ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް – ވަގުތު އިމޭޖްސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި އަބަދުވެސް މީހަކު ބަހައްޓަން ޑޮކްޓަރު ލަފާދީފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލު ވިދާޅުވެއްޖެއެވެ.

ފައިސަލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ އިން ފެށިގެން ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އިއްޔެ ކުރިމަތިވި ކަންކަމާ ގުޅިގެން ރައީސް މައުމޫން ވެއްޓި ވަޑައިގަތުމުގެ ފުރުސަތު ބޮޑު ކަމަށާއި އެމަނިކުފާނުގެ އަރިހުގައި އަބަދުވެސް މީހަކު ހުރުމަށް އީއެންޓީ ސްޕެޝަލިސްޓް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް މައުމޫންގެ ސިއްހީ ހާޅުކޮޅު ރަނގަޅު ނޫންކަމަށް ވަކީލު ވިދާޅުވިއިރު މީގެކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ސިއްހީ ހާޅުކޮޅު ހުރި ގޮތުން ބަންދުން ދޫކޮށްލަ ދިނުމަށް ނުވަތަ ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ހުކުމާއި ގުޅިގެން ސަރުކާރުން އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 2018 ފެބުރުވަރީ 5 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ގެކޮޅު ކަމަށްވާ އެންދެރިމާގޭގައި ހުންނަވަނިކޮށެވެ.

އަދި ރައީސް މައުމޫން ބަންދުގައި ބަހައްޓާފައި ހުންނެވީ، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން 2018 މާރިޗު 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ރައީސް މައުމޫން ޖަލުގައި ބެހެއްޓުމަކީ އަނިޔާވެރިކަން ދެއްކުން ކަމަށާއި އިންސާނިއްޔަތައްޓަކާ ނަމަވެސް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށް ދިނުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފުލުހުންނައް ފޯނުދީފަ ގެއައްދާންވީ. ފޯނު ނުދެވިގެން ތިއުޅެނީ ކޮން ކަހަލަ.ފިލްމެއް ކުޅެވިގެން..

  2. ނަސްރީނާ ބެހެެއްޓުން މިވަގުތަށް އެންމެ ރަގަޅީ

  3. ބުއްްޅަަބޭ

    ހަނދާނަށް އަންނަނީ، 1990ގަ އައްޑު ގަމުގަ ނިދަން ވެގެން ކާޕެޓަ އަޅާފަ ކޮޓަރިޔެއް ހެދި ހަނދާން، އެރޭ އެތާ ނިދަން ނުކެރިގެން ސިފައިންގެ 2 މީހުންނާއި އެކު އަހަރެންވެސް ހުއްނަންޖެހުނު. ކޮޓަރީގެ ބޭރުގަ އަހަރެން ހުއްޓާ ޖެހި ފޮޑީގެ ބާރުކަމުން ދޮރުވެސް ހުޅުވުނު، ހެހެހހެ

  4. ހެޔޮނިޔަތް

    މިހާރު މައުމޫނު ހުންނަވާނީ ސައިޒުވެފައި އެހެންކަމުން ގެއަށް ބަދަލު ކުރަންފެނޭ

  5. ނަސްރީނާ ބަހައްޓަންވީ... ދެން އެހެންނޫނީ ތަހުގީގަށް އެއްބާރުލުންދީފަ ގެއަށްދޭ...

  6. ދޫކުރާކަޣްނުޖެހޭނެ ޣެހެންމީހުންވެސް ތިބެނީ ކާރީގަ މީހަކުބަަހަޣްޓާފަޣެޣް ނުހުރޭ ފުރތަމަ ތިހިރަ ގޮޣް ދޫކުރުން ބުދިވެރި

  7. މީނާ ފަޑިޔާރުންނަށް ރިޝްވަތުދީގެން ހުރިހާދީނަކަށް ފުރުސަތުލިބޭނެ ވެރިކަމެއް ގެންނަން ބަޤާވަތް ކުރިއިރު އިންސާނިއްޔަތުކަމެއް ހުރިތަ؟
    އިންސާނިއްޔަތު ކަމަށްޓަކައި މިކަލޭގެ ޖަލުގައި ބަހައްޓާދީ.

  8. ހާދަ އިންސާާނިތްޔަތުކަން ކުޑައޭ ދެއްތޯ