އިންޓަނެޓު ބޭނުންކޮށްގެން ކުޑަކުދިން ގްރޫމް ކުރުން ނުވަތަ ހައްލާލުމުގެ މައްސަލަތައް އިތުރުވަމުން އަންނާތީ ސަމާލުވާން ޖެންޑާ މިނިސްޓްރީން އެދިއްޖެއެވެ.

ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިން ގްރޫމް ކުރުން ނުވަތަ ހައްލާލައިގެން ގާތްވާން އުޅުމުގެ ކަންކަން ރާއްޖޭގައި ވެސް ހިނގަމުން އަންނަ ކަމަށާއި، މިއީ ސަމާލުވާން ޖެހޭ ފަދަ ބޮޑު މައްސަލައެއް ކަމަށެވެ.

އެހެން ކަމުން މިހާރަށްވުރެ ބޮޑަށް ބެލެނިވެރިން މިކަންކަމަށް ފާރަވެރިވެ ކުޑަކުދިންނަށް ދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ކަމަކަށް ޝައްކު ކުރެވޭ ކަމުގައިވާ ނަމަ، އެ މައްސަލައެއް ވީހާވެސް އަވަހަށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އެދޭ ކަމަށާއި، ބެލެނިވެރިން މިކަމަށް ސަމާލު ނުވެއްޖެ ނަމަ ކުޑަކުދިން މިކަމުގެ "ދަލުގައި" ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

އައިޝާ އެގޮތަށް ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހު 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕް ކުރި މައްސަލައިގައެވެ. އެ ކުއްޖާ ރޭޕް ކުރީ ގްރޫމްކޮށްގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަން ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިން ގްރޫމްކުރުމަކީ ރާއްޖޭގެ ގާނޫނުގައި މަނާކޮށްފައިވާ ކަމެކެވެ. އަދި އެފަދަ އެދުމެއްގެ މަތިން ކުޑަ ކުއްޖެއްގެ އާއިލާ މީހަކު ގްރޫމްކުރުމަކީ ވެސް އެ ގާނޫނުގެ ދަށުން މަނާކަމެކެެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވައި އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު ފުލުހުން އަޅަމުން ގެންދާނެކަމުގައި ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީހާ

    ހާއި

  2. ރިސޯޓް ބޯއީގެ އޫރު ކަފަ

    ކޮންމެ ކުއްޖަކު ހައްލައެއްނުލެވޭނެ ގިނަ ފަހަރަށް ހައްލާ ލެވޭ ކުދިންނަކީ މައިން ބަފައިންގެ ލޯތްބާ އޯގާތެރިކަން ނުލިބޭ ކުދިން ދުރު ހިލޭ މީހުންނާ އާއިލާގާ ތިބޭ ވަހުޝީ މީހުން އެ ކުދިންގެމައުސޫމް ކަމުން ނާޖާއިޒް ފައިދާ ނަގަނީ މެޓައެއް ރުފިޔާ އެއް ފަދަ އެއްޗެއް ދީގެން މާ ލޯބިވާ ހެޔޮއެދޭ ބަކަށް ވެގެން އެކުދިންގެ ކަރަށް ދަންމަޅި ފައްތަނީ ގިނަފަހަރަށް ކުށެއް ކުރެވޭ އިރު އެކުދިންނަކަށް އެއީ ކުށެއްކަން ނުވެސް އެގޭ އެ ވަހުޝީ މީހުންނަށް އިތުބާރު ކޮށް ލޯބިވާލެއް ބޮޑުކަމުން . ވާނެއެއްޗެއްވެ ހަލާކުވާ ތަނެއް ހަލާކުވެ ވޭނާ އި ތަދު އިހްސާސް ކުރެވެން ފެށީމަ ގޯހެއް ވެއްޖެ ކަން އެކުދިންނަށް އެގެނީ އެއިރު އޮންނަނީ މާ ލަސްވެފަ އެއީ މަންމައިންގެ އިހުމާލު ފަރުވާ ކުޑަ ކަން . ޕްރޮޓެކްޓެޑް އޭރިޔާގައި އެއްވެސް މީހަކު އަތްލާ ބަލާ ހެދުމަކީ ގޯހެއްކަން ބުނެދީފަ އޮންނަންޖެހޭ

    5
    1
  3. އެކުވެރިޔާ

    އަނީސް ތިކަހަލަ ކަމ،ެއް ކޮށްފިޔޭ ބުނީމަ ގަބޫލުކުރަން ވަރަށް އުނދަގޫ އެކަމަކު އިންސާނާޔަށް ވަސްވާސްދޭން އިނބިލީސް ކައިރީގައި ހުރޭ ، އެކުވެރިއެއްގެ ހައިސިއްޔަތުން ބުނެވޭނީ އަނީސް އެއީ ތިކަހަލަ ކަމެއްކުރާނެ މީހެއްކަމަށް މީގެ ކުރިން ގަބޫލު ނުކުރަމޭ ތިކަމުގައި އޭނަ ތިޔަބެދުނީ ކިހެނެއްބާއޭ ތަހުގީގު ނިމެންދެން އޭނަޔަށް އިތުބާރު ކުރާނަން އޭގެފަހުން ދެން ވަށްސަލާމް.....