ރައީސް ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ރައީސް ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާނެކަން އިއުލާން ކުރުމާއި އެކު ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު މިރޭ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޕާޓީގެ ޕްރައިމަރީގައި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވާދަކުރަން ނިންމާފައިވާ ކަމަށް އަޑުފެތުރިފައިވާތީ ޕާޓީގެ ބައެއް އެކްޓިވިސްޓުން ވަނީ އެކަމާއި ހިތްހަމަނުޖެހިފައެވެ.

"ބައެއް އެކްޓިވިސްޓުން މިބުނަނީ އިބޫ ކުރިމަތިލުމަކީ ޕާޓީ ބައިބައިވެގެން ދާނެ ކަމެއް ކަމަށް. އިބޫ ޖެހޭނީ ރައީސް ނަޝީދަށް ތާއިދު ކުރަން ކަމަށް ގިނަ އެކްޓިވިސްޓުން ބުނަނީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ ބޭފުޅަކު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕްގެ ވިސްނުން ހުރީ ޕްރައިމަރީގައި ރައީސް ނަޝީދު އެކަނި ވާދަ ކުރަންށެވެ.

"ބޭނުންވަނީ ރައީސް ނަޝީދު ޕްރައިމަރީ އިން ނެރެން. އެއީ ބައިނަލްއަޤުވާމީ ފަރާތްތަކަށް ވެސް ދައްކާނެ އެއްޗެއް އޮންނާނެ އޭރުން. އޭރުން ބުނެވޭނެ އެންމެ ބޮޑު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުދިނޭ. ޕާޓީގެ ޕްރައިމަރީ އަކީ ހަޤީޤަތުގައި ރައީސް ނަޝީދު މިނިވަންކުރަން ލިބޭ އިތުރު ބާރަކަށް ވެގެން ދާނެ." އޭނާ ބުންޏެވެ.

އޭނާ ވެސް ބުނީ އެމްޑީޕީގެ ގިނަަ އެކްޓިވިސްޓުންގެ ތާއިދު އޮތީ ރައީސް ނަޝީދަށް ކަމަށާއި އެހެންކަމުން އިތުރު ބޭފުޅަކު ޕްރައިމަރީގައި ވާދަކުރުން އެއީ ވެސް އެކްޓިވިސްޓުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

ކުރިން ވާހަކަ ދެއްކި ގައުމީ މަޖިލީހުގެ މެންބަރު ބުނީ ޕްރައިމަރީގައި ރައީސް ނަޝީދު ފިޔަވައި އެހެން ބޭފުޅުން ވާދަކުރަން ބޭނުންވާ ބޭފުޅުން ވެސް އެމްޑީޕީގައި އެބަތިއްބެވި ކަމަށެވެ.

"ވަރަށް އިމްޕޮސިބަލް ކަމެއް ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވުން އެއީ. އެޙަޤީޤަތް އެބަޖެހޭ ގަބޫލު ކުރަން. އެހެންވީމާ އިތުރު ޗޮއިސް އެއް މިވަގުތު އެމްޑީޕީ އަށް މުހިންމު. އެކަން ގަބޫލުކުރާ މީހުން ވެސް އެމްޑީޕީގައި އެބަތިއްބެވި." އޭނާ ބުންޏެވެ.

އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 30 ގައި ބާއްވަން ނިންމާފައި ވާއިރު މިމަހުގެ 15 ގައި ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައެވެ. ޕްރައިމަރީގައި ވާދަކުރާނެ ކަން އަދި މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ރައީސް ނަޝީދު އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ތިއޮތީ ބުޅާ ގޯނިން ބޭރުވެފާ. ދެން ރާކަނިމަސްކާ.

  2. ޓެރެރިސްޓަކަށް ޕުރައިމަރީގަ ވާދަ ކިތެވެންޖެހޭ ސަބަބެއްނެތް

  3. މުނީރުލްޙާކިމް

    އިބޫއަށް ވާދަ ކުރެވެންވާނެ. ޕްރައިމަރީގެ މާނަ އޮޅުވައިނުލެއްވުން މުހިއްމު. އިބޫ ކަހަލަ ބޭފުޅަކު ވާދަ ކުރައްވައި ޕްރެޒިޑެންސީގައި ވާދަކުރާނަމަ ގިނަ ބައެއްގެ ތާއީދު ހޯދިދާނެ. ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ. މިއީ ޙަޤީޤަތް.

  4. އަބްދުއްލާ

    ޕާޓީތަކާ ބެހޭ ގާނޫނުގެ30 ވަނަ މާއްދާ ބުނާގޮތުން ބަސީދު ލައްވާ ވާދަކުރުވައިގެން ބޭރުގެ ފަރާތްތަކަށް ހުށަހަޅައިގެން ނަސީދު ކެންޑިޑޭޓަކަށް ނެރެން އުޅެފިނަމަ ގާނޫނާ ހިލާފު ކަންކަން ސަރކާރުލައްވާކުރުވަން އެމްޑީޕީން މަޖްބޫރު ކުރުވާކަން ސަރީއަތަށް ސާބިތުވާނެ . އެހިސާބުން އެމްޑީޕީ އުވިގެންދާނެ.

  5. ނަޝީދަކީ ޖަލު ޙުކުމުއް ތަންފީޛުކުރަމުން ދާ މީހެއް.އޭނައަށް ރައީސް ހޮވަން ބާއްވާ އިންތިހާބުގައި ބައިވެރިއެއް ނުލެވޭނެ.

  6. ޢިސްމާއީލް

    ރައީސް ނަޝީދާއި ވާދަކުރުމީ މައްސަލަ އެއް ނޫން އަޅުގަނޑުމެން ނިންމާނަން ކެނޑިޑޭޓް

  7. އިބޫގެ ދުވަސް ތި ދިޔައީ

  8. އިބޫ ވިސްނައިގެން އުޅޭތި ދެންތި ކަންތަކާޖެހެނީ ކަލޭގެ ދުވަސްދުއްވާލާނެ ކަޅު އަނދިރި ރެއެއްގެދުއްޕާނައްވުރެ ރޯމާ ދުވާލުގެ ދުއްޕާން ބޮޑުވާނެ ..........

  9. ބަވަނަ/މާލެ

    ޓެރަރިސްޓަސް ރާސްޓަސް އެއްބުރުން މަޖާވެއްޖެ ދެން ލަންޑަނުގައޮއެގެން ސޮނިބާލާ...

  10. ގައުމު ތަކުގައި ދިގު މައްދަތަށް ޖަލަށް ލާފައިވާ މީހުން މޑޕ އަށް ވައްދަންވީ

  11. ހާލުގެ ދުލުން

    ނަޝީދު ވެރިކަމަށް ދެވިހިފާފަހުރީ އަމަށަކު ވަރަކަށްނޫން އެވަޖިދުގައި އެމް.ޑީ.ޕީ ޣައިރުޤާނޫ.ީވާއިރުވެސް ހޭވެރިކަމެއް ނާނަނާނެ ޓެރަރިސްޓަކަށް ޕާޓީ ޕްރައިމަރީން ޖާގަދިނުމަކީ ޕާޓީ އުވާލުމުގެ ފުރުޞަތު އީސީ އަށްދިނުން ޕްރަިމްރީ ބާއްވަންޏާ އިބޫ،ޝާހިދު،ތަސްމީނު،ފަދަބެޔފުޅުން ވާދަކޮށް އެން.ޑީ.ޕީ ފުލްޕަވަރގައި ވެރިކަމަށް އަންނަންވީ

  12. ރައްޔިތުމީހާ

    އެމްޑީޕީން ކީއްކުރަން މަގުމަތިން ކުޑަ ބުޅަލެއް ނެރުނަސް ޔާމިން ބަލިވާނެ. މީ ހަގީގަތް. ޔާމީން އައް ކެންޕެއިން ކުރާ މީހުނައްވެސް މިހަގީގައް އެނގޭ، އެކަމަކު ގަބޫލް ކުރަން ބޭނުން ނުވަނީ. ޔާމީންއައް އޮތީ އެއްމެ ގޮތެއް، އެއީ ވަގު ވޯޓް އެޅުން. ދެން މަ ކާލާ! ކެޔަސް، ބުޔަސް މީ ހަގީގައް.