ޔުނިސެފުން ނައިފަރަށް ހަދިޔާކުރި ފޮތިކޮތަޅުތަކެއް އެއް އަހަރު ވަންދެއް ނުބަހާ ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ނައިފަރުގެ ޒުވާނެއް ކަމަށްވާ ހުސައިން އަރުބާން ފައްވާޒް ބުނީ، މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ކުރިއާލައި ޔުނިސެފުން ކޮތަޅުތަކެއް ހޯދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އޭނާ ކަމަށެވެ. އަދި ޔުނިސެފުން އެތަކެތި ލިބޭ ވަރުވުމުން، ކޮތަޅުތައް ކައުންސިލާއި ހަވާލު ކޮށްދިނުމަށް އެދިފައިވާނޭ ކަމަށާއި، އަދި ޔުނިސެފުން ކޮތަޅުތައް ލިބޭނެ ވާހަކަ ކައުންސިލަށްވެސް އަންގާފައިވާނެ ކަމަށް އަރުބާން ބުންޏެވެ.

"ދެން ކޮތަޅުތައް ލިބޭގޮތް ވީމަ އަޅުގަނޑު ހިތަށް އެރި، އެންމެ ރަނގަޅު ގޮތެއް ނޫނޭ އަމިއްލައަށް ކޮތަޅުތައް ހޯދުން އެއީ. ދެން އަޅުގަނޑު ޔުނިސެފްގަ އެދުނީ އެތަކެތި ކައުންސިލާ ހަވާލުކޮށްދިނުމަށް. އެދިފަ ކައުންސިލަށް އެންގިން މިހާރު އެކޮޅުން ލިބޭނެއޭ ކޮތަޅުތައް. އެހިސާބުން ކައުންސިލުން ގެނައީ ކޮތަޅުތައް" އަރުބާން ފާހަގަ ކުރިއެވެ.

އަދި އޭގެ ފަހުން އެއް އަހަރު ފާއިތުވެގެން ގޮސްފައިވާ ކަމަށާއި، ނަމަވެސް ކައުންސިލުން އެތަކެތި ބަހާފައި ނުވުމުން އޭނާ އިސްނަގައިގެން ކުރި މަސައްކަތުން އެތަކެތި ބެހޭ ވަރުވީ އިއްޔެ ކަމަށް އަރުބާން ބުންޏެވެ.

"އަޅުގަނޑު ހަގީގަތުގައި ވަރަށް ބުރަ މަސައްކަތެއް ކޮށްގެން ޔުނިސެފަށް އެޕްރޯޗް ކޮށްގެން ކޮތަޅުތައް ލިބޭވަރުވީ. އެކަމަކުވެސް ކައުންސިލުން އެޕްރިޝިއޭޓެއް ނުކުރި ކުރި މަސައްކަތަކަށް" އަރުބާން ބުންޏެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވީ، އަރުބާން މިދިޔަ އަހަރުގެ ތެރޭގައި އެންވާރުމެންޓް މިނިސްޓްރީ އިން ކޮތަޅުތައް ލިބޭނެ ކަމަށް އެންގި ކަމަށާއި، އެހާ ހިސާބުން ކައުންސިލުން ލިޔުން ފޮނުވައި ގުޅަން ޖެހޭ ފަރާތްތަކަށް ގުޅައިގެން ކޮތަޅުތައް ގެނެސްފައިވާނެ ކަމަށެވެ.

އަދި އެދިފައިވާނީ ކޮންމެ ގޭބިސީއަކަށް އަދި ފިހާރަތަކަށް ދެވޭ ވަރަށްކޮތަޅު ދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮތަޅުތައް ނުބެހި ދިގުލައިގެން ދިޔައީ އެދިފައިވާ މިންވަރަށް ކޮތަޅު ހަމަނުވުމުންނާއި، ހަމަ އެދުވަސްކޮޅުގެ ތެރޭގައި ނައިފަރު ކައުންސިލް އިދާރާގެ ފުރާޅު އެއްލާލުމުން ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް ކާރިމް ފާހަގަ ކުރެއްވިއެވެ.

ކާރިމް ވަނީ އެ ކޮތަޅުތައް ހޯދުމަށް އެންވަޔަރަމަންޓު މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީ "ވަގުތު" އާއި ހިއްސާކޮށްފައެވެ. އެ ސިޓީގައި ވަނީ ކޮންމެ ގޭބިސީއަކަށް ދެކޮތަޅު އަދި ކޮންމެ ފިހާރައަކަށް 150 ކޮތަޅު ހަދިޔާ ކުރުމަށް އެދިފައެވެ.

އަރުބާން ބުނެފައިވާ ގޮތުގައި ޔުނިސެފުން ދީފައިވަނީ 700 އާއި 1000 ދެމެދުގެ އަދަދަކަށް ކޮތަޅެވެ. މުޅި އެރަށުގައި 1160 ގޭބިސީއެއް ހުރެއެވެ. އެެހެން ކަމުން ރަށުގެ 80 އިންސައްތަ އާބާދީ އަށް މިހާރު ވަނީ ކޮތަޅު ހަދިޔާ ކުރެވިފައި ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހަރެން..

    ތި ކޮތަޅު ތައް ތި ބެހީ ހަމަ އެ ކަނި ނައިފަރުގެ ވަ ކި ހިސާބެއްގަ އުޅޭ ބަޔަ ކަށް.. ކައުންސިލް ގާ އުޅޭ މުއްޒަފުންގެ އާއިލާ ތަ ކަށާއި... އެމީހުންގެ ކައިރި ގޭތަ ކުގަ އުޅޭ މީހުންނަށް...

  2. ހުސޭނުބޭ

    މި ސަރުކާރުން ކާންވެއްޖިއްޔާ ވަކި އެއްޗެއް ނޯވޭ! ރޯދައަށް ލިބުނު ކަދުރުކޮޅު ދިރުވާލިހެން އެ ދިރުވާލީ ފޮތި ކޮތަޅުތަކެއް! ކީކޭ އަޅެ ބުނާނީ!

  3. Anonymous

    ނުލިބޭ މިގެ އަކަށް

  4. މިޝްޔާ

    އަޅޭ.. އައިގެ ބޭބީއަށް އެހެން ހަދާކަށް ނުވާނެއެއްނު
    މިޝްޔޫ ލަވް.
    ޔޫ އާ ޑުއިންގް ގްރޭޓް. ޑާލިންގް.
    ކީޕް ގޮއިންގް....
    ހޯޕް ޓު ސީޔޫ ސޫން

  5. މިޝްޔާ

    ތި ކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން.

  6. Anonymous

    ކައުންސިލް ގައި އުޅޭ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެންމެން ނަކަށް ނުލިބޭ!