މައްސަލައެއްގެ އިންސާފުވެރި ތަހުޤީޤެއް ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވުމުން، އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރގެ މަޤާމުގައި ހުންނެވި އިމްރާން އަބްދުﷲ އާއި އަދާލަތު ޕާޓީއަށް، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ފުރައްސާރަ ކުރައްވައި ފާޑުކިޔަމުންދާ ދިއުމުގައި ނުސީދާ ގޮތަކަށް ފޮނަދޫ ދާއިރާގެ މެމްބަރު، މޫސާ ސިރާޖު ވެސް ބައިވެރިވެ ވަޑައިގެންފިއެވެ.

މަޖިލީހުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން ހިންގި މާރާމާރީއެއްގެ މައްސަލަ ތަހުޤީޤުކޮށް، އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް އިމްރާން ވިދާޅުވުމުން އެންމެ ފުރަތަމަ އެމަނިކުފާނަށް ފާޑުކިޔާފައި ވަނީ އެމްޑިޕީގެ ޗެއާޕާސަން، ހަސަން ލަތީފެވެ. އެއަށްފަހު ދެ ޕާޓީގެ ކޯޅުން ބޮޑުވެ، މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އަދާލަތު ޕާޓީގެ ނިކަމެތިކަން ދޭހަކޮށްދީ، އެއީ އެއްވެސް ދާއިރާއަކުން ރައްޔިތުންގެ ކުޑަ ތާއީދެއްވެސް ލިބިފައި ނުވާ އަދި މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބުވެފައި ނުވާ ޕާޓީއެއް ކަމަށް ބުނެ ހަސަން ލަތީފު ކުރެއްވި ޓްވީޓު މީގެ ކުރިން ރީޓްވީޓުވެސް ކުރައްވާފައިވާ މެމްބަރު ސިރާޖު މިރޭ ވިދާޅުވެފައި ވަނީ، "އެކަކުންޏެއް ހަރު ކޮންނަން ވާނީ އެކަކުންޏެއްގެ ވަރުން" ކަމަށެވެ.

ސިރާޖު މިގޮތަށް ވިދާޅުވެފައި ވީނަމަވެސް ވަކި ބޭފުޅެއް ނުވަތަ ޕާޓީއެއްގެ ނަމެއް ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް އަދާލަތު ޕާޓީ އާއި އެމްޑީޕީގެ ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި މިއީ ސިރާޖު ސީދާ އަދާލަތަށް ކުރެއްވި ފުރައްސާރައެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ވެރިކަމަށް އައުމަށް އެކުގައި މަސައްކަތް ކުރުމަށްފަހު ކޯލިޝަން ސަރުކާރެއް އުފެދުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެމްޑީޕީގެ ބައެއް ބޭފުޅުން މީގެ ކުރިންވެސް އަދާލަތު ޕާޓީގެ ބައެއް ބޭފުޅުންނަށް ފާޑުކިޔުން އަމާޒުކޮށްފައި ވެއެވެ.

އެގޮތުގެ މަތީން ހަސަން ލަތީފު އިއްޔެ ކުރެއްވި ޓްވީޓުގެ ދިފާއުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވާހެން ޕާޓީގެ ބައެއް އިސް ބޭފުޅުން ދަނީ އަދާލަތު ޕާޓީއަށް ފާޑުވިދާޅުވަމުންނެވެ.

ހަސަން ލަތީފު އިމްރާނަށް ފާޑުވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ހިނގި ހަމަނުޖެހުން ތަހުޤީޤު ކުރައްވާނެ ކަމަށް ވިދާޅުވުމުންނެވެ. އެ ހަމަނުޖެހުން ހިނގި ދުވަހު ނަގާފައިވާ ބައެއް ވީޑިއޯތައް މިހާރު ދައުރުވަމުން ދާއިރު، ވީޑިއޯތަކުން ފެންނަނީ ސުޕަ މެޖޯރިޓީ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޤަވާއިދާ ޚިލާފުވެ ބޮޑު ހަމަނުޖެހުމެއްގައި މަސްއޫލުވެ އުޅުއްވި މަންޒަރެވެ.

މަޖިލީހުގެ އިދާރާގައި ހަމަނުޖެހުން ހިނގީ ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި، ރިޔާސަތުން ނައިފަރު ދާއިރާގެ މެންބަރުގެ ނަން އިއްވައި މަޖިލީހުން ނުކުތުމަށް އެންގެވުމުން، އެމްޑީޕީގެ ބައެއް މެމްބަރުން، ޝިޔާމް ތަޅުމުން ބޭރުކުރަން ގޮސް އޭނާގެ ގަޔަށްއަތްލައި އުޅުމުގެ ތެރޭގައެވެ.

މެމްބަރަކު މަޖިލީހުން ނެރެން ޖެހޭ ހާލަތެއްގައި އެކަންކަން ކުރުމަށް ޙަވާލުވެ ހުންނަވަނީ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް އެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ސަމި

    މައްސަލަ ދިމާވެގެން މި އުޅެނީ ތިޔަ ބުނާ " ބިޔަ ބޮޑު ޖަޔަންޓް" ޕާޓީ އަށް އެއްވެސް ހަރެއް ނުކޮނެވޭތީތާ . ހަރު ކޮންނަން ދިނީމަ އިސްތިއުފާ ދީފަ ދިޔައީ ދެން ގޮސް ފިލީ އެމްބަސީގަ . އެއީތަ ތިޔަ "ބިޔަ" ލަ ދު ކުޑަ ކަކުނީގެ ފެންވަރަކީ. މާ އަވަހށް ތިޔަ ފެންވަރު އޮޅެނީ.

    70
    2
    • އަސްޤަރު ސިއްދީޤް

      ސިރާޖު އެބުނީ ވަރަށް ރަނގަޅު ވާހަކައެއް! ފެންވަރުނެތް ބަޔަކު ހުސްއަނގަތެޅުމުގެ ބޭނުމެތްނެތް! އަދާލަތޯ! ޗީޑި އެއީ ހައްޕުނޑެއްނު! އަހަރުމެން ޕާޓީން އެމީހުނާދޭތެރޭގަ ހަމްދަރުދީވެގެން މަގާމުތައް ދިނީމަވެސް އިހުލާސްތެރިކަމެއްނެތް! ސަރުކާރުގަ ތިބެގެން ސަރުކާރު ބަދުނާމުކުރުން ނޫންކަމެއް ނުކުރޭ! އަޅުގަނޑު ރ.ސޯލިހަށް ގޮވާލަން މިކަމާރަނގަޅަށް ވިސްނަވާފަ އަވަސް ނިންމުމެއް ނިންމެވުމަށް! ނޫނީ ވަގުތު ފާއިތުވެ ލަގަން އަތުންދޫވެދާނެ! މަނިކުފާނަށް މިކަން ކުރުމުގެ ހިތްވަރު ނެތްނަމަ ރ.ނަޝީދުއާ ވެރިކަން ހަވާލުކުރޭ! އެއީ ރައްޔަތުންގެ ރައީސް! އެހެން ޕާޓީތަކުގެ މީހުން މިސަރުކާރަށް ގައްދާރު ވުމުގެ ފިރުސަތުނުދީ އެމީހުން ރަސްމީ އިއްޒަތުގަ ބޭރުކުރޭ! މީ އަހަރުމެން އެމްޑީޕީ މެޖޯރިޓީ މީހުންގެ އާދޭސް! މި އާދޭހުގަ ކޮޅުފައިން ޖެހުމުގެހައްގެއް ރ.ސޯލިހަކަށް ނޯންނާނެ!

      4
      59
    • އެމްޑީޕީ ބުރޯ

      އެމް.ޑީ.ޕީ އަކާ ނުކުޅެވޭނެ! މިފަހަރު ފުލެޓްތަށް ވެސް ލިބޭނީ އިންސާފުން! ޔާގުންޑާ ގެ ލިސްޓަކަށް ފޮލެޓެއް ނުދޭނަން! އެ ލިސްޓްގަ ތިބި ރާޖެތެރޭ އެންމެން ލިސްޓުން ކަނޑާފަ މާލޭމީހުނަށް ފްލެޓްތައް ދޭނީ! މިފަހަރު ރާއްޖެތެޜޭމީހުން ސައިޒްކޮށްލާނަން!??

      1 1

      3
      51
      • ނިޝާން

        އމޑޕ އަކީ ގޮތެއް ފޮތެއް ނެއް ލަދުކުޑަ ބަޔަކު އުޅޭޕާޓީއެއް. ޔާގުންޑާ ކިޔުމުގެ ބަދަލުގަ އަސްލު ގުންޑާއަށް ގުންޑާ ކިޔާބަލަ. ނަޝީދު އަށްވު ރެ ބޮޑު ގުންޑާއެއް މި ރާއްޖޭގަ ނޫޅޭނެ. މަށެއް ނުދެކެން އެހާނުބައި ޖައްބާ ރު މީހެއް. ޓު ރަމްޕު ވެސް އެ ލިސްޓުން އެކަލޭގެ އަށް ވު ރެ ދަށުގަ އުޅޭނީ

    • ބޭބެ

      ތިޔަ އެމްޑީޕީއަކީ މިރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ތާޢީދުކުރާ ޕާޓީއެއްނޫންކަން ވަރަށް ސާފު! އެކަން އެގެނީ 2018 ރިޔާސީ އިންތިޚާބުގައި ޔާމީނު އެކަނި ގިނި ކަންޏާ ނިކުގެން ހޯދި އެއްލައްކައަށްވުރެ ގިނަ ވޯޓުން!! އަދި ހަމަ މައުމޫނާ އަދާލަތާ ގާސިމާ ބައިވެރި ނުވި ނަމަ ހަމަ ދަނީ ފުލުހުން!! މިހާރުވެސް އިންތިޚާބެއް ބާއްވަބަލަ! މުޅިން ދާނީ ފެއިލްވެގެން!! 2018 ވަނަ! އަހަރު ޔާމީނު ކަންނޭގެ ހޮވުނީވެސް!! މިހެން ބުނަންޖެހެނީ އިލެކްޝަން ކޮމިޝަނުން ވޯޓު އޮޅުވާލީކަމަށް އިދިކޮޅު ފަރާތްތަކާއި ގިނަ ރައްޔިތުން ގަބޫލުކުރާތީ!! އެކަން އެގޮތަށް ގަބޫލުކުރެވެނީ އިލެކްޝަން ކޮމިޝަނުން ޢަމަލުކޮށްފައިވާގޮތުންނާއި ތަޙްގީގު ހިނގަމުންދަނިކޮށް ވޯޓު ކަރުދާސްތައް އަންދާލައިގެން ނައްތާލާ ހެކި ނައްތަން މަސައްކަތްކޮށްފައިވާތީކަމަށްވެސް އިދިކޮޅުންނާއި ގިނަ ބަޔަކު ގަބޫލުކުރޭ!! ކަލޭމެން ގަދަބަސް ނުބުނެ ތިބޭ މަޑުން!! ކަލޭމެންގެ ސަރުކާރު ނިމެން މާގިނަ ދުވަހެއް އޮތްހެނެއް ހީނުވޭ ކަންތައްތައް ކަލޭމެން ތިކުރާގޮތުން!

  2. ދުންތަރި

    ސިރާޖަށް ތިޔަ ހުރެވެނީ ފެންވަރާ ހައިސިއްޔަތު އޮޅިފަ މީހާޔާ އެކަށީގެންނުވާކަމެއް ލިބުނީމާ ފެންވަރު އޮޅިފަ ތިހުންނަނީ އެކަކުންޏަކު ހަރުކޮންނަންވާނީ އެކަކުންޏަކާ ބޭނުންވާވަރަށް އަތިރިމަތީ ތަން އޮތޭ ކިރާފަ މުޅި ތަންކޮންނާކަށްނުޖެހޭ ޤާނޫނީ އިމުން ބޭރުވީމާ ޤާނޫނު ހިންގަންޖެހޭނެ ހީވާކަހަލަ ތިމާމީ ޤާނޫނަށްވުރެ މަތީގަ ހުންނަމީހެއްކަމަށްތަ؟

    50
  3. ޑައެލޯގް

    ދެންކިހިނެއް އެމްޑީޕީއާއި ކިނބޫމެނަށް ރައްޔިތުންނަށް އިންސާފުހޯދާދެވޭނީ. މިވެރިން މިބޭރުކުރާ ބޮޑާބަސްތަކުން މިވެރިންނަކަށް ނޭގޭ ބާރުތައްދެއްވާ ﷲ ވޮޑިގެންވާކަމެއްވެސް، ނިކަންހުރެ ތިޔަބައިމީހުނަށް އެގޭނެތެވެ. ޔާﷲ މިވެރިންގެ ބޮޑާކަމުން ދިވެހިއުންމަތް ސަލާމަތް ކޮށްދެއްވާފާނދޭވެ.

    48
  4. މާލެ ބޭބެ

    ސިރާޖް އަދާލަތަކީ ނުވަތަ އިމުރާނަކީ ތިހާ ކުޑަ ހޮރަކާއި ކަކުންޏެއް ނޫން... އެއީ ހިބަރާއި ކިބުލާއި ވެލާފަދަ ނޭވާދިގު ގިނަ ޚެއިޚުން ތިބި ސިޔާސީ ޕާޓީއެއް.2008 ގައި އަދި 2018 ގައިވެސް ތި އެމް ޑީޕީ އަށް ރަސްކަން ހޯދުމުގައި އެމީހުން ކަމެއްނުކުރޭތޯ... ކެޔޮގަޑު ކަނޑާލީމާ ގަހުގެ ކޮންބޭނުމެއްދޯ....ތިވަރަށް ބޮނޑާނުވޭ، ވެއްޓި އިދެޖެހިދާނެ.....

    45
  5. އެމްޑީޕީ ބުރޯ

    ސިރާޖު އެބުނީ ވަރަށް ރަނގަޅު ވާހަކައެއް! ފެންވަރުނެތް ބަޔަކު ހުސްއަނގަތެޅުމުގެ ބޭނުމެތްނެތް! އަދާލަތޯ! ޗީޑި އެއީ ހައްޕުނޑެއްނު! އަހަރުމެން ޕާޓީން އެމީހުނާދޭތެރޭގަ ހަމްދަރުދީވެގެން މަގާމުތައް ދިނީމަވެސް އިހުލާސްތެރިކަމެއްނެތް! ސަރުކާރުގަ ތިބެގެން ސަރުކާރު ބަދުނާމުކުރުން ނޫންކަމެއް ނުކުރޭ! އަޅުގަނޑު ރ.ސޯލިހަށް ގޮވާލަން މިކަމާރަނގަޅަށް ވިސްނަވާފަ އަވަސް ނިންމުމެއް ނިންމެވުމަށް! ނޫނީ ވަގުތު ފާއިތުވެ ލަގަން އަތުންދޫވެދާނެ! މަނިކުފާނަށް މިކަން ކުރުމުގެ ހިތްވަރު ނެތްނަމަ ރ.ނަޝީދުއާ ވެރިކަން ހަވާލުކުރޭ! އެއީ ރައްޔަތުންގެ ރައީސް! އެހެން ޕާޓީތަކުގެ މީހުން މިސަރުކާރަށް ގައްދާރު ވުމުގެ ފިރުސަތުނުދީ އެމީހުން ރަސްމީ އިއްޒަތުގަ ބޭރުކުރޭ! މީ އަހަރުމެން އެމްޑީޕީ މެޖޯރިޓީ މީހުންގެ އާދޭސް! މި އާދޭހުގަ ކޮޅުފައިން ޖެހުމުގެހައްގެއް ރ.ސޯލިހަކަށް ނޯންނާނެ!

    2
    40
    • ނިޝާން

      މީ މިމީހުންގެ ފެންވަ ރު އިންސާފު ހޯދައިދޭން މިމީހުންނައް ކޮންކަމެއް ދެން ކޮއްދެވޭނީ.

  6. ކާކުބާ

    މި މިހާރު ކާކު ހޮރުން ނިކުމެ މިއުޅެނީ!

    38
  7. ޝުކުރު

    ސިރާޖު މޮޅޭ. ސިރާޖަށް ވިސްނޭ.. ސިރާޖު މެން ތިއުޅުއްވަނީ މާ ބޮޑުހަރެއް ކޮނެވިގެން ކޯލިޝަން ގުޑުގުޑު އަޅާތީ... ކޯލިޝަނުން ކޮނުނު ހަރުގަ ކަލޭމެން އެކަނި ތިބެންވީމާ ހަރު ހަމަ ބޮޑުތަނުން ބޮޑުވެ އޮޑި އިސާހިތަކު ދިޔަވެ 7 ފެބުރުވަރީ 2012ވީހެން މަގުމަތިވެދާނެ.

    3
    1
  8. ފެކްޓް

    މަޖިލިސްތެރޭގަ ހިގީ މާރާމާރީކަން އެންމެނަށްވެސް އެނގޭ! އެގެންވެ އެ މައްސަލަ ކަމާބެހޭ ފަރާތުން ބެލުމަކީ މައްސަލައަކަށް ވާން ޖެހޭތަ؟ އެމްޑީޕީ ވީމަ ގިނަ ރައްޔިތުންގެ ތާއިދު އޮތޭކިޔާނަ ޝަރީޢަތް ހިންގިގެން ނުވޭތަ؟ މައްސަލަ ބެލިގެން ނހވޭތސަ؟ ތި ފެންނަނީ ކަލޭމެންގެ ޢަސުލު އިނސާފު ހުރި މިންވަރު. ހަޔާތްކެނޑިފަ ތިބި ބަޔެއް! އެހެންވެއްޖެއްޔާ އެމްޑީޕީން ހިންގަން ތިއުޅެނީ ޖަންގަލީގެ ޤާނޫނުކަން ވަރަށް ސާފު! ރައްޔިރުން ކަހިރުވަހޭ ކިޔައގެން ނިކަމެތި އާންމުންގެ ސިކުޑިތަކަށް ސަވާރުވުންކަމެއް ނުކުރެވޭ!

  9. Juhaa

    ތިޔަ ސިރާޖަކީ ބޮލުރޮދި ކެނޑިފައި ހުރި ތަނެއްދޮރެއް ނުދަންނަ ގަމާރެއް. ކައުންސިލަރުންގެ މުއްދަތު ދިގު ދަންމާލަން މިކަލޭގެ ވާހަކަދައްކަމުން ބުނީ، 2013 ގައި އިންތިޚާބުވި ކައުންސިލަރުންގެ ވާހަކަ. ތަކުރާރުކޮށް އެހެން ކިޔަން ހެދީމާ، 2017 އޭ އަންނި ބުނީމާވެސް، އެވަގުތު އެކަން ރަނގަޅުކޮށްފައި، އޭގެފަހުން އަނެއްކާވެސް ކިޔަން ފެށީ 2013 އޭ. މިވަރުގެ ބުރާންޗެއް މިއީ. އެކަމަކު މާމޮޅު ޤާނޫނީ ވަކީލެކޯ.

  10. Anonymous

    ކަލެތީ ކައްޒާބެއް. މީހުން އަތުން ލާރި ނަގައިގެން މުޅިންވެސް މަކަރާއި ހީލަތް ހަދަނީ މައްސަލަތައް ބަލައިދޭނަމޭ ކިޔައިގެން.

  11. އަހްމަދު

    ﷲގެ އިރާދަފުޅުން ކަލޭމެން އެންމެ ފަޞީހައްވެ ކަލޭމެންގެ އެޖެންޑާ ހާމަވަމުން މިދަނީ! ކަލޭމެންވެސް ނިމިގެން ދާނެ! ގަދަބާރުން އެއްވެސް ބަޔަކަށް އަބަދަކު ނޫޅެވޭނެ! އަދި އެއީ ކިތަންމެ ބިޔަބޮޑު ޕާޓީއަކަށް އަދި ކިތަންމެ ބިޔަބޮޑު ޤައުމަކުން ކަލޭމެންނަށް އެހިވިޔަސް ވެސްމެއެވެ!

  12. ހުސޭނުބޭ

    އެސޮރު މިފަހަރު ރޮޔެއްނުގަނޭތަ؟

  13. ތަތްކުރޮޅި

    ބުނަން ވާހަކަޔެއް މަމީ ކަކުންޏެއްނޫން މަދިރިއަކަށްވެފަ މުޅިގައުމުގައި އެމްޑީޕީ އާދެކޮޅު މީހަކަށް އަހަރެން އެކަނި ހުރިކަމުގައިވިސް ތިރީދޫ ގުންޑޭން ނަށް ދުވަހަކުވެސް ބައިވެރިޔެއްނުވާނަން އިންނާނެ މީހަކު ދުވަހަކުނުވިޔަސް ތި ސިރާޖަކާއި މަވާސަލާން ވައިވެސް ނޭޅޭނެ ތީމިގައުމަށް ޖެހިފައޮތް ބަލާ މުސީބާތެއް

  14. މީދުއްޕަރު

    އޭ ދޮންކަލޯ އެމްޑީޕީއަށް ފޫޅު ކަނޑައިފިއްޔާ އެ ފޫޅު ކެނޑި އަތުގައި އަތް ދޮވުމުގެ ކުރިން ދަތްއަޅާނެ ކަން އެއީ އެއްވެސްމީހަކަށް އޮޅިފައިވާ ކަމެއްނޫނޭ!

  15. ާބޭކާރު

    ތިޔަ ބޭފުޅާ އަށް މަޖިލީހުގެ މެމްބަރަކަށް ވެވުނީ އަދާލަތުގެ ސަޕޯޓަރުންގެ ވޯޓް ވެސް ލިބިގެން.ވިސްނަބަލަ ތިމާއާށް އެކަނިނެތް ކުޅަދާނަކަމެއްގާ ބޮޑު ހޮރެއް ކޮނެގެން ވަނުމަށް ކިތައްކަކުނީގެއެހީތެރިކަލިބުނުކަން ހަނދާން ނެތުނީތަ

  16. Anonymous

    ސައިޒް އޮޅިގެން އުޅޭ މާލޭ މީހުން މިއުޅެނީ. ރާއްޖެތެރެ އޭ ކިޔާއިރު ކަލޭމެން އުޅެނީ ރާއްޖެއިން ބޭރުގަ ދޯ. ބޯ ގަޅި ވެފަ ހެހެހެ. މޑޕ އެއް ނުހޮވޭނެ ދެން ބަލާތި.

  17. ސަންތިމަރިޔަބު

    "އެކަކުންޏެއް ހަރު ކޮންނަން ވާނީ އެކަކުންޏެއްގެ ވަރުން" ތެދުފުޅެއް މިހާރުވެރިކަމުގާއި އޮތް ކަކުނި ހަރުކޮންނަން ބޭނުން ވަނީ ކުރީގެ ކަކުނި ހަރުކޮނުނުވަރަށް ނަމަވެސް އެގޮތައްދިމާކުރުމުން މިވާގޮތަކީ ވަކިހިސާބަކަށް ހަރުކޮންނައިރަށް ހަރުގެ ގުންޑޮޅިވެއްޓި ކަކުނި ފޮރުވެނީ ދެން ރައްޔިތުން ހަޅޭއްފަޅޭ ޖަހާއި ގަތުން މިވިދާޅުވަނީ އެއީ “އޮޅުމަކުން”ވީކަމެކޭ
    މިހާރު މިއުޅޭ ބަލިމަޑު ކަމުގާއިވެސް ވެގެން މިއުޅޭގޮތަކީ ވެރިކަމުގާއި އޮތް ކަކުނި ބޭނުންވީ ރައްތިތުންނަށް ކަކުނީގެ ވަރުދައްކާލަން ޓެސްޓްކުރާމެޝިން ތަކަށް އޮބިނޯންނަވަރަށް ޖަޢްސާ މެޝިންގޮއްވާލީ ދެންވެސް ވެރިކަމުގާއި އޮތް ކަކުނިބޭނުމެއްނުވި ރައްތިތުންނަށް ވީގޮތް ހާމަކުރާކަށް މައުލޫމާތު ހާމަކުރަން ކޮންމެރެޔަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައްވެސް މެދުކަޑާލީ ދެން ބޮޑު ބިޔަ ކަކުންޏެއް އަރާ މާނޭވާއެއް ލާފާއި ބުނާނެ މާފުކުރަށްވާށޭ
    ބޮނެލަން އޮތީ ބޮލާފޮށާ އެޅުމުގެ ކުރިން ހަރަށްވަދެ ފިލާ ރަށްކާވާށޭ
    ހަމަހިނިއަންނަނީ

  18. ނަސްރީނާމުއީނު

    މީ ވަރަށްބޮޑުވެގަނެގެން ދޮށިވެގަނެގެންއުޅޭ ކަކުންޏެއް.

  19. ސަޓޯ

    އަންނިއަކީ ކުޑަކުޑަ ކަކުންޏެކެވެ. އެއްދުވަހަކުން އަންނި ކަކުނި ބޮޑު ހޮރެއް ކޮންނަން ހަދައިގެން ވެލިގަނޑު އެސޮރު ބޮލައްވެއްޓުނެވެ. ދެން އެސޮރަށް ނޭވާނުލެވިގެން ހާސްވެގެން އިސްތިއުފާދިނެވެ.

  20. ރަމަނާއި

    ބުރަދާ ތިހުރީ ވަރަށް ބޮޑަށް ސައިޒު އޮޅިފަ ތިވަރުން ދަންޏާ ބޮކިއަރާ އުސޫލުން އިރުކޮޅަކު އަރާފަ އިރުކޮޅަކުން އަމިއްލަޔަޢް ފެޅިދާނެ....ބޭފުޅާ ހީކުރީ މޕ. އަކަށްވީމަ ސައިޒުބޮޑުވިކަމަށް ތީ ވަރަށްބޮޑު އޮޅުމެއް..