މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނޫ އަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނު އަސާސީ އިސްލާހް ކުރަން ސްޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދެއްވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މި ޖަލްސާ އޮންނާނީ މިރޭ 9:00 ގައި ކަމަށެވެ.

އެ ޖަލްސާގެ އެޖެންޑާގައި ވާގޮތުން، މިރޭ އޮންނާނީ ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާޙުގައި ބަހުސް ކުރިއަށް ގެންދިއުމެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމިތިބޭނެކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން، މިދިޔަ މަހު ބާއްވަން ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްފައި ވާއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ 3 އަށް ހަމަވާތީ ޤާނޫނީ ހުސްކަމެއް އަޔަނުދިނުމަށް އިންތިޤާލީ މާއްދާއެއް ހިމަނައިގެން ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ މަޖިލީހަށް ލަފާ އަރުވާފައެވެ.

ކައުންސިލަރުންގެ ދައުރު ދިގުދަންމާލުމަށް ސަރުކާރުން ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާހާއި ގުޅިގެން މެމްބަރުންގެ މެދުގައި ގިނަ ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަޒްރާ ޢަލީ

    ލޮބުވެތި އަޚުންނާއި އުޚުތުން ޢިއްޒަތްތެރި މަޖިލިސް މެމްބަރުން ދެއިރު ދެދަޅަޔައް ގާނޫނުއަސާސީ ބަދަލު ކޮއްގެން ކުރެވެނީ ކޮން ކަމެއްތޯ؟ވަނީ ކޮންފައިދާއެއްތޯ؟ރިޔަ ޢިއްޒަތްތެރި މެމްބަރުން މަޖިލީހުގަ ތިބެގެން ހަދާ ޤާނޫނަކުން ކުރާނެ އެއްވެސް ފައިދާއެއް އެބައޮތްތޯ؟ކުޑަކުދިން ކަމުގަ ބަލާ އުމުރަކީ 18 އަހަރު ކަމައް ޤާނޫނައް ގެނައި ބަދަލަކީ ހަމަ ޔަގީނުންވެަްެސް އެބަދަލާ ދޭތެރޭ ސުވާލު ކުރެވޭނެ ބަދަލެކެވެ. ކުޑަކުދިންނާއި އެކުދިންގެ ޢުމުރު ކުޑަކުދިންކަމައް ބަލާ އުމުރު އެްޮތީ ﷲ ތަޢާލާ ވ ސާފްކޮއް ބަޔާން ކޮއްދެއްވާފަ އިއްޒަތްތެރިމެމްބަރުން ހަދާ ގާނޫނަކުން ނޫން ދެއްތޯ

  2. ގިވްއިން

    ސުޕްރީމް ކޯޓުގެ ލަަފަޔާ މެދު ގޮތެއް ނިންމަން މިރޭ މަޖިިލިސް ބާއްވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދަ ރާއްޖެތެރޭގެ ޑާންސް...

  3. ޓީވީ ބަލާމީހާ

    ޓީވީތަކުން އެގެނެސް ދެނީ މަރްހޫމް މޫސާ ފަތުހީ ގެވާހަކަފުޅެއް އިސްލާމްދީނުގައިދެއްވާފައިވަ މިނިވަންކަމާބެހޭގޮތުން މިހާރުމިވަނީ ގާނޫނެއްގެ ހިޔަލުން މިނިވަންކަން ނިގުޅައިގެންފައި އެއީ ޖީއެސްޓީނަމުގައި ޖިޒީ ނެގުމާއި އިންކަމްޓެކްސް އެނަގަނީ މީމިނިވަންކަން ނިގުޅައިގެންފައިވާ ސާފް ހެއްކެއް އަޅުވެތިވެ ސަރުކާރުގެ ބޮޑުންގެ މުސާރަ ފޫބައްދައް އަޅުވެތި ވީގޮތެއްނޭންގުނު ކުއްލިޔަކައް ގަނޫނެއްގެ އަލިގައި 6% ޖިޒީ މީއެބުނާ ހުޅަނގުގެ ތަހުޒީބަތީ ރައްޔިތުން ކުރާމަސައްކަތުން ޖިޒީނަގައިގެން ބޮޑުން އަރާމާއުފަލުގައި މޮޅުޑިމޮކްރަސީ ގައުމުގެ ރިސޯޓްތަކާ އެއާޕޯޓް އާ އެންޕީައލް މިހެން ގޮސް ނަންހުސްކޮއް ހިންގާ ކުންފުންޏަކުން ނިކަމެތި ރައްޔިތަކައް ފައިދާށއެއްނުވޭ މުޅިން ޕާޓީއޭ ކިޔާފައި ބައިކުދިންނައް ބައިއަޅައިގެން ހުސް