ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިންގާފައި ހުރި ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތަކުގެ ތަހުގީގު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމަކު، ޔާމީންގެ އަމަލުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން އެކަނި ޖަލަށްލުމުން އިންސާފެއް ނުވިސްނޭ: ރައީސް ނަޝީދު

ނަޝީދު ވަނީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތުން ވެސް އިންސާފަށް ވާސިލް ނުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ކުރީގެ ސަރުކާރުގެ ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތައް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންތަކުގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން މަޖިލީހަށް މިހާރު ވަނީ މައްސަލައެއް ވެސް ވައްދައިފައެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީދުގެ ތަހުނިޔާ ދެންނެވުމަށް ހޯމް މިނިސްޓަރު އިމްރާނާ އެމަނިކުފާނު ގުޅުއްވި ކަމަށް ވިދާޅުވެފައެވެ.

އަދި ފޯނުން ބައްދަލު ކުރައްވައި ކުރީގެ ސަރުކާރުގެ ކޮރަޕްޝަނާއި މަރުތަކުގެ ތަހުގީގު ކުރިއަށް ގެންދަން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އިމްރާން ދެއްވި ކަމަށް ނަޝީދު ޓްވީޓްގައިވެއެވެ.

އަދި އެކަމަށްޓަކައި އިމްރާނަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ނަޝީދު ޓްވީޓްގައިވެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވިއިރު، ދާދިފަހުން އެމަނިކުފާނު ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެފައެވެ. އަދި ހާއްސަކޮށް، ރަށްރަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން، އެމީހުންގެ ރަށްތަކަށް ދިއުމުގެ ފުރުސަތު ހަނިވެފައި އޮތް މައްސަލައިގައި އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އުސައިދު

    ދީނަށް ފުރައްސާރަ ކުރާ މީހުންނާއި އިސްލާމީ ޝަރީއަތާއި ޚިލާފު ވާހަކަ ދައްކާހުރި މީހަކު ހުރެއްޖެނަމަ އެމީހަކާމެދު ވެސް ފިޔަވަޅު އެޅުމަށް އިމްރާނަށް ދަންނަވަން.

    57
  2. އެމީހާ

    އަދިވެސް މައުމޫނޭ ޔާމީނޭ ކިޔާތި މުޅި އޮޑީގައި އެމީހާގެ ދެފައި.. އެމީހެއް ކުރިކަމެއްގެ ހިތި ފިލުވާނީ އެމީހަކު އަމިއްލައަށް....

    42
  3. މަންޖެ

    ހެޔޮނުވާނެ މި ފަރަންޖީގެ ވާހަކަތައް ނޫސްތަކުގަ ނުޖަހަބަލަ

    45
  4. ސަމި

    8 ފެބްރުއަރީގަ ޤައުމުގަ ހުޅުޖެ ހި މައްސަލަ ބަލަންވާނެ އެންމެ.އިސްކަމަށް. ލަދު ކުޑަ

    29
  5. ރައްޔިތުން

    އިމްރާން މަޤާމުން ބޭރުކޮށްލަން މާލަސްވެސް ވެއްޖެ

    23
    2
  6. އެމަންޖެ

    މީނާ މިދަނީ މިގައުމު ކައި ހުސްކުރަމުން ، މިހެން ބުނީމަ އަދި މި ނަސީދަކައް ނޭނެގޭނެ މިބުނީ ނަސީދެކޭ.

    24
  7. ހުސޭނުބޭ

    "މާތްރަސްކަލާނގެ ގަންދީބުނަން....... މުޙައްމަދު ނަޝީދާއި އޭނާއަށް ވާގިވެރިވާ މީހުންނަކީ އިސްލާމްދީނުގެ އަދުއްވުން"
    ޝައިޚް އިމްރާން - 12 ޑިސެމްބަރ 2012

    29
  8. އެމީހާ

    ނުބަލާކީއްކުރާނީ ދީނާޤައުމައްވުރެ މަޤާމާ ފައިސާ މާބޭނުންވިއްޔާ. ނުބަލައިފިނަމަ މަޤާމާއި ދިދަޖެހިކާރު ގެއްލޭނެ. އެކަމުހަދާންކުރާތި މިނޫންވެރިކަމެއްގައި ނަޝީދުދަށްކާފައި ހުރިވާހަކަތަކާއި ޢިމުރާނު ދަށްކާފައިހުރި. ސާބިތުނުހިފޭ ވާހަކަތައްވެސް އަދި ދީނާ ދެކޮޅަށް ދައްކާފައިހުރިވާހަކަތަށްވެސް ބަލާނެ ބަޔަކު އަންނާނެ.

    24
  9. ބުރޭތި

    ނޫން ނޫން. ކޮބާ ސުއޫދު. ދައުލަތުން ލައްކަ ހަރަދު ކޮށްގެން މަރު ކޮމިޓީއޭ ކިޔާ ކޮމިޓީއެއް ހެދި. ފުލުހުންގެ ބާރު ހަނިކޮށްފަ މަރު ކޮމިޓީއަށް ހުރިހާ ބާރެއް ދިނީވެސް ތި ނަޝީދު މަޖިލީހުގެ ރައީސްއަށް އިންނަވައިގެން. މި ނަޝީދު ދެއިރު އެކަށްޗެއް ނުކިޔާ. ހަނދާންވެސް ނުހުންނަނީ ތޯޗެއް. އަޅުގަނޑު ވަރަށް އެދެން ނަޝީދު ޑައިރީ ލިޔަން. އެކަމަކު ހިއެއް ނުވޭ ޑައިރީ ލިޔަން ވާއިރަށް ކުރިކަމެއް ކީ އެއްޗެއް ހަނދާން ހުންނާނެ ހެނެއް.

    21
  10. ސާބިތު

    އިމްރާނު އެއީ ފައްކާ ޖާހިލެއް ނަޝީދުއަށް އެކަން ނޭގެނީތަ

    20
  11. ޑައެލޯގް

    މިސަރުކާރުން 32 ބިލިއަން، ޕެންޝަން ފަންޑް ކޮރޯނާއަށް ގައުމުތަކުންދިން އެހީ އެމްއެމްއޭ ރިޒާމް، މިގޮތަށް ބައިވަރު އަދި ގޮތްނޭގޭ ބައިވަރު މަރު މިސަރުކާރުގަވެސް ހިގައިފިއެވެ. އެވެސް ތަހުގީގުކުރައްވާ

    15
  12. މާމީ

    ފުރަތަމަ ނަަަޝީދުގެ 3އަހަރު ދުވަހުގެ ސަރުކާރުގަ ދިވެހިސަރުކާރު ގެެެއްލުނު ފައިސާ ހޯއްދަވަންވީ ނޫންތޯ.

    19
    1
  13. މަރީ

    ރައީސުލްޖުމްހޫރިއްޔާ އަށް ނުދެވުނު ޔަގީން ކަމެއް ހޯމްމިނިސްޓަރަށް ދެވިދާނެތަ؟

    12
  14. ފިކުރު

    މި ސަރުކާރު އައި މަގުސަދަކީވެސް ތިފަދަ މައްސަލަތަކުގެ.އަސްލުދެނެގަނެ އިންސާފު ހޯދައިދިނުން މިކަންނުވުމުކީ މިސަރުކާރު.ގެނައި މަގްސަދާއި ޚިލާފުވުން އެހެންކަމުން މިއީ ސަރުކާރު ވިސްނަންހޭކަމެއް

  15. ރައްޔަތު އަހުމަދު

    ހޯމް މިނިސްޓްރީ ހުއްޓާނޫންތޯ ތިޔަ ބައިގަނޑު އައިސް ފުރަތަމަވެސް މަރު ކޮމިޝަން އުފެއްދީ...

    މިހާރު ބޮލަށް ކަނޑާލަންވެގެން ދެން ކޮން ލަލަލާއެއް ކިޔާކަށް؟

    އަމިއްލަޔަށް އުފެއްދި ކޮމިޝަންފެއިލް ވި ވާހަކަ ބުނަން ލަދުގަތީ ދޯ؟

    ނޫނީ ހޯމްމިނިސްޓަރު ގެ ދުވަސް ދުއްވާލާފައި ތަންދޮރު ނުދަން ނަށް އެކްޓިވިސްޓަކުލާންވީ ދޯ...

    ނޫނީ ރުޅިގަނޑުބާލަންނީތަ؟

  16. ނާދިރާ

    އިމްރާން މަގާމު ދިފާއު ކުރުމުގައި މެކުހައް

  17. ތުހުމަތު

    މިއަދު ޖައްވަށް ފަޒާއަށް ބަޑިޖަހައި މީހަކުމަރުވި ހަނދާންވެއިބާ ކޮވިޑް19 ރައިގައި ފަރުވާނުލިބިގެން މަރުވި މީހުންގެ ހަނދާންވެއިބާ ފެބުރުއަރީ 8ގައި ޖެހިބޮޑުހުޅުހަނދާންވެއިބާ

  18. ބިހާރީ ބަނބުކެޔޮ ރާއްޖެ

    ކޮބާ މަރުކޮމިސަން، އެއީ ފުރިހަމަ ބާރުދީފައި އޮތް ކޮމިސަނެއް، އެތަން ވީ ވެންޓިލޭޓަރުގައިތަ؟
    ކަލޭމެންނަށް ކޮންކަމެއްތަ ކުރެވޭނީ؟ އާނ.. ކުރަން އެނގޭ ކަންތަކުގަ ބާރަށް ކުރިޔަށް، ބިރަކާނުލާ ކަމިސަނަރު ޑިސްކޯކިރުމުގަ އަބަހައްދަވެފަ .. ފަހަރިބެ އަންހެނަކު ވައްދައިހެން ދުއާކިޔާދެމުން ދުވަސް ދުއްވާލައި، ދެއަންބަށް އިތުރު އަންހެނަކާއި އިނދެގެން ހޭވެއްޓާލާ ސައިޒަށްނުބަލާ ފުދުއްވާލަނީ..
    ކަލޭމެންނަށް އިނދިކޮޅަށް އިސްތަށިބޭލޭނީ މިބުނީ ރީތިކޮށް..