ދިހަ ޓަނު މަހާއި އެކު ކ. ގާފަރު ދޯންޏެއް ފަރަށް އަރައިފިއެވެ.

ފަރަށް އަރާފައި ވަނީ ގާފަރު "ހުދަންބަރު" ދޯނި ކަަމަށާއި، އެ ދޯނި އަރާފައި ވަނީ ފ.އަތޮޅު ހިމިތި ކަނޑުގެ ދެކުނު ފަރާތުގެ ކަންމަތީ ފަރަކަށް ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް މިއަދު ހެނދުނު 6:30 ހާއިރު ލިބުމާއިއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާރޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށް އެެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މިހާދިސާ ހިނގިއިރު ދޯނީގައި 12 ދިވެހީން ތިބިކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގާ ހުދަންބަރު ދޯނި ފަރަށް އަރާފައި ވަނީ 10 ޓަނު މަހާއެކު އެވެ.