މާލޭގެ ޕާކްތަކާއި މައިޒާންތައްވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަންް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަންނަ ހޯމަ ދުވަހުން ފެށިގެން ފުރަބަންދަށް ދޭން ނިންމާފައިވާ ލުއިތަކާއި ގުޅޭގޮތުން މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، ވަކި ގަޑިތަކެއްގައި މާލެ ސިޓީ ހުޅުވާލަން ނިންމާފައިވާއިރު، ތިން މީހުންނަށް ވުރެ ގިނަ އިން ބޭރު ތެރޭގައި އެއްވެ އުޅުން ހުއްދަ ނުކުރާ ކަމަށެވެ.

މާލެ ސިޓީ ހުޅުވާލަން ނިންމާފައި ވަނީ ހެނދުނު 5:00 އިން ރޭގަނޑު 10:00 އަށެވެ. މިވަގުތުތަކުގައި ޕާމިޓް ނުލާ ބޭރު ތެރޭގައި އުޅެވޭނެއެވެ.

އަދި ކަސްރަތު ކުރުމުގެ ފުރުސަތު އޮންނާނީ އިރުއޮއްސި ހަޔަކުން ރޭގަނޑު ނުވަޔަކާއި ދެމެދު ކަމަށާއި، ޕާކްތަކާއި މައިޒާންތައް އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް ޝައިނާ ވިދާޅުވިއެވެ.

މިގޮތަށް ހުއްދަ ދިން ނަމަވެސް، ތިން މީހުންނަށް ވުރެ ގިނަ އިން ބޭރު ތެރޭގައި އެއްވެ އުޅުން ހުއްދައެއް ނުކުރާ ކަމަށް ޝައިނާ ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ބޭރަށް ނުކުމެވޭނީ ވަކި ގަޑިތަކެއްގައެވެ. އެއީ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ.

"އަދި މި ތަންތާގައި އަތް ދޮވެވޭނެ އިންތިޒާމް ނުވަތަ ހޭންޑް ހައިޖީން ޕްރެކްޓިސް ކުރެވޭނެ އިންތިޒާމްތައް ގާއިމް ކުރުމަށް އަޅުގަނޑުމެން ރެކޮމެންޑް ކުރަން". ޝައިނާ ވިދާޅުވިއެވެ.

ޝައިނާ ވަނީ، މިތަންތަނަށް ގޮސް ހަރަކާތްތެރިވާ ފަރާތްތަކުން އަމިއްލަ ބޭނުމަށްޓަކައި ސެނެޓައިޒާ ގެންގުޅުމަށާއި، ޓިޝޫ ފަދަ އެއްޗެއްހި ބޭނުން ކުރުމަށް އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    ދެން މިސްކިތްތަކޯ؟؟

  2. Anonymous

    ކުޑަ ވަގުތުކޮޅެއް ކަސްރަތުކުރަން ހުޅުވާލުމަކީ ގިނަބަޔަކު ތޮއްޖެހަެނެކަެއް

  3. އެމަންޖެ

    ޝާއިނާއައް މާބޮޑައްބަލީގެ ކަންކަން އިނގުނީހެން ހީވަނީ.

  4. އެމަންޖެ

    ނަސީދުގެ ދުރުވިސްނުން މިޔަކީ ސައިތާން ގައުމުފަސާދަކޮއް ހަލާކު ކުރުން.