މާލެ ސިޓީގެ ރައްޔިތުންގެ ހައްގުގައި ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މާލެ އާއި ވިލިމާލޭގައި ދިރިއުޅެމުން އަންނަ ރައްޔިތުން ބެހުމަށް ލިބިފައިވާ ކަދުރު ހޯދުމަށް ނަން ނޯޓު ކުރުމަށް ހަނި ފުރުސަތެއް އޮތް ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޯދަ މަސް ނިމެން އެންމެ ތިން ދުވަހަށް ވެފައިވަނިކޮށް، މާލޭގައި ދިރިއުޅެ ރައްޔިތުންނަށް ދޫކުރާ ކަދުރު ހޯދުމަށް މިފަދަ ހަނި ފުރުސަތެއް ދިނުމުގެ މަގްސަދަކީ ކޮބައިތޯ ސުވާލު ކުރައްވައިފައެވެ.

މާލެ ސިޓީގެ ރައްޔިތުންގެ ހައްގުގައި މާލެ ސިޓީ ކައުންސިލްގެ ހިންގުން މިއަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމުގައި ދެކެން،" މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބެހުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަދުރުތަކުގެ ތެރެއިން މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ބެހުމަށް ބާކީ 2،903 ކަދުރު އެބަހުރި ކަމަށެވެ.

މާލެއާއި ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ކަދުރު ޕެކެޓް ބޭނުންވާ މީހުންގެ މައުލޫމާތު މިރޭ ނުވައެއްގެ ކުރިން 9955788 ނަންބަރަށް ފޮނުވުމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނި ގޮތުގައި ކަދުރު ޕެކްޓް ދޫކުރާނީ ފުރަތަމަ އެސްއެމްއެސް ފޮނުވާ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަރަފި

    އަސްލުވެސް! އަހަރެން އެންމެ ފަހަރަކު ސިފާޔާ ބައްދަލު ކޮށްލަން އެދުނީ މުހިންމު ކަމަކު. ޖަވާބަކީ، އާދައިގެ މީހުންގެ ކުދި ކުދި ކަންތައްތަކަށް ވަގުތެއް ނެތޭ. ބޮޑާ ކިބުރުވެރި މަމޮޅު މެޔަރުން ބޭނުމެއް ނޫން. ކަންކަން ނުވާ މީހުނެއް ބެނުމެއް ނޫން

    13
    1
  2. ލޮލްލޮލް

    ކަލޯ ކިތަންމެ ފަރިއްސެއް ކިޔަސް ކަލޯ އެ ގޮނޑިއަށް ނުހޮވާނެ. ތިހެން އުޅުނު ލައްކަ މީހުން.

    1
    15
  3. އަހްމަދު

    މާތްﷲ އެކަމަކަށް އިރާދަ ކުރައްވައިފިނަމަ ލޮލްލޮލް އަށް ކުރެވޭނެ އެއްކަމެއްވެސްް ނޯންނާނެ.

    3
    1
  4. އަހްމަދު

    ސައުދީސަރުކާރުން ދިވެހިރައްޔިތުންނައްދިންކަދުރު ލިބެންވާނީ ފަޒްނާޔާ ޝިފާއެކަންޏަކަށްނޫން މާރިކޭޓު ގޮޅިބެހިގޮތައް ބަހާހުސްކޮށްލީމަ އެއަރައިގަނެވެނީ އެރައްޔިތުންގެހައްގުތަކަށް މިއަދުއެއީމާބޮޑުކަމަކަށް ނުވެދާނެ އެކަމުއެކަމުގެބަދަލު ދޭންޖެހޭދުވަހެއްއަންނާނެކަން ހަނދާން ބަހައްޓާޔި

    • އަހަން

      މިސަރުކާރުގައި ނުތިބޭނެޔޯ ވަގުންނެއް.
      އެހެންވެތާދޯ ސައުދީން ދިން ކަދުރައްވެސް އަދޭސްކުރަން މިޖެހުނީ. ނެގި ހުރިހާ ލޯނަކާއި ލިބުނު ހުރިހާ އެހީއަށް ވީގޮތެއް ނޭންގުނީ.

  5. ޤަބުކުއްޖާ

    މާލެސިޓީ ހިންގުން މުއިއްޒުކަހަލަ މީހުންންށް މާަލެ ސިޓީ ހަރުދަނާ ކުރެވޭނެ ކަނ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެނގޭ މިއޮތް ރަސްފަންނު ބެލީމާ ކަނޑަށް އަޅާފަ ހުރި ލާރި ތަކެއްނޫތޯ އެއީ