ރާއްޖެގެ ރައީސްކަމުގެ މަގާމަށް އަތުވެއްޖެނަމަ، ކުދި ވިޔަފާރިތައް ހުރިހާ ޓެކްސް އަކުން އިސްތިސްނާކޮށްދެއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު ގެންދަވަނީ އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެ ގިނަ ކަންކަން އާއްމު ކުރައްވަމުންނެވެ.

މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި އޭނާ ކެމްޕޭންތައް ކުރަމުންދާއިރު، ،އުމަރު މިއަދު ވިދާޅުވީ ޓެކްސްތައް ކުޑަކުރެވުނު ވަރަކަށް އިގްތިސާދީ ހަރަކާތް އިތުރުވެ ވަޒީފާތައް އިތުރުވެގެންދާނެ ކަމަށެވެ.

އޭނާ މިގޮަތަށް ހާމަކޮށް އާއްމު ކުރި ފޮޓޯގައި ކުދި ވިޔަފާރީގެ ގޮތުގައި ކަނޑައަޅާފައިވާ ވިޔަފާރިތަކަކީ ސައިހޮޓާތަކާއި، ނާލު ބޯޓު ފަހަރުތަކާއި ގާޑިއާ ފަދަ ތަންތަނާއި، ކުދި ފިހާރަތަކެވެ

ޓެކްސްތައް ކުޑަކުރެވުނު ވަރަކަށް އިޤްތިސާދީ ހަރަކާތް އިތުރުވެ ވަޒީފާތައް އިތުރުވެގެންދާނެ. އެހެންކަމުން ، އަޅުގަޑުގެ...

Posted by Umar Naseer on Friday, June 19, 2020

"އެހެންކަމުން އަޅުގަނޑުގެ ސަރުކާރެއްގައި، ޓެކްސް ނަގަން ފަށާ އެންމެ ކުޑަ މިންވަރު 3 މިލިއަން ރުފިޔާ އަށް ބަދަލުކޮށް، ކުދި ވިޔަފާރިތައް ހުރިހާ ޓެކްސް އަކުން މިންޖު ކުރެވޭނެ"، އުމަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. Anonymous

    އުމަރާ ކަލޭ ވެރިކަން މަތީން ހަދާން ނައްތާލާ. ތީ އެއްކަލަ ހަރުގަޑު އުމަރު

    67
    46
  2. ހަސަދު

    އަނެއްކާ އަނެކަކު ވެރިކަމުގެ އިއްޒަތް ބޭނުވެގެން. މިހާރު ހުރިމީހާ ވެސް ފަސް އަހަރު ހަމަ ނުވެގެން ހަދާނެ ގޮތް ހުސް ވެގެން. ދެން ވެރިކަމަށް ގެންނަން ވާނީ ހަމަ ކަންކަން ކުރެވޭވަރުގެ ގާބިލް މީހެއް.

    41
    10
  3. ބޯހަލާކު

    އެނެއްކާ އެނަކަކު ވެރިކަމާހެދިމޮޔަވަނީ..ހުރިހާއެއްމެން ހަނު...ކޯލިޝަން ބޭފުޅެއްތޯތީވެސް...ހަމަ ހަނު...
    ޔާމީންދެކެހަމަޖެހިލުންވާތީ ގައުމުވިއްކާ،ދީނައްފުރައްސާރަކުރާއިރުވެސް ބަހެއްވެސްނުބުނެ...!؟ ޔާމިންދޫކޮއްލަފާނެކަމައް ބިރުން ދެއްތޯ..

    32
    7
  4. ވިސްނާލުމަށް އެދެމޭ

    ކާކުތަ މީނަ ވެރިކަމަށް ހޮވަންއުޅެނީ...ރައްޔިތުންނަ ކިއްލިއާ ގުޅަބަޖިޔާ ހިލޭދީ ގެން ވެރިކަމަށް ހޮވާދޭން އަހަރެމެންނެތިން...ތިކަހަލަ ތެޔޮ ގުޅާ ސާދާ ގަރެ ވެރިކަމަށް ގެންނާކަށް ނުވާނެ...ހުދުވަލު ގެ މު ގުލު ގަ ހިފައި ގެންހުރީ ރާއްޖޭ ގެ ބައިތުލްމާލު ދިރުވާލި ބޮޑު ވަ ގެއް...މުޅިރާއްޖޭ ގެ ހުރިހާ ހިސާބަކުން ބިންފޭރި ގެންހުރި ވަ ގެއް...ދެންހުރީވެސް ރައްޔިތުން ގެ ހަންނޮޅައިކައި ގެންއުޅޭ ވަ ގައް..އުމަރު ވިޔަފާރިކުރަން ހުރޭ..އަދި ތިވިޔަފާރި އަމިއްލަނުވެއެއްނޫން... ގައުމު އޮޔާދިޔައިރު ފިލާއޮތް ފިޑިއެއްތީ...ގަދަބަސްބުނެފަ ކަމެކުރަން ނުކެރޭ ހަސަދަވެރިއެއްތީ...ހީކުރީތަ ރޔާމީން ޖަލަށްލީމަ މީނައަށް ވެރިކަންލިބޭނެކަމައްތަ..

    21
    15
  5. ހުސޭނުބޭ

    އުމަރާ! ކޮންމެ މީހަކުވެސް ވެރިކަމަށް އަންނަށް ނިކަން ރީތި ވާހަކަދައްކާނެ! އެކަމަކު ވެރިކަން ލިބުމުން ލާރިތައް ކާފައި ރައްޔިތުންނަށް ކަމެއްކޮށްދޭނެ ވަގުތެއްނުވާނެ! ކަލެއަށްވުރެ މޮޅު މީހުން މިރާއްޖޭގެ ވެރިކަންކޮށްފި! އޭގެތެރެއިން އެކަކު ބުނީ މިރާއްޖޭ ލެޕްޓޮޕަކާއި ރިސޯޓަކުން ހިންގާނަމޭ! އުމަރު ޖެހޭނީ ކޮންތަނެއްގައިބާ!

    26
    3
  6. މެކުނު ފުމުނަކަސް ގާހަކަ.....؟

    ކެލައިން އައްޑުއަށް ފަތާން ފުރަތަމަ ގޯލް ކަނޑައަޅައި އޭގެ ފަހުން އެކަން ފުރިހަމަކުރުމަށްފަހު، ދިވެހިރާއްޖޭގެ ރައީސުކަމަށް ނިޔަތްގަންނާށެވެ. އޭގެ ފަހުން ދިގުހަރުގަނޑަކަށް އަރައި ރާއްޖޭގެ ހުރި އެންމެ ދިގުރުކުން ކާއްޓެއް އަޅައިބަލާށެވެ.

    12
    9
  7. ހަސަނު

    އެއްކަލަ މޮޔަކަލޭގެ ތެޅިގަތީ ދޯ.

    15
    14
  8. ވނވ

    ތިހެންވީއިރު މުޅި ރާއްޖޭގައިވެސް އޮންނާނީ ހުސް ކުދި ވިޔަފާރި.... ލޮލް

    17
    12
  9. ސަލީމް.

    ހަމަގައިމުވެސް މިހާރު އޮޅިގެން ވެރިކަމައް ގެނެވިފައި ހުރި މީހާއަށްވުރެ އުމަރު ވެރިކަން ކުރަން ހާސްގުނަ ރަނގަޅުވެފަ ދީނައް ވަފާތެރިވާނެ. މިހާރު ވެރިކަމުގައި ހުރި މީހާއަކީ ބަޔަކު ޖަލު ހުކުމްތަކަކުން ސަލާމަތްވާންވެގެން ކުރަންޖެހުނު ކަމެއްގެ ސަބަބުން ވެރިކަމައް އާދެވުނު މީހެއް. އެެއްވެސް ގޮތަކައް ވެރިޔެއްގެ ކިބާގައި ހުންނަންޖެހޭ އޮއްޓަރެއް ނެތް މީހެއް.. އަދި ލާދީނީ ޕާޓީގެ މީހެއް.

    55
    5
  10. ޝައިމަން

    އަޅުގަނޑުގެ ވެރިކަމެއްގައި މަހުޖަނުންގެ ފާޚާނާ ހޮޅިތަކުންނާއި ލާ ނޭވާއިންވެސް ޓެކުސް ނަގާނަން. އަދި އެމީހުންގައިގަ ފަޅާ އިސްތަށީންވެސް ޓެކުސް ނެގޭނެ. ސިޔާސީ މީހުން ދައްކާ ވާހަކަތަކުންވެސް ޓެކުސްނެގޭނެ އަދި އެމީހުން ކުރާ ޓުވީޓުތަކުންނާއި ހަދާ ދޮގުންވެސް ޓެކުސް ނެގޭނެ.

    25
    3
  11. މޮޔަސޮރު

    އުމަރާ ކަލޭ ވެރިކަން މަތީން ހަދާން ނައްތާލާ ކަލެއަށް ޕޮލިސް ނުހިންގުނު ދެންކޮންކަމެއް ކުރެވޭނީ

    33
    17
  12. ކޮމެންޓު

    ތަންކޮޅޭއް ރީތި ގުރެފިކްސް ހަދާދޭނެ މިީހަކަށް ލާރި ދީގެން ތިކަން ކޮށްބަލަ

    16
    4
  13. ފެކްޓް

    އަމިއްލައަށް ތިމާ ވެގެން އުޅޭ މީހެއްގެ ކިބައިގައި ވާ ހެވެއް ނެތެވެ. އަމުދުން ވެރިކަމަށް! ތިމާ އަމިއްލައަށް އިސްވާން އުޅޭމީހަކު އިސްނުކުރުމަށް ރަސޫލާ ޞޢޥ އަމުރުކުރައްވާފައިވޭ

    18
    4
    • ފަހީމް

      މިހާރު ބަޔެއް ޝޭހުންވެސް އަމިއްލައައް އިސްވޭތޯ އުޅޭމަންޒަރު ފެނޭ.

      9
      2
  14. ޚިޔާލު 3

    ކަމުދާނެ މީހަކު ދެން ރާއޖޭގެ ވެރިކަމަކަށް އާދެވޭނެ ކަމަކަށްނުބެލެވޭ އެއީ އަޑުގަދަ ނުފުއްދޭނެ ވަޢުދު ތަކާއެކު ވެރިކަމަށްއާދެވުމުން އަމިއްލަ ނަފުސުވެސް ވެރިކަމާއި ދެކޮޅުވާނެ ތީ ކަންކަން ރަގަޅަށް ނުކުރެވޭނެ. ސީދާމީހަކަށް ނޫނީ ކާމިޔާބެއްނުވާނެ.

    4
    1
  15. މަޒް

    ވެރިކަމަށް އައިސްގެން ވެރިމީހާ ބޭނުންހާ ގޮތެއް ހެދޭތަ ބޮޑެތި ގާނޫނުތައް ހަދާފަ ހުއްޓާ؟ ވެރި މީހާވެސް ޖެހެނީ ގާނޫނުގައި އޮންނަ ގޮތަށް އަމަލު ކުރަން. އަނެއްކާ މިހާރު ހުރިހާ ބާރެއް މަޖިލިހަށް ލިބޭ ގޮތަށް އަންބޮޑި ބަންނަނީ އެއޮއް..

  16. އިބިރިންކާލޯ

    ތިޔަކަން ކުރެވިދާނެތާ 2008 ވަނައަހަރާ ހަމަޔައް މިގައުމު ހިންގަމުން އައީކީ ރައްޔިތުން ފެންތައްޓެއް ބޯލިޔަސް ކަޅުސައިތައްޓެއްބޯލިޔަސް މަސައްކަތެއް ކޮއްލިޔަސް 6% ޓެކްސް ފައިސައެއްނަގައިގެންނެއްނޫން ކުއްލިޔަކައް އިނގިރޭސި ވިލާތުން ކިޔައވައިގެން ކަމައް ބުނާ މީހެއްގެ ވެރިކަން ފެއްޓޭ އިރައް ރައްޔިތުންގެ އިންޖީނުގެތައް އަތުލާ ޔުޓިލިޓީ ކިޔާކުންފުންޏެއްގެ ހިޔަލުގައި ނުވީތާކައް ރައްރަށުގެ ޖަމިއްޔާތަކުގައި މަސައްކައް ދުވަސް ފާހާގަކޮއްމަސައްކަތުންހޯދައިފައިވާ ރުފިޔާކޮޅު އަތުލާ މިޔަރުމަސްވެރިކަން ކުރާމީހުންގެ އާމްދަނީހުއްޓުވަން މިޔަރު ބޭނުން މަނާކޮއް އެހެންވީމަ އުމަރައްވެސް ކޮއްދެވިދާނެ ނޫންތޯ

  17. ވައްދޭ

    ރާއްޖޭގެ ވެރިކަންވީ އުވާލަން.. މިއީ ބަލާވެރިކަމެއް.. ސިޔާސީ ލީޑަރުންނޭކިޔާފަ ތިބެނީ މަރުމޯލުންނާއި 24 ގަޑިއިރު ހަމަހޭގައި ނުތިބެވޭމީހުންނާއި ޖަލުހުކުމުން ފިލަން ސިޔާސީ ޑީލުހަދައިގެން ނިކުމެތިބޭ ކުއްވެރީން. ދިވެހިންގެ ކިބާގައި މިހާރަކު އަމިއްލަ މިނިވަންދައުލަތެއް ދެމެހެއްޓެނިވި ގޮތުގައި ގާނޫނު ނުމުގުރާ އުޅެވޭނެ ފެންވަރެއް ގާބިލުކަމެއް ނެތް.. އެކަކު އަރާ ވައްކަން ކުރިއްޔާ އަނެކަކު އަރާ ދީނާއި ބެހިގަންނާނެ ދެން އަނެކަކު ކުއްވެރިވެ ސާބިތުވެ ޖަލައް ލެވުނީމަ ޖަލުން ސަލާމަތް ވާން ލާދީނީ ބައިއަތު ހިފާނެ.. މިވަރުން ދެން ގައުމެއްގެ ގޮތުގައި ތިބޭނެ ކަމެއް ނެތް. ގައުމުގަ ކިޔަވައިގެން ތެދުވެރި މަސައްކަތްކޮއް އިޚްލާސްތެރި ތަޖުރިބާއާއި ހިކުމަތް ހުރި މީހުން ތިއްބާ މިނިސްޓަރުންނައް ލާން ޖެހެނީ ކަމުގެ އުޑެއް ބުޑެއް ނެތް އަޚުލާގެއް އަގަލައެއް އިހުތިރާމް އެއީ ކޯޗެއްކަން ނުދަންނަ ފާހިޝު އަނގަތަޅާ މީހުންނާއި ވަގުންނާއި ޖަނަވާރުންނައް ވުރެ އުޅުން ގޯސް މީހުން. މެމްބަރުންނައްވެސް ހަމަ އެމީހުން.. ދެން ރައްޔިތުން ތިބެންވީ ޓެކުސް ބޮލުގަ އަޅަމުން އަޅަމުންގޮސް އަވަދިވެފަަ. ފިނޭންސު މިނިސްޓަރައް އެނގެނީ އޯވާޑުރޯކުރަން އެކަނި. ބޮލު ރޮދި ކުށިފަނެތް އެކަކުސް ސަރުކާރު ޕާޓީއަކު ނުހުރޭ.. މި ތިބީ ހަގީގީ ސޭކުސްތާނުގަ.

    12
  18. ޔޫސުފް

    މިހާރުވެސް ކުޑަ ވިޔާފާރި އަކުން ޓެކުހެއް ނުނަގައޭ މޮޔަ ފުޅުވެލައްވަނީތޯ ؟ ޓެކްސް ނަގަނީ އާއްމު ރައްޔިތު މީހާ އަތުން ޖީ އެސްޓީ - ފަސްލައްކަ އަށްވުރެ ފައިދާ ބޮޑު ވިޔާފާރި ތަކުން %15 ބީޕީޓީ ( ކުދި ވިޔާފާރި) މިވަރުގެ ފައިދާއެއް ނެޓް ޕްރޮފިޓަކަށް ނުލިބޭނެއޭ

  19. އަލްޖިބްރާ

    ނަމަ ނަމަ އެއްގައި ކެކޭނެ ރިހައެއްނޯންނާނެ ! ކަލޭ މިޤައުމުގެވެރިކަމަށް ގެންނާނަމޭ ބުނީ ކާކުތަ ؟ ބަޔަކު ތިހެން ބުނިކަމުގައިވިއަސް ތިޔައީ ކަލޭ ހައްދާލަން ދެއްކިވާހަކައެއް ! ލޮލީ ޖާބިރު މީހުންހައްދާގޮތަށް ، ބަޔަކު މިފަހަރު ކަލޭ ހައްދާލީ ! ދެން ހުރޭ ވަރަށް ވެފަ !

  20. Anonymous

    މިހާރު މި ވެރިކަން ކުރާ އެމްޑީޕީ ވެސް ބުނި ވެރިކަން ލިބިއްޖެ ނަމަ ފުރަތަމަ 100 ދުވަސް ތެރޭގައި މިނިމަން ވޭޖް ކަނޑައަޅައި ދޭނަމޭ އެކަމަކު އެކަން ވެސް ވީ ނަނާހުވަފެނަށް. ހަމަ އެއް ކަހަލަ ރުބާއީން ތީ

  21. ހޯރަ

    އިނދެ ވިސްނާފަ މީހުން ރުހޭ އެއްޗެއް ބުނެލީމަ ދެން ރައީސްކަން ލިބިދާނެ. މޮޔަވެފަ ދޯ؟

  22. ރައްޔިތުން

    އުމަރުގެ ވެރި ކަމެ އްގާ ސަރުކާރުގެ ވަޒީފާ. ނެތް 18 އަހަރާ 65 އަހަރާ ދެމެދު ކޮންމެ ދިވެ އްސަކަށް 10000 ދިހަހާސް ރުފިޔާ ދެވޭނެ