ދައުލަތުގެ މުވައްޒަފުންނަށް ވަކި ގޮތެއް އަންގަނދެން އިތުރު ގަޑީގެ ފައިސާ ދިނުމަށް ކުރިން ނިންމި ނިންމުން ބާތިލުކޮށްފިއެވެ.
މިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު އާ ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ، މިދިޔަ މޭއި މަހުގެ 16 ވަނަ ދުވަހު ނެރުނު ސާކިއުލާގައި މުވައްޒަފުންގެ އިތުރު ގަޑިއާ ގުޅޭގޮތުން ހަވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުން ބާތިލުކޮށްފައިވާ ކަމަށެވެ. އެ މާއްދާގައި ބަޔާންކުރާ ގޮތުން، ވަޒީފާ އާއި ބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން، ހަފްތާއަކު 48 ގަޑިއިރު މަސައްކަތް ހަމަވުމުން އިތުރު ގަޑީގެ ފައިސާ މުވައްޒަފުންނަށް ދޭން ޖެހެއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ވިދާޅުވީ، މިގޮތަށް ނިންމާފައި ވަނީ އޮފީސްތަކުން އިތުރު ގަޑީގެ ފައިސާއަށް ކުރާ ޚަރަދު އަހަރެއް އަހަރަކަށް ބޮޑުވަމުން އަންނާތީ އާއި ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ މާލިއްޔަތަށް ކުޑަކުރަން މަޖުބޫރުވެފައިވާތީ ކަމަށެވެ.
ކުރިން ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި އިތުރު ގަޑީގެ ފައިސާ ލިބޭނީ ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށް ބުނެފައި ވީނަމަވެސް. އަލަށް ނެރުނު ސާކިއުލާގައިވާ ގޮތުން އިތުރުގަޑީގެ ފައިސާ ދޭނީ، ކުރިން ދެމުންދިޔަ ގޮތަށް ރަސްމީ ގަޑީގެ ބޭރުން މަސައްކަތް ކުރުމުންނެވެ.
މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން އިތުރު ގަޑީގެ ފައިސާ މުވައްޒަފުންނަށް ނުދިނުމަށް ނިންމާފައި ވީނަމަވެސް، އެ ފައިސާ ދިނުމުގައި އަމަލުކުރާނެ އިންސާފުވެރި އަދި ހަމަހަމަ އުސޫލެއް ކަނޑައެޅުމަށް މިނިސްޓްރީ އާއި ކަމާއި ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ވިދާޅުވެފައި ވެއެވެ.
މި ނިންމުމާއެކު މޭއި މަހުގެ 20 ވަނަ ދުވަހު ނެރުނު ސާކިއުލާއަށްވެސް އަމަލު ކުރަން ނުޖެހޭނެ ކަމަށް ފަހުން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައި ވެއެވެ. ކުރިން ނެރުނު ސާކިއުލާގައި ބުނެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއި ގުޅޭގޮތުން އިއުލާނު ކޮށްފައިވާ ސާކިއުލާގެ ހަ ވަނަ ނުކުތާ އާއި އެއްގޮތަށް، އިތުރު ގަޑީގެ ފައިސާ ދޭން ފަށާނީ ރަމަޟާން މަސް ނިމުމުން ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީން މިއަހަރު ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ މަދުވެދާނެ ކަމަށް ސަރުކާރުން ލަފާކޮށްފައި ވެއެވެ.
ހަނދާންވަނީ ރާކަނިމަސް
އާންމުންގެ މީހަކު ކިތައްމެ މަސައކަތެއް ނުކުރިއަށް ހައްގުވާ އުޖޫރަނުދޭތި 32 ބިލިއަނުގެ ބަޖެޓާއި އެމްއެމްއޭގެ ރިޒާވާއި ގައުމުތަކުން ކޮވިޑާގުޅިގެންދިން ފައިސާތަށް ކިނބޫކާލައިފިއެވެ.
އޯގާތެރި ސަރުކާރު. ދުޢާ ދެންނެވިފަދަ ޞާލިޙް ވެރިއެއް
އެއިރު ނޫސްތަކުގެ ސުރުހީގައި ފުށުން އެކި ގޮތްގޮތަށް ލިޔެފައި ހުރިކަން. އެކަމަކު ތަފްސިލުގައި ޝެއިޚް ބުނި ބަސްކޮޅުގައިނެތް ދުޢާ ދެންނެވިފަދަ ސާލިހުވެރިއެކޭ. ބުނަން މިއުޅެނީ ދިރިއުޅުމުގައި ކިތަންމެ ނުރުހޭ މީހަކާ ދިމާވިޔަސް އެމީހަކު ބުނީ ކޯއްޗެއްތޯ ބެލުމަށްފަހު އެވާހަކަ ދައްކަން ވަނީ. އެމީހަކު ބުނިގޮތަށް.
ރުހޭ މީހަކު ވިއްޔާ އެމީހާ ބުނާ އެއްޗެއް އޮފުދާރުކޮށް މާނަކޮށްދީގެން ނަލަ ކުރެވޭތޯ އުޅުމަކީވެސް ބައެއް މީހުން އުޅޭ ގޮތެއް.
މި ގޮތާ އް މިކަން ވެ އްޖެނަމަ mdp ދެން އަންނަ ދަ އުރުގަ ވެރިކަމަށް ނާންނާނެ. އަދި ކާ އުސިލް އިންތިހާބު ކާމިޔާބު ނުވާ ގޮތް ތިހެދީ
ވަރަށް ބަރާބަރު! ދޭނެކަމެއްނެތް! ސަރުކާރުގެ އޮފީސްތަކުގައި ގިނައިން އުޅެނީ ރާއްޖެތެރޭ ގަމާރު މީހުން އެމީހުންގެ ވިސްނުންހުންނަ ގޮތަކީ ގޭކުލި ހަމަކުރުމަށް އިތުރުގަޑި ހަމަކުރުން! ރަސްމީގަޑީގައި މަސަތްކަތެއް ނުކޮށް ތިބެނީ އިތުރުގަޑިއަށް ތެޔޮލައިގެން! އަދިކޮބާ ކަސްޓަމްސް ' އިމިގުރޭޝަން ޓްރާންސްޕޯޓް ފަދަ އޮފީސް ތަކުގަ ހިދުމަތް ހޯދަން ދާ މީހުން އެތާތިބެ ނިދޭއިރުވެސް ކައުންޓަރުގަ ތިބޭ މުވައްޒަފުން ތިބެނީ ފޭސްބުކު ނުވަތަ ޔޫޓިއުބައް ވަދެ!
ގޭކުލި ނުދެއްކީމަ ބަނޑައް ޖެހޭނި ކަލޭމެން. ކަލޭމެން މޭޒުމަތީ ކާއެއްޗެހި ހުންނަވަރު ކޮށްދޭން އެބަޖެހޭތާ. އަތުންފައިން ކަމެއްކުރަން ނޭނގޭ ވިއްޔަ ކުލީއްގެ ތައްޕާހުގަ އުޅެ އުޅެ. މުކޮސްވެސް އަތުން ނެހެދޭ.ކުޑަ އަލިފާން ފޮއްޓަކަށް އަމިއްލަ ގެ ކިޔަނީ. އަހަރެމެން ގޮސްވަންނަން ގެޔެކޭ ކިޔާވަރު އަމިއްލަ ގެޔެއްަހުރޭ ރަށުގަ ކުޑަމިނުން.
ބަޔަކު ގޯސްކަމެއް ކުރުމަކީ ތެދުވެރިންގެ ހައްގުތައް ނިގުޅަންޖެހޭ ސަބަބެއްނޫން. ނާޖާއިޒު ފައިދާ ނަގާ މީހުންނަށް ގަވާއިދުވެސް އޮވޭ. އެއަށް އަމަލުކުރީމަ ތިކަން ހައްލުވާނެ
ވަރަށް ބަރާބަރު! ދޭނެކަމެއްނެތް! ސަރުކާރުގެ އޮފީސްތަކުގައި ގިނައިން އުޅެނީ ރާއްޖެތެރޭ ގަމާރު މީހުން އެމީހުންގެ ވިސްނުންހުންނަ ގޮތަކީ ގޭކުލި ހަމަކުރުމަށް އިތުރުގަޑި ހަމަކުރުން! ރަސްމީގަޑީގައި މަސަތްކަތެއް ނުކޮށް ތިބެނީ އިތުރުގަޑިއަށް ތެޔޮލައިގެން! އަދިކޮބާ ކަސްޓަމްސް ' އިމިގުރޭޝަން ޓްރާންސްޕޯޓް ފަދަ އޮފީސް ތަކުގަ ހިދުމަތް ހޯދަން ދާ މީހުން އެތާތިބެ ނިދޭއިރުވެސް ކައުންޓަރުގަ ތިބޭ މުވައްޒަފުން ތިބެނީ ފޭސްބުކު ނުވަތަ ޔޫޓިއުބައް ވަދެ!
އިދިކީއްޔަށް ލިޔެފަ މިހިރީ ހައްތާވެސް ކަލޭ އެކި ނަންނަމުގަ ލިޔެފަ ހުރި އެއްޗިހިތާ! ބޭޒާރު ނުވާ ގޮތަށް ތިކަން ކޮށްބަލަ.
ޤާނޫނާ ޚިލާފަަށް ކަންކަން ކުރުން މުޅިންވެސް މިއޮންނަނީ ޤާބިލުކަމެއް ނެތް އިސްތިއުފާ ދިނުމަށް ގޮވާލަން.
ވެގެން އުޅޭގޮތަކީ އީދު ބަންދަށް ހަފްތާއެއް ބަންދުވެފައިވާތީ އެދުވަސްތަކަށް ފައިސާދިނުމުން ރައްޔިތުމީހާއަށް އެއްޗެއް ލިބިދާނެތީ އެވެސް ނުފދޭންވެގެން.
އައްނި އާއި އޭނާަށް ތަބާޥާމީހުން ދައުލަތް ފޮވެހުސްކޮށްފި.
ފައިސާ ޕްރިންޓްކުރީ މުވައްޒަފުން ބުނެގެންތަ. ކޮވިޑް ނަމުގަ ވައްކަންކުރީ މުވައްޒަފުން ބުނެގެންތަ. ހުރިހާ ތަލްކީފެއް ނިކަމެތިންނަށް ހުރިހާ މޮޅެއް ވެރިންނަށް. ބޭރުގައުމުތަކުން ދިންހާ ފައިސާތައް ބޮޑުންނަށް ބަހާލީ. ހެޔޮވެރިމެއް މިކުރެވެނީ. ވައްކަންނުކޮށް ޚަޒާނާ ހިނދެނީ. ނުވަންޏާ ދޭބަލަ ދުރަށް. ﷲ މިނުބައި ވެރިންގެ ވެރިކަން ހިތިގޮތަކަށް ނިންމަވާންދޭ.
އިތުރު ގަޑީގެ ލާރި ނުދެންޏާ ރަނގަޅު ވާނީ އިތުރު ގަޑީގައި މަސައްކަތް ނުކުރިއްޔާ. މަގުމަތިން އައީ ވަކަރުގޭ ކުދިންނަކަށް ނޭގޭނެ ވަޒީފާ ތަކުގައި މަސައްކަތް ކުރާގޮތެއް. ހާދަ ދެރައޭ. މިފަހަރު ނޫނީ އަދި ގައުމަށް ރައީސަކު ނުހޮވޭ
ނަރުހުންނަށް ދޭ ނަމޭ ބުނި އިތުރު ގަޑި ލާރި ނުދޭ މިދިޔަ މަހުވެސް. ނަރުހުން އެކަމާ ފާޑުކިޔަން ފެށީމަ މިނިސްޓްރީ އިން މީޑިޔާ އަށް މެސެޖް ކޮއްލީ ކުރީގަ އޮތް ގޮތަށް ލާރި ދޭ ގޮތަށޭ ކިޔާފަ.. އެކަމް އިތުރު ގަޑި ނުދޭ ކުރީގަ ދޭ ގޮތައް.. ވަގުތު ނޫހުން މިކަން ޔަގީން ކޮއްލާ ނަރުސް ކުއްޖެއް ކައިރީ އަހާލައިގެން.. އައި ޖީ އެމް އެޗް މީޑިޔާ އަށް ނުގުޅާތި ތެދު މައުލޫމާތެއް ނުދޭނެ..
ވަޒީފާއާއި ބެހޭ ގާނޫނާއި ދެކޮޅައް ސާކިއުލާއަކުންނެއް ތިޔަކަމެއް ނުކުރެވޭނެ. ހުރިހާ ސަރުކާރު މުއައްޒަފުން ސަރުކާރާއި ދެކޮޅައް ވަޒީފާއާއި ބެހޭ ޓުރައިބިއުނަލް ގައި މިމައްސަލައިގެ ދައުވާ އުފުލުމައް ގޮވާލަން. އަދި ދެން އެއްވެސް އަމިއްލަ ވިޔަފާރިވެރިޔަކުވެސް ވަޒީފާއާއި ބެހޭ ގާނޫނައް އަމަލު ކުރާނެ ކަމެއް ނެތް މިސަރުކާރުން އެގާނޫނައް އަމަލު ނުކުރަނީސް.
ބަޖިޔަލުގެ މަސްގަނޑޭކިޔާބަލަ. ހައެއްކ ސިޔާސީ މަގާމް އުފައްދާ އަދި. މަޖިލީސް މެންބަރުން އަޔަސް ނަޔަސް ހަމަ މުސާރަ ފުޅު ރަނުން ރަނަށް. ދައުލަތް ހިންގަނީ ކުޑަ މުސާރަ ނަގއިގެން ބުރަކޮށް މަސައްކަތްކުރާ ސްޓާފުން. އާޙިރުގަ ނިކަމެތި މީހާއަށް ލިބެން އޮތް އެތިމި ކަނޑާލަނި.
ޙަރަދު ކުޑަކުރަންވެސް ބެހެވެނީ ނިކަމެތި މީހައަށް. އެހެން ނޫނަސް މިކަން އަންގަން ޖެހޭނި މހުގެ 16 ނުވަތަ ކުރިން. މަސައްކަތް ކުރުވާފަ އެއް ނޫން. މސައްކަތް ކުރުވާފަ ތިގޮތަށް ހެދި 2 ވަނަ ފަހަރު މީ. ރަނގަޅު ގޮތެއްވުމަށް އެދި ދުޢާ ކުރާނެ އަނިޔާ ލިބުނު މީހުން.
ކަލޭމެންގެ ފޯނުބިލާއި ދައުލަތުގެ ކާރާއި އެހެނިހެންވެސް އަޅުއެލަވަންސްތައް ނުކަންޑަނީ ކީއްވެބާ! އަމިއްލަ ސައިކަލަށް ޕެޓްރޯލުއަޅާނެ ފައިސާ ނެތީތޯ؟ އަމިއްލަ ފޯނުބިލުދައްކަން ފައިސާނެތީތޯ! ދައުލަތުގެ ހަޒާނާއިން ތިހުރިހާކަމެއް ކުރަނީ! ދުވާލެއްގެ މައްޗަށް ހަމަ ޔަގީން 1 މުވައްޒަފުގެ އިތުރުގަޑިކަން ތިކާލަނީ! ޔާﷲ، ފިނޭންސް މިނިސްޓަރާއި އޭނާގެ އައުވާނުން ނިކަމެތިކޮށްދެެއްވާންދޭ! އާމީން
ކޮންހާ ހާސަރެ އް ދާމާކަށް، ކީ އްވެ ސަރުކާރުގަ ލާރިނެ އްވާހަކަ ބުނަން ނުކެރިގެން ތި އުޅެނީ. ލާރި ހުރެގެންތާ އިތުރުގަޑި ކީ އްކުރަން ހެން އެ އްޗެ އްވެސް ދެވޭނީ.
އިތުރު ގަޑީގެ ފައިސާ ނުދިނަސް މަސައްކަތް ކުރަންޖެހޭ، ނަރުހުން ޑޮކްޓަރުން ފަދަ މީހުންނަކީ އިތުރު ގަޑީގަ މަސަކަތްކުރަންޖެހޭ މީހުން، މީހަމަ ލާއިންސާނީ އަމަލެއް، އޯވަރޓައިމް އެޖަސްޓްކޮށް އޮފީސްތަކުން އެކަން ހަމަޔަކަށް އަޅުވަންވެސް ޓައިމްނުދީ ލާރިގަނޑުއެއްކޮށް ބަނޑުއަޅާލީ... ބޭރުގައުމުތަކުން އެހީވީވީހެން މާގޯހެއްނު މިވަނީ!
ކޮބާތަ ދައުލަތުގެ މުވައްޒަފުންނަކީ؟ އޮޅޭގޮތަށޭ ޚަބަރު ތިޔަ ފަތުރަނީ. އަނެއްކާ ސިވިލްސާރވިސް މުވައްޒަފުންގެ ވާހަކަބާ ތިކިޔަނީ؟ ބުނަންތަ އަހަރުމެންގެ މުސާރައާ ކުޅެފިއްޔާ ރޭގަނޑާ ދުވާލު ހުސްވަގުތެއް ލިބިއްޖެއްޔާ މިސްކިތުގަ ތިބެގެން ރޭގަނޑު ދަންވަރު ﷲ ދުނިޔޭގެ އުޑަށް ތަންޒީލުވެ ވޮޑިގެން ނިދާ އިއްވަވާބަރަކާތްތެރި ވަގުތުގައި ކަލޭމެންގެ ނިމުން ހިތިގޮތަކަށް ނިންމަވާދެއްވުމަށް އެދި ދުޢާދަންނަވާނަން. ވެރިކަން ކަލޭމެންގެ އަތުން ބީވެގެން ދަންދެން މިމަސައްކަތް ކުރިޔަށް ގެންދާނެކަން ހަނދާން ބަހައްޓައިގެން އަހަރުމެން ސިވިލްސާރވަންޓުންގެ މުސާރައާ އެހެނިހެން އިނާޔަތްތަކާ ކުޅެންވާނީ. ހުވާގަންދީފަ މިބުނަނީ. މިކަން މިމަގަށް ކުރާނެކަން ދަންނާތި. ކަލޭމެން މަގުމަތިން ހޮވި ވަކަރުގޭކުދިންނަށް ސިޔާސީ މަގާމުތައް ނުލާހިކު ފަލަ މުސާރަ އާ އެކު ދީގެންތިބެ ތިޔަކުޅޭ ކުޅިގަނޑު ބަލައިގެން ތިބެވޭކަށްނެތޭ މިބުނީ ވަރަށް ހަރު އަޑުން.
ވަޒީފާއިން އިސްތިއުފާ މިނިސްޓަރު. މުވައްޒަފުން އިސްތިއުފާ ޖަހާފަ ގެޔަށްގޮސް އަމިއްލަ ކަމެއް ފެށޭތޯ ބަލާ. އަދި ކޮންމެސް އެއްޗެކޭ ކިޔައިގެން އިތުރު ގަޑިޔަށް ނުނިކުމޭ. ގަދަ ކަމުން ނެރެފިއްޔާ މަސައްކަތް ލަސްކޮށްލާ. ޕީސީދޮށުގަ ގޭމް ކުޅެލައިގެން ފޫހި ފިލުވާލާ
ކޮބާތޯ ދައުލަތުގެ މުވައްޒަފުންނަކީ
ދެން ދައުލަތުގެ މުވައްޒަފުން ލައްވާ އިތުރު ގަޑީގައި މަސައްކަތް ނުކުރުވަމާ ހިނގާ ދޯ! ފަށަންވީ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ ހިސާބުން! ދަންވަރު ގަޑީގައެންނު އެމީހުން ލައްވާ މަސައްކަތް ކުރަން މަޖުބޫރުކުރުވާފަ އެ އޮންނަނީ މިހާރުވެސް.
މިއޮތީވާ ސަރުކާރެއް ވާކަމެއް ނުވާކަމެއް ނެތް މުވައްޒަފުންގެ ހާލާމެދެ ވިސްނާލިބާ؟؟؟؟؟؟؟؟؟؟
އެޖެންޑާ 19 ހާދަ ތަފާތޭ ދޯ
ކަލޭމެން އެކަނި ކައިގެންވެސް ހަޖަމު ވޭތޯ ބަލާ ވަގުންތަކާ! ޝުކުރިއްޔާ ދިވެހި ރައްޔިތުން!
އެކަމް ކަލެޔާ އަންނިޔާވެގެން ދިވެހި ދައުލަތްކައި ހުސްކުރެވޭ.
މިހާލަތުގައިޕފަންޑު ހުރިފައިސާދެއްވާ
މީ ވަރަށް މަޖާކަމެއް...ކޮވިޑް އާއި ގުޅިގެން ..ބައެއް މުވައްޒަފުން ހަމަ ހެސްކިޔާފަ ނިކުމެ މަސައްކަތްކުރަންވީ..ނިކުންނަންޖެހޭ މުވައްޒަފުން ގަޑިޖެހެނީވެސް މަސައްކަތްކުރަނީވެސް..ރިސްކުބޮޑީވެސް.. މަސައްކަތްކުރާނަމުގަ ގޭގަ ތިބޭމުވައްޒަފުްނަށްވެސް ހަމަލިބެނީ މުސާރަ.. ނިކުމެގެން ހެސްކިޔާފަ މަސައްކަތްކުރިއަސް ލިބެނީ ގޭގަތިބޭމީހުންނާ އެއްވަރަށް މުސާރަ.. ވަކި އިތުރުބޯނަސްއެއް ނުލިބޭ...ކިހާމަޖާ..ޗުއްޓީވެސް ހަމަމިހެން..ޗުއްޓީނެގިއަސް ޗުއްޓީ ..ނުނެގިއަސް ޗުއްޓީ މިއޮތީވާ ސިވިލް ސާރވިސްއެއް....ދެބޯހަލާކު..އަސްލު ނިކުންނަމީހުންނަށް ޚައްޞަ އެލަވަންސެއް ދޭންޖެހޭނެ..ދަރުބާރުގޭގަ މަސައްކަތްނުކުރިއަކަސް...