ގއ. ކޮލަމާފުށީގައި މަސައްކަތް ކުރަމުން އަންނަ މިފްކޯގެ މުވައްޒަފުންގެ ފަރާތުން އެ ރަށު ޓާސްކް ފޯހަށް ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

"ވަގުތަށް" ދިން އިންޓަވިއުއެއްގައި މިފްކޯގެ މުވައްޒަފުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަލީ ވަހީދު ބުނީ ޓާސްކް ފޯހާ މި ތަކެތި ހަވާލުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ޓާސްކް ފޯހަށް ދިން ތަކެތީގެ ތެރޭގައި 2000 ފޭސް މާސްކާއި، 1400 އަންގިއާއި، ސެނިޓައިޒަރ، އަތްދޮންނަ ސައިބޯނީގެ އިތުރުން އެޕްރޮން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

މިފަދަ އެހީއެއް ދޭން ބޭނުންވީ އަލީ ވަހީދު ބުނި ގޮތުގައި ޓާސްކު ފޯހުގައި މަސައްކަތް ކުރަމުން އަންނަ އެއްވެސް މީހަކު އަމިއްލަ ސަލާމަތަށް އެއްވެސް ފިޔަވަޅެއް އަޅާ މަންޒަރު ނުފެންނާތީއެވެ. އެގޮތުން އެ ޓާސްކު ފޯސްގައި މަސައްކަތް ކުރާ މީހުންނާއި ވާހަކަ ދައްކައި މި ވަގުތައް އެންމެ ބޭނުންތެރި ތަކެތި އޮޅުން ފިލުވައިގެން ހޯދާފައިވާނެ ކަމަށް ވެސް އަލީ ވަހީ ބުންޏެވެ.

އަލީ ވަހީދު ބުނި ގޮތުގައި މިކަމުގައި ކޮލަމާފުށި ކައުންސިލާ ވެސް މަޝްވަރާކޮށްފައިވާނެއެވެ.

ކުރިއަށް އޮތް ތަނުގައި މިފަދަ އެހެން ތަކެތި ހަދިޔާކުރުމުގެ ވިސްނުން ހުރި ކަމަށް އަލީ ވަހީދު ބުންޏެވެ.

"މިފަހަރު ދިނީ ހަމައެކަނި ޓާސްކު ފޯހުގައި މަސައްކަތް ކުރަމުން އަންނަ މީހުންނަށް ބޭނުން ކުރެވޭނެ ވަރަށް ތަކެތި. އެކަމަކު ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ފުޅާކޮށް މިކަން ކުރުމަށް ވިސްނަމުން މި ދަނީ،" އަލީ ވަހީދު ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ކިޔުންތެރިޔާ

  މިފްކޯއަކީ މިހާރު ކޮލަމާފުށީ މިލްކެއް. ސަހަލު އަކަތިވެސް ނުހުންނާނެ ތިތާކު.

  2
  2
  • މިހާރު

   ކޮލަމާފުށި މީހުންތިބީމަ ކަލޭމެންނަށް ވައްކަން ނުކުރެވޭތީދޯ އެވާހަކަ ތިގޮވަނީ!