"ވަގުތު"އަށް އެނގިފައިވާގޮތުގައި މިހާރު ވިލާއެއާއިން ހިންގަމުންދާ ފްލައިމީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
އަދި ބައެއް މުވައްޒަފުން މިހާރު ވަނީ ނޯ ޕޭއަށް ފޮނުވާލާފައެވެ.
ވިލާއެއާގެ މުވައްޒަފަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އެފަދަ ނިންމުމެއް ނިންމިކަން ހާމަކޮށްފައި ވަނީ މީގެ އެއްދުވަސް ކުރިން ބޭއްވި ސްޓާފް މީޓިންއެއްގައި ކަމަށެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ މީޓިންގައި ވިލާ އެއާގެ ކެބިން ކްރޫއިންނައި ޕައިލެޓުންނާއި ވަނީ ވާހަކަދައްކާފައެވެ.
" އެ މީޓިންގައި އެންގީ ވަކި ކުރާ ވާހަކަ. ކޮންޓްރެކްޓް އުވާލާނެއޭ ސެލެކްޓް ކުރާ ވަކި ބައެއް ނޫނީ. އަދި އޮފިޝަލް އެއްވެސް ލިޔުމެއް ނުދޭ. ބުނީ އެ ދޭ ލިޔުމުގައި އިންނާނެއޭ ޗޮއިސް އެއް. އެއީ ނޯޕޭ އަށް ދާން. ދެން ކޮމްޕެނީ ރަނގަޅުވާ ނަމަ އަލުން ގުޅާނަމޯ އެ ކުދިންނަށް. އެކަމަކު އެއީ ކިހާ ދުވަހަކުން ކަމެއް ނުބުނޭ. މީޓިންގަ އެހި ސުވާލެއް އެބައޮތްހޭ. ދެން އެއްވެސް މީހަކު ސުވާލެއް ނުއެއް ކުރޭ." އޭނާ ކިޔާދިނެވެ.
ނާ ބުނީ ޕައިލެޓުންގެ ތެރެއިން 7 މީހުންނާިއ ކްރޫއިންގެ ތެރެއިން 6 މީހުން ފިޔަވާ އެންމެންނަށް ކޮންޓްރެކްޓް އުވާލާކަން އަންގާފައިވާކަމަށެވެ.
އެކަމުގެ ސަބަބުން މުވައްޒަފުން ތިބީ ވަރަށް މާޔޫސްވެފައި ކަމަށް އޭނާ ކިޔާދިނެވެ.
"ކޮވިޑް ކަންތައް ފެށުނީއްސުރެ ލިބެނީ 2800. އެންމެންނަކީ ވެސް މާލޭގައި ކުއްޔަށް އުޅޭ މީހުން. ވަރަށް ޑިސަޕޮއިންޓް ވާނެ ދޯ އެހެން ހެދީމަ. ދެން ނޯޕޭ އަށް ދިޔަޔަސް ވާނެ ދުވަހެއް ވެސް ނޭނގެ. މިހާރު ވަކި ކޮންތާކުން ޖޮބް ލިބޭނީވެސް. 40 ވަރަކަށް ކްރޫއިން ހިމެނޭނެ. ސެލެކްޓް ކުރި ގޮތެއް ނުބުނޭ ކުދިން. އެކަމް ވަރަށް އާ ކުދިންވެސް ތިބި. ބުނި ހުރިހާ ކަމަކަށް ބެލީމޭ." އޭނާ ކިޔާދިނެވެ.
ވިލާ އެއާގެ ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފައިވާއިރު އޭގެ ތެރޭގައި މެދު ނުކެނޑި ވިލާ އެއާގައި 5-6 އަހަރު މަސައްކަތް ކުރި މުވައްޒަފުންވެސް ހިމެނެއެވެ.
މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވިލާ އެއާގެ މުވައްޒަފުން ވަކި ކުރަން ފަށާފައި ވާއިރު، އޭނާގެ ރިސޯޓްތަކާއި އޭނާ ހިންގާ ވިލާޓީވީގެ މުވައްޒަފުންނަށް ވެސް ކަންތައް ކޮށްފައި ވަނީ މިގޮތަށެވެ. ގިނަ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ލިބެނީ 1000- 2000 ރުފިޔާގެ ދެމެދުގެ އަދަދެކެވެ.
އިތުރު ތަފްސީލް އަންނަނީ..،...
ގާސިމަށް މިހުރިހާ ހިތި ނަތީޖާ އެއް ލިބުނީ ސިޔާސީ ދާއިރާ އަށް ވަދެ ސަރުކާއި މެދު ޚިޔާލު ތަފާތު ވެގެން؟ މިކަމުން އަރައި ގަތުމަށް ޓަކައި ދެވަނަ ވިސްނުމަކަށް ދިއުމަށް ހަމަ ހިމޭނުން ގިނިކައްޏާ ހުރެ ވިސްނާލުން ބުއްދިވެރި
3023 ގަ ރައީސުލްޖުމުހޫރިއްޔާ ކަމައް ކުރިމަތިލާ އަދި ހޮވިފަކަމައް ބައެއް ބޭފުޅުން ވިދާޅުވާ ބޭފުޅާގެ ހާލު އެންމެންވެސް އެމަނިކުފާނައް ހަމްދަރުދީވެ ވޯޓުދެއްވާ.
ދެން މީނާ އުޅޭނެ ގައުމުގެ ވެރިކަން ނުލިބިގެން.
މާމިގިލީ އެޔާޕޯޓްން މިފަހަރު ބައިވަރު ކުދިން ކަޑާލާ. ބުރުމާ ލިސްޓް އޮތީ ތައްޔާރު ކޮއް ނިންމައިފަ.، ހަމަޔައް މުސާރަކޮޅު ނުދޭތާ ކިތައް މަސް ވެއްޖެ. . ދުވަހަކުވެސް ވޯޓެއް ނުދޭނަން ބާގީ ބުރުމާއަކަށް.
ޢަސްލު ހަގީގަތުގަ ސުޓާފުންނާ ދޭތެރޭ ވަރަށް އިހާނެތިކޮށް
ކަންތައްކުރީ އެހެންނޫންތޯވާނީ ލިބޭހުރިހާ ފައިސާއެއް
ނިހާނުއާ ރިޔާޒުރަޝީދާ މިހެންކިޔާނެ ކަމެއްނެއް
މި ގުރޫޕް ގަންޑު އެއްމެން ނަށް ބަހާލަނީ ދެން ކޯޗެއް
ތޯ ސުޓާފުންނަށް ދޭނީ
މައްސަލަ ތައް ކޯޓައް ހުށހަޅަން ވީ އެވެ.
ލާދީނީ ބައެއްގެ ފަހަތައް އަރާހުރި ބަޔަކަށް ނަސްރެއް ނުލިބޭނެ. ލާދީނިއްޔަތައްޓަކައި މީނަގެ ފަރާތުން ލާދީނީ މެންބަރުންނަށް ވޯޓު ދިންމީހުންނަށް މީގެ ހިތި ފެންނާނެ.
ނިކަމެތި މީހުންގެ ހަައްގުތައް ކައިގެން ަަަަަަަަަަަަަަަަަަަަަަަަަ އޭނާ ފަހެ ދާން އޮތީ ކޮންތަނަކަށްބާ
އަދި މާރޗް މަހުގެވެސް އެއްބައި މުސާރަ ނުލިބޭ ރޯދަމަސް ނިމުނީ އިނާޔަތް ނުލިބޭ
ތިބުނާ ރުފިޔާ ކޮޅު ރުފިޔާ ކޮޅުވެސް ނުލިބޭ
އަހަރުމެން މިތިބީ ކާނެ ގޮތްވެސް ނެތިފަ