ބޭންކު ތެރެއިން އެއްވެސް ކަސްޓަމަރެއްގެ ކާޑުގެ މަޢުލޫމާތު ލީކުވެފައި ނުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މިރޭ ނެރުނު ބަޔާނެއްގައި މިކަން ހާމަކޮށް ބީއެމްއެލް އިން ބުނެފައި ވަނީ، ބީއެމްއެލްގެ ކާޑު ޕާޓްނަރުންގެ ތެރެއިން ބޮޑު ވިޔަފާރިއަކުން ކާޑުތަކެއްގެ މަޢުލޫމާތު ލީކުވެފައިވާ ކަމަށެވެ.
މިގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބީއެމްއެލްގެ 350 ކާޑަކަށް އަސަރުކޮށްފައިވާކަން އެނގިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
މިކަމާއި ގުޅިގެން މިހާރު ލީކުވި ކާޑުތަކުގެ ޚިދުމަތް ކަނޑާލާފައިވާ ކަމަށައި، އެ ކާޑުތަކުގެ ބަދަލުގައި ކަސްޓަމަރުންނަށް އާ ކާޑުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބީއެމްއެލްއިން ބުނެފައި ވެއެވެ.
ބައެއް ކާޑުތަކުގެ މަޢުލޫމާތު އޮންލައިން މާޝެންޓުން އަތުން ލީކުވިނަމަވެސް އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް މާލީ ގޮތުން ގެއްލުމެއް ނުލިބޭނެކަމުގެ ޔަޤީންކަން ބީއެމްއެލްއިން ވަނީ ދީފައެވެ.
ބީއެމްއެލް އިން ބުނީ މިގޮތަށް ދިމާވާ ކަންކަމަކީ އޭގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކަށް އަސަރުކުރާ ކަމެއް ކަމަށެވެ.
އަހަންނަށް ވ ފަހުން އިނގުނީ އޮންލައިންކޮށް އެއްޗެހިގަނެގެން ކާޑް ހުރިހާ ޑީޓެއިލް އެއްވެސް ވިއްކާފަރާތަށް ލިބޭކަން. ކާރޑްގެ ސެކިއިރިޓީ ނަންބަރުވެސް. މިހެން ވުމުން ބީއެމްއެލް އިންވެސް ޒިންމާ ނުނަގާ. ވ ރިސްކީ ކަމެއްގެ ގޮތުގައި އެހެންވީމަ މިހާރުވިސްނެނީ އޮންލައިންކޮށް އެއްޗެހި ގަތުން
ތެދު ފުޅެއް ކާޑު މަޢުލޫމާތު ލީކެއްނުވޭ. އެހެން ނަމަވެސް އަޅުގަނޑުގެ އެކައުންޓުން ކާޑު މަޢުލޫމާތު ދީގެން، 2200 ރުފިޔާގެ ވަގު ވިޔަފާރި ބޭންކް ކާޑު ސެންޓަރު މުއައްޒަފުންވަނީ ކޮށްފަ.
ކާޑުގެ މައުލޫމާތު ލީކުވެފައި ވަނީ ބޭންކުގެ މުއަށްޒަފުންގެ އިހުމާލުންކަން ވަރަށްސާފު ސަރުކާރުފަދައިން ބޭންކުވެސް ވަނީ ބަނގުރޫޓުވުމާއި ދާދި ކައިރީގަ.