މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ފާރު މިއަދު ހަވީރު ގަދަވަޔާ އެކު ވެއްޓި ދެ ގެއަކަށް ގެއްލުން ވެއްޖެ އެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ވެއްޓިފައި ވަނީ އިމާރާތެއްގައި ވަކިން އުސްކޮށް ރާނާފައިވާ ފާރުގެ ބައިތަކެކެވެ. ފާރު ވެއްޓުނީ ހަދަމުން ދިޔަ ދެ އިމާރާތެއްގެ މައްޗަށެވެ. ވެއްޓިފައި ވަނީ ގަލޮޅު ރަތްވިލާ ގޯޅީގައި ހަދަމުންދާ އިމާރާތެއްގެ ފާރެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފާރު ވެއްޓުމުގެ ސަބަބުން ދެ ގެއަކަށް އެކި ވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފާރު ވެއްޓި ލިބުނު ގެއްލުންތަކަށް އިމާރާތުގެ ވެރިފަރާތުން ޒިންމާވެ، ސިޓީ ކައުންސިލާ ގުޅިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިއްޔެ އިން ފެށިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައެވެ. މިއަދު ހަވީރު މާލެ އަށް ވެސް ވަރަށް ބޮޑަށް ވައި ގަދަވެފައި ވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިރޭ ވިދާޅުވިއެވެ.

މިރެއާއި މާދަމާ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަހަ

    ހަވީރު 5 ގެ ފަހުން ދޯ؟
    މީ ވަރަށް ވަރަށް ވާހަކަ!

    2
    2
  2. ތުކައްޒިބާން

    އިންސާނާ އުފައްދަވާ އޭނާ ދިިރިއުޅެން އޭނާ އަށް ޓަކައި ދުނިޔެ އުފެއްދެވިއޭ އަދި އޭނާ ކިޔާދަސް ކޮށް އެއަށް އަމަލު ކުރުމަށް ޓަކައި އެއް ނަމްބަރު ފޮތެއް ލެއްވެވިއޭ އަދި އިރާއި ހަނދު އުފައްދަވާ ފަލަކު ތެރޭގައި ވަކި މިންގަޑެއްގައި ބަދަލެއް ނާންނަ ގޮތަށް އެތަކެތި ލައްވަވާ އެތަކެތިން ދުނިޔެއަށް ދިރުން ދެއްވާ ދުނިޔޭގައި ފެނާއި ޖަވާހިރާއި ރަނާއި ރިއްސާއި އަދި ދަގަނޑުލެއްވިއޭ ގަސްގަހާގެހި ދުނިޔޭގައި ހެދޭގޮތް ހެއްދެވިއޭ ތަމެން އިންކާރުކުރަނީ ކޮންކަމަކަށްތޭ އިންކާރުކުރަނީ ކޮންކަމަކަށްތޭ އިންކާރުކުރަނީ ކޮންކަމަކަށްތޭ...

    1
    1
  3. ޢލަި

    ގ ރަންގިރީގެ ދޯ ތީ

  4. ޖަންބު

    ވަގުތު ނޫހުން މިކޮމެންޓު ޖަހާލަ ދެއްޗެ!
    އިމާރާތް ކުރާއިރު ސޭފްޓީ ޖަހަން އަންގައި، ސޭފްޓީ ދާގަނދު ބަހައްޓާނެ ކަމަށް ސޮއިވެސް ކުރާނެ އިމާރާތް ކުރަން ހަވާލުވާ ފަރާތުން. ސިމެންތި ކޮތަޅު ވެއްޓި މައްސަލަވެސް ނިމުނީ ކަންނޭނގެ މުއްސަނދިން ގެ ކޮޅަށް. މިކަމުގައި އަދި ޒިންމާ ނަގާނަމޭ ބުންޏަކަސް ނުފުދޭ. އިމާރާތް ކުރާ ފަރާތުގެ ހުއްދަ އަތުލައި ނޫނީ ޖޫރިމަނާ ކުރެވެން ވާނެ. ސިޓީ ކައުންސިލް ގެ ދޯދިޔާކަން އެހެންނޫނީ ހާމަވާނެ. އަނެއްޕާޓީއަށް ނޫނީ ކައުންސިލް ވޯޓު ދީގެން ނުވާނެ ކަން ސާބިތުވާނެ.