ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީސް ރައީސް ކަމުގެ މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަންހުރި ކަމަށް ނުފެންނަ ކަމަށާއި، އެހެންކަމުން ވަގުތުން ވަގުތަށް މަޖިލީސްގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ހާއްސަ ހާލަތު އިއުލާނުކޮއްފައިވަނިކޮށް އަދި މުޅިމާލެ ފުރަބަންދުގެ ހާލަތުގައި އޮއްވާ ސަރުކާރަށް ގޮންޖައްސަވައި ރައްޔިތުންގެ މަޖްލިސްގެ އިދާރާގައި ޖަލްސާތައް ބާއްވަން
ފެށުމަކީ ރައްޔިތުންނަށް ނަމޫނާ ދައްކަވަންޖެހޭ، ރައްޔިތުންގެ މަޖިލިސް މެންބަރުން ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުމަށް މަނިކުފާނު ހިންގެވި ޖަރީމާއެއް ކަމަށެވެ.
އަދި މިއަދު، ސަރުކާރަށް އެންމެ ބޮޑަށް މަޖްލިސްގެ އެއްބާރުލުން ލިބެންޖެހޭ ދަނޑިވަޅުގައި، މަޖިލީސް ހިންގަވަމުން ތިޔަ ގެންދަވަނީ ސިޔާސީ އައްޑާއެއްގެ ގޮތުގައި ކަމަށް ޖާބިރުގެ ސިޓީގައި ވެއެވެ.
"މަނިކުފާނުގެ އަމަލުތައް މިވަގުތުހުރި ގޮތުން ރައްޔިތުންގެ މަޖްލިސްގެ ރައީސް ކަމުގެ މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަންހުރި ކަމަށް އަޅުގަނޑަށް ނުފެންނާތީ ވަގުތުން ވަގުތަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމެވެ". ޖާބިރު މިއަދު ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ވެއެވެ.
????
ޖާބިރަކީ އާންމު ގޮތެއްގައި ހަމަޖެހޭ ވާހަކަ ދައްކާ މީހެއް ނޫން. ވާލު ސޮރާއި ބޮޑާބެއާއި ގޯނިބޭ ކުޑައަލީއަކީ މީސްތަކުންގެ ތެރޭގައި އުޅުނު ނުމީހުންނަށްވިޔަސް ގިނައިން ދައްކައި އުޅުނީ ހަމަނުޖެހޭ ހޭނުޖެހޭ ވާހަކައަށްވިޔަސް ވަރަށް ބުއްދިވެރި ވާހަކަވެސް ދައްކާފައި އެބަހުރި. މިފަހަރު މިވީ މިކަހަލަ ގޮތެއް. ޖާބިރު ބުނި ނަމަވެސް ތިޔައީ ބަރާބަރު ސަތޭކައިގެ ތެދު ވާހަކައެއް. އިސްތިޢުފާ ދީފައި ގެޔަށް ދިޔުން ގައުމަށާއި ރައްޔިތުންނަށް މާ ފައިދާ ބޮޑު. މި މަނިއްޕުޅުގެ ކިބައިން މިގައުމުގެ ސަލާމަތްވުމުގެ އުންމީދުގައި ތިބި ރައްޔިތުން ވަރަށް ގިނަވެއްޖެ.
ފިރިހެނެއް ޖާބިރު މިއީ. ހިނދުކޮޅުގަ ހުންނަ މިހަކަށްވެސް ފަހުމްވާވަރަށް މިސަރުކާރުގެ ދަށުދަރަޖަ ހާމަވެގެން ގޮއްސި. ދެން ކުރާނެ ކަމެއްނެތް. ނަންވާނީ ޔާމީން.
ޢިތުރު ތިންރަށާ ދެފަޅު ބޭނުންވާ ކަމައް ބެލެވެނީ. މީނާގެ މިފަދަ ކަންކަން ހުންނަގޮތް ހުރިހާ ރައްޔިތުން ނައް އެގޭނެ.
ބުރޯ ޖާބިރު އަތުން އެމީހުން ނަގާފަހުރީ ....ވެރިމީ ހަކީ ޖާބިރު ދެންތިބީ ޖާބިރުގެ މުވައްޒަފުން ޖާބިރު ލާރިދީ ހަދާ މީހުން
ކޮންމެވެސްއެތިވަރެއް ބޭނުންވީކަމަށްވެސްވެދާނެ! ނަމަވެސް އެބުނީ ސަތޭކައިވާހަކައެއް ޖެއްސުންނުކޮށް އަވަހަށްއިސްތިއުފާދެއްވާ!!!!!
ޖާބިރުއަތުން އެމީހުނައް ދީފަހުރީ .....ކާފަބޭ ތިއުޅެނީ ހަމާގަތަ ތީވެސް ހިދުކޮޅުގެ ޕަޕަޓެއްބާ
ސަރުކާރުން ޖާބިރު ސައިޒުކުރަނީ ގުނބޯ ހައްދައިގެން ދޭ ރައްރަށާއި، އެހެނިހެން މާލީ އެހީއިން. ޖާބިރު އަކީ ގައުމީ ހީރޯއެއް
މިކަން ކުރަންޖެހޭތާ ކިތަންމެދުވަހެއް. " ރޫހުވަނީ ތިނަދޫގަ " މީނަ ރަގަޅުވާނީ ޖަނގަލީގަ ރައީސަކަށް ބަހައްޓަން.
ވާސަރީ ވާ ޖާބެ ވެސް ހަގީގަތްހާމަކޮށްފި ކަލޯ ނަސީދޫ މިގައުމަށް ހެޔޮއެދޭ ކަމަށްވާނަމަ އަވަހަށް ބަސްއަހައިގެން އިސްތިއުފާދީ އެއީ ނަސީދަށް އާކަމެއްވެސްނޫން މިހާތަނަށް ވޯޓަކުން ލިބުނު އެއްވެސް މަގާމެއްގެ 5 އަހަރުގެ ދައުރު ނަސީދަށް ފުރިހަމަ ކުރެވިފައިނެތް މީހާގެ ގާބިލްކަންނެތީމައި ، ރުންކުރުވެ ބޯހަރުކަމުން ގޮތްދޫނުކުރާތީ އިސްތިއުފާ އިސްތިއުފާ...
ނަސީދު އިސްތިއުފާ ދެއްވުމަށް ބޭނުންފުޅުވަނީ ހަމައެކަނި
އަބްދުﷲ ޖާބިރެއްނޫނެވެ މުޅި ދިވެހިގައުމު ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ބޭނުން ވެފައެވެ އެމަނިކުފާނާ
އެކު ކުރިއަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ނުރައްކާތެރި
އަނދަވަޅުތަކެއް ތަރައްގީގެ މަގުގައި އޮތަތީއެވެ ނަދީދަކީ
އަބަދުވެސް ރައްޔިތުންގެ ކުރިއަށް އަމިއްލަ އެޖެންޑާ އިސްކޮށް އަމިއްލަ ބޭނުންތަކަށް ޖާގަހޯދުމައި އަވަދިނެތި
އުޅުއްވާ ބޭފުޅެކެވެ މިބާވަތުގެ މީހުންގެފަރާތުން ރައްޔިތުންނަށް އަބަދުވެސް ލިބޭނީ ނިކަމެތިކަމެވެ
ބޭޗާރާގެ ކޮމެންޓަކީ ސަތޭކައިގެ ކޮމެންޓެއް އެކަމަކު އެއްތަންކޮޅު ރަނގަޅު ކޮށްލަންޖެހޭ އެއީ އެކަލޭގެ ދާންވީ ގެއަކަށް ވެސް ނޫން މިޤައުމުންވެސް ގެއްލިގެން ދިއުން ރައްޔިތުން އެދެނީ. ހާދަ ބޮލަށް ފަސޭހަވިއޭ ބުރަކަށި ބިނދިގެން ގޮނޑި ދުއްވަން އިނގިރޭސި ވިލާތުގައި އުޅުނު އިރު.
މިފަހަރު އެބުނީ ރަނގަޅު ވާހަކަ އެކެވެ.
ހަގީގަތެއް... މުސްކުޅި ބޭފުޅުން ވެސް ތިއްބަވާ މަޖުލީހެއް...
ހިބަޅިދޫ މައްސަލަ ބަލަނީ ކޮންއިރަކުންތޯ؟؟
ޖާބެއަކީ ހެޔޮވިސްނޭ ރައްޔިތުންދެކެ ލޯބިވާ ހަމަޔާއި އިންސާފަށް ލޯބިކުރާ ލީޑަރެއް ..ޖާބެ އެދޭގޮތަށް ކަން ނިންމަންޖެހޭ