ފުލުހުން މަގުމަތިން ސިފައިން ދަތުރުކުރާ ވެހިކަލްތައް ހުއްޓުވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަން ހާމަކުރައްވާފައި ވަނީ، މިރޭ ކުރިޔަށްދިޔަ ސަރުކާރުން މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް ހުށަހެޅުއްވި ސުވާލަކާއި ގުޅިގެން މިރޭ ބޭއްވި ބައްދަލުވުމުގައި، ކޮމިޓީގައި ރިޔާސަތު ބެލެހެއްޓެވި ފަލާހް ވަނީ މި މައްސަލަ މިނިސްޓަރ އާއި ޙިއްސާ ކުރައްވާފައެވެ.

ފަލާހް ވިދާޅުވީ، ފުލުހުން މަގުމަތިން ސިފައިން ދަތުރުކުރާ ވެހިކަލްތައް ހުއްޓުވާ މައްސަލައިގެ ކަންބޮޑުވުންތައް ގިނަ ބަޔަކު ޙިއްސާކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ފަލާހް ވަނީ މިނިސްޓަރ ނަހުލާ އާއި ސުވާލުކުރައްވާފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ ނަހުލާ ވިދާޅުވީ، ފުލުހުންނާއި ސިފައިންނަކީ ރައްޔިތުންގެ ޚިދުމަތުގައި ހަރަކާތްތެރިވާ ދެ މުވައްސަސާ އަށްވާ ހިނދު، އެފަދަ މައްސަލައެއް ދިމާވާނަމަ ދެ މުވައްސަސާ އިން ޙައްލު ހޯއްދަވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލައެއްގައި މިނިސްޓްރީގެ ދައުރެއް ނެތް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ނަމަވެސް ރަސްމީކޮށް އެފަދަ މައްސަލައެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅިއްޖެ ނަމަ، އެކަމާއި ގުޅިގެން އަމަލުކުރެވެން އޮތް ގޮތްތައް ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޕޮލިސް ފުރެންޑު

  ސިފައިންގެ މީހުން ދުއްވާ ވެހިކަލްވެސް އާންމުން ދުއްވާ ވެހިކަލްތައް ޗެކުކުރާ ގޮތަށް ފުލުހުން ޗެކުކުރާނެ އަދި ކުރަންވެސް ޖެހޭނެ. ނަމަވެސް އެމް.އެން.ޑީ.އެފްގެ ރަސްމީ ބޯޑު ޖަހާފައި ހުންނަ އުޅަނދުތަށް މަގުމަތިން ހުއްޓުވާ އެއުޅަނދުތަށް ފުލުހުން ޗެކެއް ނުކުރާނެ އަދި ކޮއްފާނެކަމަށް ގަބޫލެއްވެސް ނުކުރަން.

  16
  10
  • ޖޭ

   ފުލުންނަށް ހިވަނީ ތިމާމެން މީ މާމަތީން އައިސް ތިބި ބައެއްކަަމަށް ހީވަނި ސިފައިން ޔުނީފޯމުގަ ތިބޭ އިރުވެސް މަޑްކޮށްފަ ކާޑްއެބް ޗެކް ކޮށް އެބަ ސުވާލްކުރޭ ބުނަންތަ ވާހަކައެއް މިގައުމަށްދިމާވާ މިފަދަ ބޮޑެތި ކާރިސާތަކާ އެހެނިހެން ކަންތަށްތަކުގަ އެންމެ ކުރީސަފުގަ މަސައްކަތް ކުރާނީ ސިފައިން އަސްލުވާގޮތްކީ ޖެއްސުން ކުރުމުގެ ބޭނުމުގަ ސިފައިން ހުއްޓުވާ އެމަިހުން ކުރާ މަސައްކްތަށް ހުރަސް އަޅަނީ ޕޮލިހުންނަށް އެމީހުނާ ހަވާލްވެފައިވާ ގަނޫނީ ޒިންމާ ފުރިހަމަޔަށް އަދާނުކުރެވޭ ހާލު ގައުމީ ދިފާއުއަށް ޖެއްސުންކުރަންހުއްޓަަލަން ޖެހޭ ޖެވިޔަަސް ބޮޑުވަރުތީ

   12
   5
   • ޖައްލެ

    ގަމާރާ، ޔުނިފޯމް އެޅުނީމާ ފުލުހަކަސް، ސިފައިންނަކަސް، އިމިގްރޭޝަނަކަސް، އަދި އެހެއް މުއައްސަސާ އަކަސް ގާނޫނާއި ގަވައިދައް ހުރުމަތްތެރިކޮށް ހިތަން ޖެހޭ. އެމީހާ ދުއްވާ ވެހިކަލް އަކީ ލައިސަންސް އޮވެ ދުއްވާ ވެހިކަލް އެއްތޯ ބަލަންޖެހޭ. ޔުނިފޯމް އެޅައިގެން މަގުމައްޗައް ނުކުމެ ދުއްވާ އަމިއްލަ ވެހިކަލް އަކީވެސް ގަވައިދައް ފެތެންޖެހޭ އެއްޗެއް. ގާނޫނު ނަގަހައްޓާ ތަންފީޒު ކުރާބަޔަކު، އެކަމުން ބަރީއަވާންޖެހޭޔޭ ބުނާ ގާނޫނެއް ނެތް.

    5
    2
 2. ާއަފްލާ

  އަދި މާރިޔާދީދީވެސް ޗެކް ކުރާނެ އިންޝާ ﷲ

  15
 3. މަގޭ

  ޗެކްކުރަނީ ފުލުހުންގެ އަދި ސިފައިންގެ ރަސްމީ ބޯރޑްޖެހި ވެހިކަލް އެއްނޫން. ސިފައިން ފުލުހުން ދުއްވާ އަމިއްލަ ވެހިކަލްވެސް ޗެކްކުރޭ، ތަފާތަކީ ޔުނިފޯމް އެޅި ސިފައިންނާ ފުލުހުން ދުއްވާ އަމިއްލަ ވެހިކަލް ޗެކްކުރުން މައްސަލައެއްނޫން، ސިފައިން، ފުލުހުން ދުއްވާ އަމިއްލަ ވެހިކަލް ގާނޫނަށް ނުފެތި ލައިސަންސް ނެތި ދުއްވަންޏާ އެވީ ކޯއްޗަކަށް. ޔުނިފޯމްއެއް އެޅުމަކީ ގާނޫނުން، ގަވައިދުން ނެއްޓެން ޖެހޭ ކަމެއް ނޫން

  2
  1
 4. ޣަބޭ

  ދައުލަތުގެ އިންތަކާއި މިންތައް ހުރަސްކޮށް ޤާނޫނުއަސާސީގެ ހުރުމަތް ކެނޑުމުގެ ބާރު އެއްވެސްފަރާތަކަށް ލިބިގެންނުވޭ.

 5. ދޮންމަނިކު

  މިކަހަލަ ވާހަކަ ދައްކަނީ ސަލާމަތީ ބާރުތަކުގަ މެދުގަ ފިތުނަ އުފެއްދުމުގެ ބޭނުމުގަ. ސިފައިންނާ ފުލުހުންނަކީ 2 މަސްޢޫލިއްޔަތެއް ހަވާލު ކުރެވިފައިވާ 2 މިނިސްޓްރީއެއްގެ ދަށުން ހިންގާ 2 ބައި. އެބަޔަކު ކުރަންޖެހޭ ކަމަކާ އިސްތިސްނާ ވާކަމަކާ އެއީ ޤާނޫނުތަކުން ހަވާލުކުރެވިފަ އޮންނަ ކަންކަން. ހަނގުރާމައެއް ކުރަންޖެހިޖެ ނަމަ ދާނީ ސިފައިން. ޓްރެފިކް ބަލާނީ ފުލުހުން. މީހުން ހައްޔަރު ކޮށް ތަހްގީގު ކުރާނީ ފުލުހުން. ވަރުގަދަ ހަތިޔާރުތައް ހުންނާނީ ސިފައިން އަތުގަ. ސިފައިން ކުރަމުންގެންދާ ހަނގުރާމައެއް ތެރެއަށް ފުލުހަކަށްވެސް ނުވަދެވޭނެ. އެއީ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ގަދަވެގަތުމެއް ނޫން. އެހެންވިއްޔާ ސިފައިންނާ ފުލުހުން ބޭރަށް ދަތުރުކުރާ އިރު އިމިގްރޭޝަން މީހުންނަށް ޕާސްޕޯރޓް ދައްކާ އެމީހުންގެ ހުއްދަ ލިބިގެން ނޫނީ ނުފުރޭ ގޮތަށް އޮތުމަކީ އިމިގްރޭޝަން އޮފިސަރުންނަށްވުރެ ސިފައިންނާ ފުލުހުން ދަށްވީއެއނުން

 6. ޕޮލިސް ފްރެންޑް އަށް

  ށިފައިން ދުއްވާ ވެހިކަލް ތައް ހުއްޓުވަނީ ޖެއްްސުން ކޮށް އުނ ދަގޫކުރަން. ޕޮލިހުން ޖޭވަނީ ސިފައިން ކޮވިޑާ ގުޅިގެން ސަރުކާރުން ހިންގާ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާތީ. ހުރިހާ ޕޮލިހުންނަށް ހަޖަމަށް ބޭސްސިނުމަށް ސަރުކާރަށް ގޮވާލަން.

 7. މެރިންކޯ

  އަސްލުވާ ގޮތަކީ ސިފައިންނެއް ބޭނުމެއް ނުވޭ ފުލުހުންނެއް ތިބޭކަށް.ސިފައިންގެ ދަށުގައި އޮވެފައި ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަންފެށީމަ،އެކަން ގަބޫލު ނުކުރެވިގެން އުޅެނީ.ސިފައިންނަށް ވާނަމަ އަދިވެސް ފުލުހުން ތިބޭނި އެމީހުންގެ ދަށުގައި.

 8. ދެރިޔާ

  ސިފައިން ކޮވިޑާ ގުޅިގެން ތަންތަން ހަދާފައި ހަބަރުތަކުގައި ޖަހާއިރު،އަޑުއެހިން ފުލުހުން އެތަކެއް ދުވަހެއް ކުރިން ވިލިވަރުގައި ހެދި ފެސިލިޓީ އެެއް ހެދި ވާހަކަ.އެކަމަކު ހަބަރަކުން ނުދެކެން.