ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި އޮތް މުއްދަތު ހަމަވިއިރު އިތުރު ލުއިތަކާއި އެކު ފުރަބަންދުގެ މުއްދަތު އިތުރު ނުކުރެވުނީ ސިއްހީ ދާއިރާގެ ބޭފުޅުންނާއި، ސަރުކާރުގެ އިސްވެރިންނާއި މެދު ޚިޔާލު ތަފާތުވުންތައް އުފެދި، ވަކިގޮތެއް ނުނިންމިގެންކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ފުރަބަންދަށް ދޭނެ ލުއިތައް ރޭ އިއުލާން ކުރަން ހަމަޖެހުނު ނަމަވެސް އެކަން މިރެއަށް ފަސްކުރީ ޚިޔާލުތަފާތުވުންތައް އެއްގޮތް ނުކުރެވިގެން ކަމަށެވެ. އަދި މިރޭ ލުއިތައް އިއުލާން ކުރަން މަސައްކަތް ކުރި ނަމަވެސް ލުއިތައް އިއުލާން ކުރުން 15 ވަނަ ދުވަހަށް ފަސްކުރީ މަޝްވަރާ ކުރެވުނު ކަންކަމަށް އެއްބަސް ނުވެވިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބައެއް ސިޔާސީ ބޭފުޅުން ބޭނުންފުޅު ވަނީ މާލެ އެކީ ހުޅުވާލަން. ނަމަވެސް އެގޮތައް ކުއްލިއަކަށް ހުޅުވާލަން ސިއްހީ ދާއިރާގެ ބޭފުޅުން ދެކޮޅު ހައްދަވާ. 15 ވަނަ ދުވަހު މާލެ އެކީ ހުޅުވާލަން ވެސް މިހާރު ވަނީ ހުށަހެޅުމެއް ހުށަހަޅާފައި. އެހުށަހެޅުމުގައި ވާގޮތުން 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނީ އާއާއްމު ހާލަތުގައި. އެންމެނަށް ވެސް ގެއިން ބޭރަށް ނިކުމެވޭ ގޮތައް. އެކަމަކު އެއްވެސް މީހަކަށް މާލެ އިން ނުފޭބޭ ގޮތައް އަދި އެއްވެސް މީހަކަށް މާލެ ނޭރޭ ގޮތައް. އެކަމަކު އެގޮތައް ސިއްހީ ދާއިރާގެ ބޭފުޅުން އެއްބަހެއް ނުވޭ." މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

ނަމަވެސް މިކަމާއި ގުޅިގެން އަދި ރަސްމީކޮށް ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުހައްމަދު ޝާހް، ރ.ވާދޫ

    ކޮން އާ އަންމު ހާލަތެއްތަ؟

    17
  2. އެކްސްޕާރޓް މަޖިލިސް

    މަޖްލިސްގައި އުޅެނީ ހުރިހާ ކަމެއްގެ އެކްސްޕާރޓުން

    22
    2
  3. ހުސެން

    މާމޮޅު ސިއްޙީ ދަންނަބޭކަލުން އުޅޭ ގައުމެއްނޫން މީ

    • ހީދް

      ކަލޯ އަށްވުރެ ބޮޑަށް އެނގޭނެ !!!!!

  4. އެމަންޖެ

    މީ އަންނި ބޭނުންވާގޮތް މަޖިލިސްތެރޭގަހެން މާލެ ތެރޭ މީހުން މަސްހުނިވެ ގަނޑުގަތުން.

  5. ބަވަތި

    ސިއްހީ ދާއިރާ ގެ މުއައްޒަފުންގެ މަސައްކަތް މަޖްލީ ހުގަ ތިބި މީ ހުން ކުރާނީ ކޮން އިރަކުން

  6. ދަޔާ

    ބަލި ފެތުރެން ފަށައިފިއްޔާ ހުރި ހާ ބުރައެއްހ އުފުލަން ޖެ ހޭނީ ސިފަ އިންނާ ސިއްހީ ދާއިރާގެމީ ހުން ، ރައީސްމީ ހާ އަށް އޮންނާނީ ޓީވީއާ ރޭޑިއޯއަށް އަރާ އެކްޓް ޖެއްސުން މަޖްލިސް މެމްބަރުން ތިބޭނީ ސައިބޮއިގެން ބޭކާރު އަގަތަޅަން

  7. ކިނބޫ

    ސިއްހީ ކަންކަމުގެ ތެރެއަށް ސިޔާސީ މީހުން ވަދެ ގޮތްފާޑު ކިޔައި، އަމުދުން މިހާރު ވެރިކަމުގަ ތިބި ތާކުންތާކު ނުޖެހޭ ރޯނުއެދުރުން މީގެ ތެރެއަށް ވަނީމަ ވާނެހާ ކަންތައް ވަމުން މިދަނީ.