އައްޑޫ ސިޓީ އިން އެކި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން ކުލި ފަސްކޮށް ދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ހަ މަސް ދުވަހަށް ކުލި ފަސްކޮށްދިނުމަށް ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ކުލި ފަސްކޮށްދޭން އެދޭ ފަރާތްތަކަށް ހަ މަސް ދުވަހުގެ މުއްދަތަށް ކުލި ފަސްކޮށްދީ، ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގައި ކުރަން ހުރި ކަންކަން ކުރުން ފަސްކޮށްދިނުމަށް އެދި ހުށަހަޅާނީ އަންނަ މަހުގެ 30 ގެ ނިޔަލަށް ކަމަށެވެ.

މިކަމަށް އެދި ސިޓީއަކުން ހުށަހަޅާނީ ކުލީ ބިމުގެ އެއްބަސްވުމުގެ ކޮޕީއަކާ އެކު ކަމަށާއި އެ އެ އެއްޗެހި މެއިލްކުރަން ޖެހޭނީ [email protected] އަށް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި މުއްދަތުގައި ކުލީ ބިންތަކުގެ އެއްބަސްވުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމަށް ވެސް ކައުންސިލުން ނިންމާފައިވެއެވެ.