ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ހެޔޮ އަގުގައި ފޭސް މާސްކު ޕްރީ އޯޑަރު ނަގަން ފަށައިފިއެވެ.

"ލިބޭ" އިން ވިއްކަން ފަށާފައި ވަނީ ކުއެލިޓީ އަދި ފެންވަރު ރަނގަޅު ޑިސްޕޮސިބްލް މާސްކުގެ 50 މާސްކު ހިމެނޭ ޕެކެޓާއި، ކުޑަކުދިންގެ ޑިސްޕޮސިބްލް މާސްކުގެ އިތުރުން ބޮޑެތި މީހުންގެ ފޮތި މާސްކެވެ.

މީގެ ތެރެއިން ބޮޑެތި މީހުންގެ ޑިސްޕޮސިބްލް މާސްކަކީ، އާދައިގެ މާސްކުތަކާއި ޚިލާފަށް ތިން ލޭޔަރު ހުންނަ ރައްކާތެރި މާސްކެކެވެ. މި މާސްކުގެ 50 މާސްކު ހިމެނޭ ޕެކެޓެއް "ލިބޭ" އިން ވިއްކަނީ 350 ރުފިޔާއަށެވެ.

އަދި ކުޑަކުދިންގެ ޑިސްޕޮސިބްލް ފޭސް މާސްކް ވަކިން ވިއްކާ އަގަކީ ދިހަ ރުފިޔާއެވެ. ޑިޒައިންތަކަށް ތައްޔާރުކޮށްފައިވާ މި މާސްކަކީ އުމުރުން ތިން އަހަރުން މަތީގެ ކުދިންނަށް ޚާއްސަ މާސްކެކެވެ.

މީގެ އިތުރުން "ލިބޭ" އިން ވިއްކާ ބޮޑެތި މީހުންގެ ފޮތި މާސްކެއްގެ އަގަކީ 20 ރުފިޔާއެވެ. މިއީ މޫނުގެ ހަންގަނޑަށް އުނދަގޫ ނުވާގޮތަށް، މޫނަށް "ފިޓް"ވާ ގޮތަށް ތައްޔާރުކޮށްފައިވާ މާސްކެކެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތަކަށް ޕްރީ އޯޑަރު ކުރުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7999681، 9660996 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މީގެ އިތުރުން ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް މަޢުލޫމާތު ސާފުކޮށް އޯޑަރު ކުރެވޭނެ އެވެ.

"ލިބޭ" އިން އަންނަނީ މާސްކުގެ އިތުރުން ސެނެޓައިޒާ ވެސް ހެޔޮ އަގުގައި ވިއްކަމުންނެވެ. އޭގެތެރޭގައި އީރާ ބްރޭންޑުގެ މީރުވަސްދުވާ ސެނެޓައިޒާ އާއި ޑެލީ ބްރޭންޑުގެ ސެނެޓައިޒާ އާއި ފޮއިބަސްބަޔޯ ބްރޭންޑުގެ ސެނެޓައިޒާ ހިމެނެއެވެ.


"ލިބޭ" އިން ވިއްކާ ބައެއް އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. އީރާ ބްރޭންޑުގެ މީރުވަސް ދުވާ ސެނެޓައިޒާ (25 އެމްއެލް - 40ރ. | 500 އެމްއެލް - 250ރ..)


2. ޑެލީ ބްރޭންޑް ސެނެޓައިޒާ (480 އެމްއެލް - 150ރ. | 240 އެމްއެލް - 100ރ. | 30 އެމްއެލް - 50ރ.)


3. ފޮއިބަސްބަޔޯ ބްރޭންޑުގެ ސެނެޓައިޒާ ލިކުއިޑް (500 އެމްއެލް - 160ރ.)


4. ބަނޑު ހިންދައި ބައްޓަން ރީތިކޮށްދޭ، ލޭންސްލޭ ސްލިމިންގް ކޮފީ (150 ރުފިޔާ)


5. ބަރުދަން ލުއިކޮށްދޭ، ލޭންސްލޭ ކޮކޯ ޕްލަސް (ހޮޓް ޗޮކްލެޓް) (150 ރުފިޔާ)