ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝިނާނަށް 1.2 މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހްމަދަށް ވެސް ގިނަ އަދަދެއްގެ ފައިސާ ލިބުނު ކަމަށް ފައިސާ ދަބަސް އުފުލި މީހާ ބުނެފިއެވެ.

މިހާރު މީސް މީޑިއާގައި ލީކުވެފައިވާ ޝިޔާމް އިބްރާހިމް ކިޔާ މީހެއްގެ ބަޔާނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދުވަހެއްގައި ފާރިސް މައުމޫން އޭނާ އަށް ގުޅާ ޕެރަޑައިސް އައިލެންޑް ރިސޯޓަށް ދިއުމަށް ބުނި ކަމަށެވެ.

އެރިސޯޓަށް ދިއުމުން ފައިސާ އަޅާފައި ހުރި ބޮޑު ކަޅު ދަބަހެއް ދިން ކަމަށް ޝިޔާމް ބުންޏެވެ. އެދަބަހުގައި ފައިސާގެ އަދަދު ގުނަން ޖެހޭތޯ ފާރިސް އަށް ގުޅާފައި އެހުމުން ފައިސާ ގުނާނެ ކަމެއް ނެތް ކަމަށް ފާރިސް ވިދާޅުވި ކަމަށް ބަޔާނުގައި ވެއެވެ.

މާލެ އައިސް ފާރިސް އަށް ގުޅުމުން ފައިސާ ދަބަސް އިލްހާމް އާއި ހަވާލު ކުރަން ފާރިސް ވިދާޅުވި ކަމަށާއި އެދަބަސް އިލްހާމް އާއި ހަވާލު ކުރުމަށް ފަހު ވެސް އެކަން ފާރިސް އަށް އެންގި ކަމަށް އޭނާގެ ބަޔާނުގައި ވެއެވެ.

އެދުވަހު ހަވީރު ފާރިސް ގުޅާފައި އަނެއްކާވެސް ޕެރަޑައިސް އަށް ދިއުމަށް ވިދާޅުވި ކަމަށާއި އެފަހަރު ދިއުމުން ހަވާލު ކުރި ފައިސާ ގުނި ކަމަށް ޝިޔާމްގެ ބަޔާނުގައި ވެއެވެ. އޭގައި ހުރީ 1.2 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ (18 މިލިއަނަށް ވުރެ ރުފިޔާ) ކަމަށް އޭނާ ބުންޏެވެ.

ފައިސާ ދަބަސް ހިފައިގެން މާލެ އައިސް ފާރިސް އަށް ގުޅުމުން އެދަބަސް މެންބަރު ޝިނާން އާއި ހަވާލު ކުރުމަށް ވިދާޅުވި ކަމަށާއި އެހެންކަމުން އެފައިސާ ޝިނާން އާއި ހަވާލު ކުރި ކަމަށް ޝިޔާމް ބުންޏެވެ.

"ޝިނާނު އާއި ބައްދަލުކޮށް ފާރިސް މައުމޫން ދިން އެއްޗެއް ކަމަށް ބުނެ އެފައިސާ ހަވާލުކުރީމެވެ. އެވަގުތު އަޅުގަނޑު ޝިނާން ގާތުގައި ކީއްކުރާ ފައިސާއެއްތޯ ސުވާލު ކުރުމުން މިއުޅެނީ ރައީސް ޔާމީންގެ ވެރިކަން މަޖިލިސް ތެރެއިން ވައްޓާލަން ކަމުގައި އަޅުގަނޑު ގާތުގައި ޝިނާން ބުންޏެވެ. އެވަގުތު އަޅުގަނޑު އެކަމާއި ހިތްހަމަ ނުޖެހޭ ކަމުގައި ޝިނާންގެ ގާތުގައި ބުނީމެވެ. އެއަށްފަހު އަޅުގަނޑު ފާރިސް މައުމޫން ކައިރިއަށް ގޮސް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ފައިސާ ދީގެން ރައްޔިތުން އިންތިޚާބު ކޮށްފައިވާ ސަރުކާރެއް ވައްޓާލުމާއި އަޅުގަނޑު ދެކޮޅުކަމުގައި ބުނުމުން ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ޖެހޭކަމަށާއި އެނޫން ޗޮއިސްއެއް ނެތްކަމަށް ފާރިސް މައުމޫން އަޅުގަނޑު ގާތުގައި ބުންޏެވެ." ޝިޔާމްގެ ބަޔާނުގައި ވެއެވެ.

ޝިޔާމްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުން ގެނައި ފައިސާ އަކީ ޖާބިރުގެ ރިސޯޓެއް ވިއްކާލާފައި ލިބުނު ފައިސާ ގާސިމް އާއި ހަވާލު ކުރުމުން ޕެރަޑައިސް ރިސޯޓަށް ގެންގޮސްފައި ވަނިކޮށް ގެނައި ފައިސާ ކަމަށް އޭނާ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަން އެނގުނީ ކުނޫޒް ތެރޭގައި މަޖިލިސް މެންބަރުންތަކެއް އެވާހަކަ ދައްކަމުން ދަނިކޮށް އަޑުއިވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

ޝިޔާމްގެ ބަޔާނުގައި ބުނީ ވެރިކަން ބަދަލު ކުރުމަށް މެންބަރުންނަށް ފައިސާ ދީގެން ކަންތައްތައް ޕްލޭން ކުރުމުގައި ލަފަ އާއި އިރުޝާދު އެކި ބައްދަލުވުންތަކުގައި ރައީސް މައުމޫން ވެސް ދެއްވެވިއެވެ. އެބައްދަލުވުންތައް ބޭއްވީ އެންދެރިމާގެ އާއި ކުނޫޒްގައި ކަމަށް އޭނާ ބުންޏެވެ.

ޝިޔާމް ބުނީ ވެރިކަން ބަދަލު ކުރަން މަޖިލިސް މެންބަރުންނަށް ބައެއް ފައިސާ ދިނީ ބޮޑު ސިއްކަ (ރައީސް ނަޝީދުގެ ބޮޑުބޭބެ އަހްމަދު އިސްމާއިލް މަނިކު) ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޒިޔައްޓޭ އާއި ބޮޑު ސިއްކަގެ ފައިސާގެ ކަންތައްތައް ބަލަހައްޓާ އިންޑިއާ މީހަކު އެންދެރިމާގެ އަށް ފައިސާ ދަބަސްތަކެއް ވެއްދިއިރު އެތާންގައި ހުރި ކަމަށް ވެސް އޭނާގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިބަޔާނުގައި ބުނާ ޝިޔާމް އަކީ 2007 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާ އާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ. ބައެއް ފަހަރު އޭނާ ވަނީ ރައީސް މައުމޫންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ އަކީ ރައީސް މައުމޫންގެ މުވައްޒަފެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސުލައިމާން

    ކޮބައި ކިހިނަކުންހީވޭ! މިހުރީ ފަޅާއަރަފަ! މާތްﷲގެ ކުޅަދުންވަންތަކަމާއެވެ!!!!!

  2. ފިރުޓޭ

    ކޮބާ 1983 ވަނަ އަހަރުވެސް މި ޒާތުގެ ގަނޑެއްގަނެގެން ރީކޯ އިބްރާހިނިކު، އާ ޝައިޚް އަހްމަދް އާދަމާ، ޝައިހް ރަމީޒު އާ އަދވެސް މި ނޫން ކިތަންމެ ބަޔަކަށް ޝަރީއަތް ހިންގާ ހުކުމް އިއްވި! ހަމަ މިހާރުވެސް، މި ހިނގަނީ މ ޒާތުގެ ކަމެއްނު!

  3. އަލީ

    ﷲގެ އިރާދަފުޅާއިއެކު ހުރިހާ ނުބައި ރޭވުމެއްވެސް ފެއިލްވެފައި.

  4. އަވަސް.

    ސަބަހޭ އިލްހާމު ތިއީ ދޯ ރިއަލިޓީއަކީ ! ހަމަ ޓޫމަޗް!

  5. ހާދަ ކަޑައޭ

    ޝަރިއަތަކަށް މީހަކުގެ މައްޗަ ޖަލު ހުކުމަކަށް ފުދޭބާ. ތިމީހާ ލާރި ދީގެންވެސް ތިފަދަ ބަޔާނެއް ދިނުމަކީ ވެސް އެކަށީގެން ވާ ކަމެއް. ފޮރެންސިކް ހެކި ކޮބާ. ކުންފުންޏަކުން ތިހާގިނަ ފައިސާ ބޭރު ކުރުމަށް ބޭންކް މެދުވެރިވާނެ. ކޮން އކައުންޓަކުން ކޮން ބޭންކަކުން ކަން އެގެންޖެހޭ. ކަމާ ގުޅުން ހުރި މީހުންގެ ސޮއިތަކާ ނުލާ ތިހާގިނަ ފައިސާ ގެ މުއާމަލާތެއް ހިންގާނީ މޮޔަ ބަައެެއް ދޯ. ޢެއްވެސް އެވިޑެންސެއް ނެތް އިރު ތިމީހާ އެފައިސާ އަމިއްލައަށް ނެގުމުގެ ފުރުސަތު ލާރި ދެވަނަ ފަރާތަކާ ހަވާލުކުރުމަށް ވުރެ ބޮޑު. ޢހެންނަމަވެސް ރާއްޖޭގައި ޝަރިއަށް ހިނގަނީ ޢާދަޔާ ޚިލާފު ކޮށް ވީމާ ކުށްވެރި ކުރުމަކީ އިނއސާފު ކުރުން ކަމަށް ހީވާގޮތަށް ޝަރީއަތް ނިމުމުގެ ފުރުސަތު ބޮޑުވާނެ

  6. އައްތާނު

    ދެން ކޮބާ ރައީސް ޔާމީންގެ ގެކޮޅަށްވަތް ފައިސާ!

  7. ރަފީ

    ކޮބާހީވޭ ކަމެއްހެން ނާދިރާމެން ހާދަ ލާރިޔެކޭ ތިހަދަނީ

  8. ބޮލި މުލައް

    އެހެންވީމާ 03 ނޮވެމްބަރ 1988ގައި ބޮޑު ސިއްކަޔާ މައުމޫނާ ގުޅުމެއްވެއެއްނު؟

    • ކފޖފހ

      ކަނެކްޓް ކޮށްލުމަށް ތިވިސްނަނީ އެންމެ ލަފްޒަކަށް. މިހާރު އިންޓެރެސްޓް ތަފާތު، އޭރުގެ އިންޓެރެސްޓް ތަފާތު.

  9. މުޚުތާރު

    ސުބުހާނައްﷲ. ދެން ކީކޭބުނާނީ. މިވަރަކުން މިކަމެއްނުނިމޭނެ. ޕެރަޑައިސްގަ ތިފައިސާ ގެންގުޅުނުމީހަކާ ބެހެށްޓިތަނެއްވެސް ހޯދަންޖެހޭނެ.

  10. ލައިސާޓު

    ބޮޑުޖޯކަކަށް ވަނީ ސުވާލަކީ ތިހުރިހާފައިސާ އެއް ތިބުނާ މީހަކަށް ހަވާލް ކުރިއިރު ތިމީހަކަށް ދީނީ ކިހާވަރެއްތޯއާ މައުމޫންގެ މުއަށްޒަފަކަށް ނުވާމީހަކަށް ތިހާވަރުގެ އިތުބާރެއް ކުރެވުނީ ކީއްވެތޯ އާއި އަދި އެދެމީހުނަށް ފައިސާ ދިންކަމަށް އޭނަ އެބުނާ ބުނުން ގަބޫލްކޮށް ތަޙުގީގެއް ހިނަގާނަމަ އެނަ އަށް އެފައިސާ ބެހީމަ އެއްވެސް އެއްޗެ ނުދެއޭ ބުނީމަ ހަމަގަބޫލް ކޮއްލައިގެން ތިބުން މިއި ހިތުގައުފެދޭ ސުވާލެއް

  11. ހާނި

    ތި ޝިޔާމް އަށް އެއްވެސް އެއްޗެއް ހަމަ ނުލިބޭތަ.. ތިހާ މަސައްކަތްކޮށްދިނީމަ. .... ސުވާލު އެުފެދޭ

  12. އަދުލު

    މިވަރުންވެސް ގަބޫލު ނުރާމީހަކު ނުކުރާނެ... ކީރިތި ރަސޫލާގެ ހަޔާތުގަވެސް މިފަދަމީހުންތިބި ކަމުގެވާހަކަ ސިޔަރަތުގަވޭ.. މުއުޖިޒާތެއްގެ ގޮތުގަ ހަނދު ދެފަޅިވުމުންވެސް ގަބޫލުކޮށް ބަހަނާދެއްކި... މޫސާގެފާނުގެ ޒަމާނުގަވެސް އަސާކޮޅު ހަރުފަޔަކަށް ބަދަލުވުމުންވެސް ގަބޫލެއްނުކުރިމީހުންތިބި.. އެހެންވީމަ މިހާރު މިކަންވެސް ގަބޫލުނުކުރާބަޔަކު ތިބުމަކީ ހަެިރާންވާވީކަމެއްނޫން... ލޯކުރިމަތިންފެންކަންތަވެސް ނުފެނި ކަފަތުން އިވޭއަޑުވެސް މީވޭމީހުން ތިބުމަކީ ދެރަވާންޖެހޭކަމެ.. ދެންވެސް އަދާލަތުގައުޅޭ ނަމުގެކުރިޔަށް ޝޭހުލާއިގެންއުޅޭ އަލީޒާހިރު މިހިގާދިޔަކަންތަވެސް ހަލާލުތޯ... މިފައިސާނެގިމީހުންނަ މިފައިސާ ހަލާލުތޯ... ދީނީ އިލްމުވެރިންގެ ބައެއްމީހުންވެސްއުޅޭ މިކަންތައްތަ ނުހިގާކަމަށްދައްކާ މިއީ ހުއްދަ ކަންކަންކަމަށްހަދަން... ﷲމޮޅަށް ދެެނެވޮޑިގެންވޭ... ތިމާމެންނަކީ މާމޮޅު އިލްމުވެރިންކަމަށް ދައްކަންއުޅުނަސް ހިތްނިޔަތް ﷲދެނެވޮޑިގެންވޭ...

  13. އިއޮބޮ

    ކޮބާ ތިޔަ ސޮރުގެ ބައި ؟
    ހިލޭސާބަހަށް މަސައްކަތް ކުރާ ސޮރެއްބާ ؟

  14. މާރިޔަ

    ހަމަ ޔަގީނުންވެސް އިލްހާމްގެ 02 ހޮޓާ ބެންކޮކުގައި ހުރޭ

  15. ދެން

    ބޮޑު ޖޯކު ކުޑަކުދިން ވެސް ގަބޫލް ނުކުރާ ކަހަލަ ވާހަކަ ޔާމީން ވެރިކަން ވައްޓާލަން ދެކޮލު މީހަކު ނޫނީ ތިވަރު ކަމަކަށް ނުލިބުނު

  16. ޒާ

    ތިއީ ބަޣާވާތެވެ. އިސްލާމީ ޝަރީޢަތުގައި ޤައުމުގެ ވެރިމީހާއާއި ދެކޮޅަށް ބަޣާވާތް ކުރުމުގެ ހުކުމަކީ މަރެވެ.