ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިން އުޅުއްވަނީ އަނބުރައިގަންނަ އާލާސްކަންފުޅެއްގައި ކަމަށް ރައީސް މައުމޫންގެ އާއިލާ އިން ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނަށް ފައިސާ ދީގެން ވެރިކަން ވައްޓާލަން އުޅުމުން ހައްޔަރުކޮށްފައިވާ ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސް ކަމަށް ރައީސް މައުމޫންގެ އާއިލާ އިން ވިދާޅުވެފައި ވެއެވެ. އެ މަނިކުފާނު އަރިހުގައި އަބަދުވެސް މީހަކު ބަހައްޓަން ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް އާއިލާ އިން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫނަށް ދިމާވެފައިވާ އާލާސްކަންފުޅުގެ މައުލޫމާތު ހާމަކޮށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، މިދިޔަ މާޗް މަހު، ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޑިސެމްބަރު މަހުން ފެށިގެން ރައީސް މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހިފައިވާ ކަމަށެވެ. އެއީ ބޯ އެނބުރުމުގެ ސަބަބުން ކުއްލިއަކަށް ވެއްޓެން މެދުވެރިވެދާނެ ބައްޔެކެވެ.

ރައީސް މައުމޫންގެ އާއިލާ އިންނާއި ޤާނޫނީ ވަކީލުން ވަނީ އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމަވާފައި ވަނީ ރައީސް މައުމޫން ގޭބަންދަށް ބަދަލު ކުރެވެން ނެތް ކަމަށެވެ.

ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ވަރަށް ގޯސްކަމަށް އާއިލާ އިން ވިދާޅުވި ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތެއް ނުދެއެވެ. ބަންދުގައި ތިބޭ މީހުންގެ ސިއްހީ ހާލަތާއި ގުޅޭ މައުލޫމާތު އާންމުގޮތެއްގައި އެއްވެސް އިދާރާ އަކުން ހާމައެއް ނުކުރެއެވެ.

ނަމަވެސް މިހާރު ވެސް ކޮންމެ ދުވަހަކު ޑޮކްޓަރުން ރައީސް މައުމޫންގެ ސިއްހީ ހާލަތު ބައްލަވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސުލައިމާން

    ތިޔައީ ، އިމަށް ފަޅާއެރި ބަޣާވާތުގެ އަސަރު! ނުބައި ނުލަފާ މީހެއް!

  2. Anonymous

    ނަސްރީނާވެސް މައުމޫނު ކަމަކު ގުޅުއްވާފިނަމަ އަވަހައްގޮސް ވީ އަވަހަކައް އެކަން ކޮއްލަދީފަ އަވަހައް އާދެޔޯ

  3. Anonymous

    ވެރިކަން ވައްޓާލަން އުޅުނިއިރު ހީވީ އެހެން ކަމެއްހެން އެންދެރިމާގެއިން ކުނޫޒައް ކުނޫޒުން އެންދެރިމާގެއައް ދެއިރު ދެދަޅައައް ދުވުނުއިރު ބައްޔެއްވެސްނޫން. ވެެރިކަން ނުވެއްޓުނީމަ ބޯއަނބުރާ ބަލިޖެހުނީ

  4. ކފފހފ

    މިހިރަ ހިތްވަރެއްނެތް ބެއެއްތާދޯ! ބަލިހާލުބޮޑުއިރުވެސް ވެރިކަން ހޯދުމައިގެން އުޅެވުނުގޮތަށް ޖަލުގަވެސް ތިހާލުގަ ހުރެބަލަ. މުސްކުޅިންނަށް އިމިއުނިޓީ ލިބޭނީ ކުއްވެރިއަކަށް ތުހުމަތުނުކުރެވެހާ ހިނދަކު.

  5. މާރިޔާ

    އެކަމަކު ކުރެވޭނެ މާބޮޑުކަމެއްނެއް ޝަރިއައްނިމެންދެން އިގޭތޯ

  6. ސުނީތާ

    އުޅުއްވިފައި ހުރި ގޮތުން ދޯ

  7. ކެޔޮޅު

    ޑިސެންބަރުން ފެށިގެންނޭ..... އޭރުވެސް އާލާސްކަންފުޅާއި، ބަޣާވަތްކުރިއިރުވެސް އާލާސްކަންފުޅާ، މިހާރުވެސް އާލާސްކަންފުޅާ .... ދެން ކޮބާތަ މައްސަލައަކީ... އޭނަވެސް ބަލިވާނެ އަދި މަރުވެސް ވާނެ..

  8. ދޫރެސްޢަލީ

    ވެރިކަމާ ޖާހުގެ އެދުމުގައި އެއްބަފާކޮއްކޮ ކާޅަށްދިން މީހަކު މީނަނޫނީ ފަހުގެ ތާރީޚަކުން ނުފެންނާނެ!

  9. ހުސޭނުބޭ

    ވެރިކަން ނުލިބުނުން އަންނަ އާލާސްކަންފުޅުތޯ!