ރާއްޖެއިން ކޮވިޑް-19 ފެނުމަށް ފަހު ވިޔަފާރި ކުރާ ތަންތަން ހުޅުވާލަން ހުއްދަ ދިނުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރީ އުސޫލުގެ ތެރެއިން ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާލޭ ސިޓީގެ ފުރަބަންދުގެ ހާލަތުގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ މަސައްކަތްތައް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ހުއްދަ ދިނުމާއި ގުޅޭ ކޮވިޑް-19 އާއި ގުޅިގެން ގްރޭޓަރ މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދު ލުއިކުރުމުގެ ހާލަތުގައި، މާލޭ ސިޓީގައި ވިޔަފާރިކުރުމާއި އާމާދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުމަށް ނިންމާފައިވަނީ އެފަދަ ހުއްދަތައް ހޯދުމަށް އެދޭ ފަރާތްތަކުން އެ ކައުންސިލުން ހުށަހެޅުމުން، އެ ކައުންސިލުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވައި އެ މިނިސްޓްރީން އެ މަޢުލޫމާތު ވެރިފައި ކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމުން ހުއްދަ ދޫކުރުގޮތަށް ކަމަށެވެ.

އެގޮތުން އެ ހުއްދަ ދިނުމަތް ހޯދަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ 29 މެއި 2020 ވަނަ ދުވަހު ކަމަށް އެ ބަޔާނުގައި ފާހަގަކުރައްވާފާއިވެއެވެ.

އަދި ހުއްދަ ހޯދުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ މައުލޫމާތުތައް އެއްކުރެވޭނެ ގޮތަށް އެ ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ޚާއްޞަކޮށް ޕޯޓަލްއެއް ހެދި، އެޕޯޓަލްއަށް 2020 ޖޫން އެއްވަނަ ދުވަހުގެ ރޭ 10:00 އާއި ހަމައަށް ހުށަހަޅާފައިވާ 3480 އެޕްލިކޭޝަން ބެލުމަށްފަހު ތަރުތީބުކޮށް ވެރިފައި ކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

"ހުއްދަ ހޯދުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ މަޢުލޫމާތުތައް އެއްކުރެވޭނެ ގޮތަށް މި ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ޚާއްޞަކޮށް ޕޯޓަލްއެއް ހެދި، އެޕޯޓަލްއަށް 2020 ޖޫން އެއްވަނަ ދުވަހުގެ ރޭ 10:00 އާއި ހަމައަށް ހުށަހަޅާފައިވާ 3480 އެޕްލިކޭޝަން ބެލުމަށްފަހު ތަރުތީބުކޮށް ވެރިފައިކުރުމަށްޓަކައި މި ކައުންސިލުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ވަނީ ފޮނުވާފައެވެ. (މީގެ ތެރޭގައި 2000 ކުންފުނިޓާއި 9207 މުވައްޒަފުންގެ މަޢުލޫމާތު ހިމެނެއެވެ.)" ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވެރިފައި ކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުއްދަ ދޫކުރުމަށް ފޮނުވުމުން، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިތުރު މަޢުލޫމާތެއް ބޭނުންވާތީ، އެކަން ކުރުމަށް އެންމެ ފަސޭހަ ގޮތެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފެނުނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް 119އިން މެސެޖެއްކޮށް މޯލްޑިވްސް ޕޮލިސްގެ ޕޯޓަލްގެ ތެރެއިން އެމަޢުލޫމާތު ހޯދާ އަވަހަށް ހުއްދަ ދޫކުރުން ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ކައުންސިލުން ހޯދި މަޢުލޫމާތުގެ އެހީގައި ފުރަބަންދަށް ފަހު ހުޅުވޭއިރު މާލޭ ސިޓީގެ ވިޔަފާރިކުރާ ތަންތަނާއި މަސައްކަތްކުރާ މީހުންނާއި ކުރާގޮތް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް މަސައްކަތް ކުރަމުން ދޭތޯ ބަލާނެ ކަމަށެވެ.

އަދި ކައުންސިލްގެ މެންޑޭޓުގައި ހިމެނޭ މިފަދަ ކަންކަމަކީ އެ ކައުންސިލުން ބަލަމުން ގެންދަންޖެހޭ ކަންތައްތައް ކަމަށާއި މާލޭ ސިޓީ ކައުންސިލްގެ މަޤްޞަދަކީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ފަދަ ޤަވާއިދުތަކާ އެއްގޮތަށް ތަރުތީބުން ހިނގާ ސިޓީއަކަށް މާލޭ ސިޓީވުން ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާންމުން

    މަސްމާރުކޭޓް މިހުންނަނީ 1 ތަން، އެތަން ނުބެލެހެއްޓޭބަޔަކު މުޅިމާލެ ބާލާނަމޭ ބުނީމަ ވަރަށް ހިތްހަމަޖެހިއްޖެ

  2. އަލީ

    އާދެ... އެ އުސޫލަކީ ލާރިދިނީމަ ހުއްދަ ދޭ ގޮތަށް އޮންނަ އޮތުން.