ނިކަމެތި ރައްޔިތުން މީހާ ފުލުހަށް ގެންގޮސް ލާދީނީ ޓެގު އެޅުވި ސިޔާސީ މީހުންނަށް ބޮޑެތި މަގާމުތަކާއި ސެކިއުރިޓީ ދެމުން ގެންދާތީ ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ދީނަށް ހަޖޫ ޖެހި ކަމަށްބުނާ މީހާގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ބުނެފައިވާތީ އެކަމަށް ފާޑު ވިދާޅުވެ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑެތި މަގާމުތައް ލިބެނީ ލާދީނީ ޓެގު އެޅުވި މީހާ އަށް ކަމަށާއި ނިކަމެތި ރައްޔިތު މީހާ ދާން ޖެހެނީ ފުލުހަށް ކަމަށެވެ. އެކަމުގައި ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީން ބަޔާނެއް ނެރުނުއިރު ލާދީނީ ވާހަކަ އެންމެ ބޮޑަށް ދެއްކި މީހުންނާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތީ ހަނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ޚިލާފުވެ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ވާހަކަދައްކާ، އަދި އެވާހަކަތައް އާއްމު ކުރި ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށް ހާމަކުރީ އިއްޔެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް މިއީ 2013 ވަނަ އަހަރުގެ ފަހުކޮޅު އާއްމު ކޮށްފައިވާ ވީޑިއޯ އެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި މަހުގެ 17 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ރ.އަނގޮޅިތީމު، ޖީޒާގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހަކު ރައީސް ނަޝީދާއި ގުޅޭގޮތުން ދައްކާފައި ވަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އެހެންވެ، އޭނާގެ އިންޓަވިއު ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމަށް އެދިވަޑައިގެން، މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުއްވުމަށް ނަޝީދު ނިންމަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެއެވެ.

އެ ވީޑިއޯ އާއްމު ކޮށްފައި ވަނީ އަދާލަތު ޕާޓީގެ ޔޫޓިއުބް ޗެނަލްއެއްގައެވެ. ވީޑިއޯގެ ލިންކް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ އެދުވަސްވަރު ޓްވީޓް ވެސް ކުރައްވާފައެވެ. ވީޑިއޯ އާއްމު ކުރެއްވުމުގައި އަދާލަތު ޕާޓީއަށް ނިސްބަތްވާ މިހާރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ބައިވެރިވި ކަމަށް ބައެއް މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢާދޭސް

    ބަލަ ޕޮލިހުން ބެލިޔަސް ނުބެލިޔަސް ސޯސަލްީޑިޔާގައި އެހެރީ ނަޝީ ދު ދެއްކެވި ވާހަކަތައް ވީޑިއޯއާއި އެކު ، އަ ދި ނުވި ސޭހް އިމްރާން އާއި ނު ދަންނަ ސޭހް އިލިޔާސްމެން ﷲ ގަން ދީ ހުވަކޮށްފައި އެހެރީ ނަޝީ ދުއޭކިޔާގެން ދެއްކި ވާހަކަތައް އަރިސިފްގައި ، ކިހާބޮަޑު މުސީބަަތެއްމީ ، ނަޝީ ދު ބުނެފިއްޔާ އެކަނިތަ މައްސަލަބެލެނީ ، ކޮބާ ދެން އިންސާފަކީ

    23
    1
  2. އެމަންޖެ

    ކަލޭމެންގެ ސަބަބުން ނަސީދުމެން މިނިވަންކަންމަތީ މަތީ މަގާމުތަކުގަ އެތިބީ.

    19
  3. ޖަހާންގީރު

    މި ގައުމުގެ ލާދީނީ ބޮޑު ދައްޖާލަކީ އަންނި މި ސަރުކާރަކީ ލާދީނީ ސަރުކާރެއް އެމް ޑީ ޕީ އެންމެން އަަަންނި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާއިރު ތިބޭނީ އަތްޖަހަން

    18
    1
  4. ޙަސަނާ

    އިނޝާﷲ ކޮންމެސް ދުވަހަކުން ދިވެހިރައްޔިތުން ގެ ކުރިމަތީގަ ދީނައްފުރައްސާރަކުރާމީހުންގެ އަގުވެއްޓި އެބައިމީހުން ހިފާ ހައްޔަރުކުރެވޭނެ ކިތަންމެ ހިތާހިތުގެ ގުޅުމެއް އޮތަސް ﷲސުބުހާނަހޫވަތާލާގެ ކުޅަދުންވަންތަކަން މާބޮޑުވާނެ...

    25
  5. ބްރިގޭޑިއަރ

    މަނިކްފާން ޑިފެންސް މިނިސްޓާރ އަކަށް އުޅުއްވި އިރު ތިކަން ހަނދާން ނެތުން އެއީ ދުނިޔޭގެ ޢާދަ، އަދަކީ އެވެރިންގެ ދުވަސް އަޅުގަނޑުމެންގެ ދުވަސްވެސް އަންނާނެ !!!ހަމަ ޔަގީނުންވެސް މަރުވުމަށްފަހު އަންނާނެކަން %100 ޔަގީން!!!،

  6. މުބީނު މާރނީ

    މިއީ ނަޝީދު ގެ ކަންތައް ހުންނަ ގޮތަކީ.

    16
    2
  7. Anonymous

    މަބުނާނެ އިތުރު ވާހަކައެއްނެތް. 10000 މީހުން ވީ މީނަގެ އެޒާތުގެ ވާހަކަ ޝެއަރކުރަން. ތަހުގީގު ކުރެވެނީތޯ ހަގީގަތް ހާމަކުރެވެނީތޯ އަހަރެމެން ބަލަންވީ. ކެރިގެން މަސައްކަތަށް ނުކުންނަންވީ. ސެކިއުލަރއިންނަކީ ޔަހޫދީންގެ ތެރެއިން ރާމަމަކުނަށްވީ މީހުން ފަތުރާ ޝައިޠާނާގެ ނުބައި ގޮތްގަނޑު.

  8. ނާނީ

    ބަލަ އާދަނާ ސަރުކާރުގެ ސިޔދަތު ދަމަހައްޓާ މީހުން ނިކަށްނު އޮށްނާނެ ގޮތެއް ހެދޭކަން އެކަން މަނިކުފާނަށް ވަރަށް ރަގަޅައް އެގޭނެ ހަރުކަށި މަޑުކަށި

    1
    1
  9. އައްޔޫބު

    އެމްޑީޕީން ގަބޫލުކުރާ ދުލާއި ގަލަމުގެ ޑިމޮކްރަސީގެ ބައްޕަގެ ކަމެއްވީމާ ތިވަރުގެ ކަމެއް ހިނގާފާނެ.

    2
    1
  10. ދަރަނި ދަންތުރަ

    މި މައްސަލައަށްވުވެ ނަސީދު މަޖިލީހުން ވަގަށްނެގި 444 ރުފިޔާގެ މައްސަލަ ޕޮލިހަށް ހުށައަޅާބަލަ މަޖިލިސް އެއީ ނަސީދުގެ އަމިއްލަ އޮފީހެއްތަ އެމައްސަލަ މަޖިލީހުން ޕޮލިހަށް ތި ފޮނުވީ ގަމާރުވިޔަސް ބޮޑުވަރުދޯ