިގެ ވާހަކައެއް،، ތިޔަ ބުނާ މެމްބަރު ގެ ފެންވަރު އަހަރުމެން ކުރިންވެސް ދަންނަން،، ބޮޑު އަނގަ ގޯންޏެއް،، ނަގޫ ފިތިފަ ތިބީ އައްޑޫ ހުރިހާ މެމްބަރން
ދެކުދިންވެސް ކިޔެވީ ވެއިޓަރުކަން، އައިބީ ވެސް ބޮޑު އަނގެއްއޮވެގެން މާމޮޅުވެގެން ނޫން ކަންތައްކުރެވުނީޔަކީ، އެއިރުގެ ވެރިމީހާ މުޅިރާއްޖޭގެ ތަރަށްގީ ކުރިޔަށްގެންސިޔަ، އެކަމަކު”ދިވެހިން” އަދި ފޭދޫމީހުން އެކަން ބަލައިނުގަތީ، އެހެންވެ އައިބީމެން ބާކީވީ! ތިދެއްކިވާހަކަތަކަކީ ޜަނަގަޅުވާހޚަތަކެއް!
އަަސްލު މައްސަލާގައި އައިބީ ގެ ޒިންމާ ވަކި ކުޑައެއް ނޫނެވެ. ސަބަބަކީ ބިން ހިއްކާފަައި ރަށް ހިމާޔަތް ނުކުރުމެވެ. ރަށަށް ވެހޭ ފެނާއި ހިއްކި ބިމަށް ވެހޭހާ ފެން އަންނަނީ ރަަށުތެރެ އަށެވެ. ރަށަށް ވުރެން ހިއްކި ބިން އުސްވީމައެވެ. ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރި އިރުވެސް މިހެންވާނެކަން އައިބީ އަށް އެގޭނެ. ވީއު ރަށް ހިމާޔަތްކުރަން ރަށާވީ ފަރާތު ހިއްކި ބިމުގައި ބަފަރެއް ލީނަަމަ މިހެން ނުވީސް ނޫންތޯ؟
ގަބުޅިއެއް 12ރ .ހާދަ އަގުބޮޑޭ މިއޮތް ރޯދަމަހު.ގަބުޅީގެ އަގު ތިރިކުރަން ސުމޯޓޯ މައްސަލައެއް ހުށަހަޅަން ފެނޭ...