ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ދަތުރު ކުރެއްވި ޔޮޓެއް ރޭ ފަރަށް އެރުމުން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޖާބިރު "ވަގުތަށް" މިރޭ ވިދާޅުވީ "ގްރާންޑޭޒާ" ނަމަކަށް ކިޔާ ޔޮޓް ފަރަށް އެރީ ރޭ ހަތެއް ޖަހާކަން ހާއިރު ބޮޑުމޮހޮރާ އިން މާލެ އަށް ދަތުރު ކުރަނިކޮށް ކަމަށެވެ. އެ ޔޮޓު ފަރަށް އެރިތާ ދެ ތިން ގަޑިއިރުގެ ތެރޭގައި އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެމްއެންޑީއެފަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޔޮޓް ފަރަށް އެރީ ވ.އާރަށް ކުރިމަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހާއްސަކޮށް، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ ނަން ޖާބިރު ވަނީ ފާހަގަކުރައްވައިފައެވެ.

"ވަރަށް ބޮޑަށް މިކަން ފާހަގަ ކުރަން. އެމްއެންޑީއެފް އަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ޖެނެރަލް ޝަމާލް އަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ޔޮޓް ފަރަށް އެރި އިރު އޭނާއާ އެކުގައި 12 ވަރަކަށް މީހުން އޭގައި ތިއްބެވެ.

ފަރަށް އެރުމުގެ ސަބަބުން ޔޮޓަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ޔޮޓް މިހާރު އޮތީ ވ. ތިނަދޫ ކައިރީގައެވެ.

މީގެ ދުވަސްތަކެއް ކުރިން ޖާބިރު ދަތުރު ކުރެއްވި ސަޕްލައި ދޯންޏެއް ދެ ފަހަރަށް ފަރަށް އެރިއެވެ. އެ ދެ ފަހަރު ވެސް އެހީތެރިވީ ސިފައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ބޯކިބާ

    ފަރަށް ލިބުނު ގެއްލުން ބަލާފަ ޖޫރިމަނާ ނުކުރަނީ ކީއްވެގެންތަ. މީގެކުރިން ބޯޓެއް ފަރަށްއެރިއޭކިޔާފަ އެތައް މިލިއަން ޑޮލަރަކުން ޖޫރިމަނާކުރޭ. ވަކިބަޔަކުވީމަ ފަރަށް ގެއްލުން ނުލިބެނީތަ.

    95
    • ހިށާމް

      ލޮކްޑައުންވީމަ އަހަރުން މިއުޅެނީ ރަށަށް ނުދެވިގެން. މީނައަށް ދެދުވަހުން އެއްދުވަހު ކޮންމެވެސް ރަށަކަށް އެބަދެވޭ. ބޮޑުންނަށް ވީމަ ވަކި ހާއްސަ އުސޫލެއް ދޯ އޮންނަނީ. ނިކަމެތިންނަށް ވަކި ގޮތެއް.

      78
      • Anonymous

        ބޮޑެތިމީހުން ކަށްވަޅުގަވެސް ބޮޑުވާނެ. ކޮންނަންޖެހޭ ވަރު ބޮޑުވާނެނު.

        18
  2. ދަރަނި ދަންތުރަ

    ޖާބިރު ހާދަފަރަކަށް ފަރަށްއަރަނީ ތިއުޅަދުތަކުގައި ޖީ ޕީ އެސް ވެސް ނުހުއްނަނީތަ ނޫނީ ކައްޕި ރޭގަނޑުވެސް ސަންރައިޒު ބަލަނީތަ ؟

    82
    2
  3. ހުސޭނުބޭ

    މިހާރު މަނިކުފާނު ދަތުރުކުރައްވާ ކޮންމެ ފަހަރަކު ތި އޮންނަވަނީ ފަރަށް އަރާފައި! އެންމެ ރަގަޅު ގޮތަކީ ރަޝިޔާއިން ނިއުކްލިއަރ ސަބްމެރީނެއް ބައްލަވާގަތުން! ޖާބިރަށް އެކަން ކުރެއްވޭނެ! މީގެ ކުރިންވެސް ކުރި ފަދައިން!

    71
    1
  4. ހުސާމް

    ހެލިކޮޕްޓަރ ހުއްދަ ދިނުމާއިއެކު ގެއެއްގެ ފުރާޅަށް ތިރިކުރާނީ..މީނަ އަރާ ކޮންމެ އެއްޗެއް ފަރަށް..ލޮކްޑައުންގައި 3ފަހަރަށް ފަރަށް އަރައިފި މީނަ ހުރި އުޅަނދު...ހާއްސަ ހުއްދައެއް އޮވޭތަ..ނަޚްލާ ރިސޯޓަށް ދިޔައިމަ މައްސަލައަކަށްވީ..

    56
    1
  5. ޢަލީ

    ލޮކްޑަ އުންގަ ކިހިނެ އް ތިދަތުރުފެށީ އެކަން ބަލަންޖެހޭނެ

    44
  6. ރަބަރޭ

    މަނިކުފާނޫ މަނިކުފާނޫ އަވަހަށް ދެން ހެލިކޮޕްޓަރު ގެނައުން ހުއްޓާލަށްވާ އޭތި އަރާނީ ކޮންތާކަށް ކަމެއްވެސް ނުމެއެގޭމެ
    ބޮޑުވަރު

    51
  7. ޢަގީލަންބާ

    ހެޔޮނުވާނެ ޖާބިރު ހޮނޑަ އިދޫ އިން ޕޮލިހުން މީގެ ކުރިން އަތުލަ އިގެން އިރު ހުރިހާލަތުގަ ހުންނައިރު އޭނާ އަތަށް ހުންގާނު ނުދީބަލަ. ތި ހެލިކޮޕްޓަރަށް ހުއްދަ ދޭއިރު ވަރަށް ބޮޑަށް ވިސްނަންޖެހޭ. ހިނދުކޮޅު އަންނަ ގަޑި އެއއްގަ ޕައިލެޓް ބޭރުކޮށްފަ މީނަ ދުއްވަން އުޅެފާނެ

    49
  8. ވަހީދު

    ޖާބެ ލޮކްޑައުން ރަށަކަށް އަރަން ބޭނުންވީމަ ހަދާ ގޮތަކީ އެރަށެއްގެ ފަރަށް ނޫނީ އެރަށަކާއި ކައިރި ފަރަކަށް ގޮސް އުރެނީ. ދެން އެމެޖެންސީގައި އެރަށަކަށް އަރަނީ. އެކަހަލަ ގޮތަކަށް މިކަހަލަ ހާލަތެއްގައި އުޅެވެން އޮތީ.

    44
  9. ސަމޫ

    ޔޮޓްގަ ތިބިމީހުން އެބަޖެހޭ ޔޫރިން ޓެސްޓު ކުރަން..???

    48
  10. ޖާބެ

    ޖާބޭ! ނުރައްކަލުގެ ސިގުނަލް ތަށް ތިފެންނަނީ. ތީއްޗެހި ގަނެފަ ހުރީ އަނެއްކާ ކޮންކަހަލަ ފައިސާއަކުން. ގަނެފަތަ ނޫނީ ނުގަނެތަ! ވާނެ ތިހެން އެއެއްޗެއް ހޯދިގޮތަކަށް ދާންވެސް ދާނެ.

    10
  11. ހާލިދާ

    އެހެންވީމަޔޭ ޖާބިރު ޑޮންއަށް ހެލިކަޕްޓަރު ދޭންވީ.. އޭރުން ހެލިކަޕްޓަރު ވެއްޓޭނީ އެއްފަހަރުތާ..

    12
  12. ރިފޫ

    ހެލިކަޕްޓަރުގަ ގޮސް ރައިސް އޮފީހުގެ ފުރާޅުމައްޗައް ޖައްސާނީ ދެން.

    12
  13. Anonymous

    ސަމާލު ޖާބިރޫ. ސަމާލު. ލާރިތަށް ޑިސްއިންފެކްސަން ކުރަންވީ. ތިޔަކުން މިހާރު ރަނގަޅު ފައިސާއެއް ނުރަނގަޅު ފައިސާ ނޭގޭ ވަރަށް ގަޑުބަޑުވެފަ ހުނަނާނީވެސް. ފައިސާތަށް އައިސޮލޭޓު ކޮށްގެންވެސް ސާފުކުރެވޭތޯ ބަލާ.

    11
  14. Anonymous

    ކަލޭ ތިހިރީ ހެލިކޮޕްޓަރެއްވެސް ގަނެގެން. ކޮންތާކުން ހޯދި އެއްޗެއްކަމެއްވެސް ނޭގޭ!

  15. Anonymous

    ލޮކްޑައުންގަ އެއްރަށުން އަނެއްރަށަށް ނުދެވޭތީ ރައްރަށަން އަރަންވެގެން ޖަހާ ޓްރިކެއްތީ. ޖާބެ މެން ބޯކުޅޭނެ. ލޮލީ ވިއްކައިގެން މުއްސަދިވި މީހާނުތީ.

  16. Anonymous

    24 ގަޑިއިރުގެ މައްސަލަ ތިއުޅެނީ.

  17. ކޮބާކަލޭ

    ފަރައް އެރީމަ ތިބުނާ ކައިރީގައޮތް އާރަށައްއަރާ އެރައްނުހިފީ ކީއްވެ؟

  18. ދުންތަރި

    12 މީހުނާއެކު ޔޮޓުގަ ކީއްކުރަން ތިއްބާބާ ފަރަށްއެރީ؟ މޫސުން ގޯހެއްނޫން ކަނޑު ގަދައެއްނޫން ސަމްގާ ޛީ ޕީއެއްފަދަ ވަސީލަތްތައްހުރޭ ތަޖުރިބާއާ ތަމްރީނު ލިބިފަ ތިބި ކައްޕިތާނުން ދުއްވަނީ ސުވާލު އުފެދޭ އަނެއްކާ ހޮނޑާފުށީގަ އިރުއަރާ މަންޒަރު ބަލަން ތިބި ގޮތަށް ސްޓްރޯބެރީ މޫން ބަލަންތިއްބާ ބާ ފަރަށްއެރީ؟ މިފަހަކަށްއައިސް ޖާބިރު ދަތުކުރާ އުޅަނދުތައް ފަރަށްއެރުން އާންމުކަމަކަށްވެއްޖެ މިކަމުގެ ޙަޤީޤީ ސަބަބު ހޯދަންއެބަޖެހޭ ބަލި ފަސޭހަ ކުރެވޭނީ ބުވަތަ ބައްޔަށް ބޭސްކުރެވޭނީ ބަލި ދެނެގަނެގެން

    16
  19. މުހަންމަދު

    ޖާބެ ވަރެއް ނެތް! ހެލިކޮޕްޓަރު ގެނައިމާ ދެން ފަރަކައް ނާރާނެ.ކޮންމެވެސް މީހެއްގެ ފުރާޅެއް ދިޔަސް ދާނީ އެވަރުގެ ކަމެއް ހިގާފާނެ.އެއީކީ މާބޮޑެތި މައްސަލަ މައްސަލަ އެއް ނޫން ދެން ޖާބެއާ ލެޑިގަނެގެން ނޫޅެބަލަ.ޖާބެގެ ސްޓައިލް އާ ނުބެހިބަލަ.

  20. އަންނި

    ކަލޭ ހެޔޮ ނުވާނެ ހެލްކޮޕްޓަރު މިތަނަށް ނުގެންނާތި!

    11
  21. އައްޔޫބބު

    އަނެއްކާ އިރުނާރަނީސް އިރުއަރާ މަންޒަރު ބަލަން އުޅެގެން ވީގޮތެއް ނޫންބާ ؟

    9
    1
  22. ފައްލަންބޭ

    ކަލާނގެމަތިވެރިއެވެ. ފައިސާ ޖެހުނުގޮތަކަށް ހޯދައިގެންވެސް މުއްސަނދިކަން ހޯދިއަސް، ކަލާންގެ ޙަޟްރަތަށް ޙާޟިރުވާންޖެހޭނެ ޖަވާބުދާރީވެސް ވާންޖެހޭނެ. ތިލިބެނީ ތަޢުބާވާން ލިބޭފުރުޞަތު. ތައުބާވެ އެކަލާނގެއަށް ކުށްތަންވޭ

  23. ފަރު ޖެބްސް

    މި ލޮކްޑައުން ގަވެސް ހަތަރު ބުރަށް ޖެބްސް ފަރަށް އަރައިފި. އަޅެ ޖެބްސް ހުންނަ ކޮންމެ އޮޑި އެއްގަ ފަރު އައިސް ޖެހެނީތަ ?‍♂️

  24. ައަލިބެ

    ޖާބިރު ޔޮޓް ފަރަށް އެރީމަ ގުޅަނީ ޗީފަށް ދޯ. ޢެއީ ބޮޑުން ނާއި މުއްސަދިންގެ ހޮޓްލައިންތަ؟ މީހަމަ ބޮޑު ކެކުރި ކުޑަކެކުރި އިންސާފު.

  25. ބީވާ

    އިންސުރެންސް ލިބެނީތަ އަނެއްކާ

  26. މިސް

    އެހެން އަތޮޅުތަކުގައި ގަލެއް އޮތް ފަރެއް ވެއްޖިއްޔާ ޖާބިރު އެ ފަރަކަށް އެބަ އަރަމުން ގެންދޭ ! އެކަމަކު މާލެ އަތޮޅުގައި ގާފަރު ކިޔާ ރަށެއް އޮތް އިރުވެސް އެތަނަށް އަރައިގެން އުޅޭ ޚަބަރެއް އެއްވެސް ނޫހެއްގައި ލިޔެފައި އޮއްވައެއް މިހާރަކު ނުފެނޭ ! ކޮބައިތޯ މިކަމުގެ ސިއްރަކީ ؟

  27. އާއްޓޭ

    މީނަ މިހަދާ ގޮތަކީ ރިސޯޓު ހަދަންވެގެން ރައްރއް ބަލަ ރަތްތަކާއި ކާރިވަނީ ޔޮޓުން. މިހާރު ހެލިކޮޕްޓަރުވެސް ގެނައީކީ ދަތުރުކުރާކަތް ނުން ރީތި ރަތްތައް މަތިން ބަލައިލާން .އޭރުންތާ ދެން އަންނަ ސރުކާރަކުންވެސް އެއިން ރަށެއް ވިއްކާ ލެވޭނީ.