ހުޅުމާލެ އަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ އިންޖީނުތަކުގެ ތެރެއިން ދެ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ދެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ އިންޖީނުތައް މަރާމާތުކޮށް ނިމެންދެން، ލޯޑުމަތިވާ ވަގުތު ރޭގަނޑު 7:00 އިން 11:00 އާއި ދެމެދު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.