ކޮވިޑް-19 އާއި ގުޅިގެން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން، މަނާކޮށްފައިވަނިކޮށް މައުލޫމާތު އޮޅުވާލައިގެން ހޯދާފައިވާ ހުއްދަ އަކަށް އއ. ތޮއްޑޫއަށް އެރި މީހަކު ހައްޔަރުކޮށްފިއެވެ.

މިހާރުވެސް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ، އެކަމަށް ފުލުހުންގެ ހުއްދަ ހޯދައި، ފުލުހުން އެ ހުއްދަ ދޫކުރުމުންނެވެ. ފުލުހުން އެ ހުއްދަ ދިނުމުން، ދަތުރު ކުރުމަށް އެ އޮންނަ އުޅަނދެއްގެ އިންތިޒާމްތައް ހަމަޖެހުމުން އެ ދަތުރު ކުރިއަށްދެވޭނެއެވެ.

މިރޭ ފުލުހުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ މައުލޫމާތު އޮޅުވާލައިގެން ހޯދާފައިވާ ހުއްދައަކަށް ދަތުރު ކުރި މައްސަލާގައި ކަމަށެވ.

އެހެން ނަމަވެސް އޭނާ ދަތުރު ކުރި ލޯންޗަކީ ނަގަން ޖެހޭ ހުއްދަ ނަގައިގެން ދަތުރު ކުރި ލޯންޗެއްކަން ފުލުހުން ވިދާޅުވިއެވެ.

އަދި މި މައްސަލާގައި ކެޕްޓަން ހައްޔަރު ނުކުރި ނަމަވެސް، ހުއްދަ ނެތް މީހަކު ގޮވައިގެން ދަތުރު ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ހުއްދައާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  އޭނާއާއި ބައްދަލުވި ފަރާތްތައް ކަރަންޓީން ކުރަންޖެހޭނެ ހުއްދަދެއްވި ފަރާތައް ވެސް ފިޔަވަޅު އެޅެންވާނެ

  1
  1
 2. ސައިބޯނި ބޮކި

  މީނަ ވަށަފަރުގައި ހުރި ކަމަށް ބުނެ އޮޅުވާލައިގެން ފުލުހުންގެ އިދާރާއިން ލިޔުމެއް ހޯދާ ތޮއްަޑޫއަށް ގެންދިޔުމަގައި ލޯންޗުކެޕްޓަންގެ ދައުރު ވަރަށް ބޮޑު. ސަބަބަކީ ލިޔުން ބެލީމަ އެބައެނގޭ ވަށަފަރުން ތޮއްޑޫއަށްދާ މީހެއްކަން.
  ނަމަވެސް މީނަ މާލެއިން ތޮއްޑޫއަށް ގެންދިޔަ ލޯންޗުގެ ކެޕްޓަންއާއި ތޮއްޑޫއިން ސުވާލުކުރުމުން އޭނާ ބުނެފައިވަނީ ވަށަފަރަށް ގޮސް އޭނަ ގޮވައިގެން ތޮއްޑޫއަށް ދިޔަކަމަށް. މިކަމުގައި އިހްމާލުވި ހުރިހާ ފަރާތްތަކާއި ދޭތރރޭ ފިޔަވަޅު އަޅައިދިނުން ވަރަށް ބޮޑައް އެދެން.

 3. ތޮއްޑޫ މީހާ

  ލޯންޗް ކެޕްޓަން އަކީ ޕާޓީ މީހާ. އެހެންވީމަ އޭނަ ހައްޔަރު ކުރެވޭކަށް ނެތް. ތަފާތަކީ މި އީ

 4. ރައްޔިތު މީހާ

  ދަތުރު ކުރި މީހާ ދަތުރުކުރީ ތޮއްޑޫ ކައުންސިލުން ނާއި ވަށަފަރު ކައުންސިލުން ހުއްދަ ދީގެން. މިހާރު ދެ ކައުންސިލުން ވެސް ބުނަނީ ހުއްދައެއް ނުދެމޯ. މީދެން ކިހާ ބޮޑު ޖޯކެއް. ދެރަށުގެ ޒިންމާދާރު ކައުންސިލަށް ވެސް ފިޔަވަޅު އެޅެން ޖެހޭނެ. ފިނޑިން ރައްޔިތުންގެ ކަންކަމުގައި ބަސް ބުނަން ނުތިބުން ރަނގަޅުވާނީ. ވެރިކަން ކޮށްބަލައެކަން ދަނެގެން. ނޫނީ ގޭގަ ރަޖާ އަޅާގެން އޮވޭ

  1
  2
 5. ދޮގުހަދާ

  އެހެންވިއްޔާ ދެ،ކައުންސިލް އިން ދީފައިވާ ލިޔުން ހުޝައަޅާ.
  ތީމަކަރުވެރި ރޭވުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއް.
  އޮޅުވާލި މީހާ މިހާރު އެވަނީ ހައްޔަރުވެފަ.
  ދެންތިބީ އޭނަޔަށް މަދަދު ދިން މޯހުން.

 6. ދޮގުބޭނޭ

  މިކަމުގައި ދަތުރުފަތުރު ކުރުމަށް ހުއްދަދޭ އެއްވެސް ޑޮކިއުމެންޓެއް ކައުންސިލްތަކަކުން ދުލެއް ނުކުރޭ. އޮންނަނީ ހަމައެކަނި ފުލުހުން ފޮނުވާ މެސެޖެއް. އެ މެސެޖް ކައުންސިލަރަކަށް ފޯވާޑް ކޮށްލީމަ ކައުންސިލްތަކުން ޖަހަނީ އޯކޭ ރިޕްލައި އެއް. އުޑެއްބުޑެއް ނުދަންނަ މަރުމޯލުން ތަންތަނަށް ވެރީންނަށް އައިމަ ކަންކަން އެހާ ފުރިހަމައަށް އިންތިޒާމުކުރެވިގެންދާ މަންޒަރު ފެނިގެން ތިޔަ ދަނީ.