މިއަދު ފާހަގަ ކުރި ފިތުރު ޢީދާއި ގުޅިގެން ރާއްޖޭގެ ޑޮމެސްޓިކް އެއާލައިންތަކުގެ ތެރެއިން އަމިއްލަ ދެއާލައިން ކަމަށްވާ ވިލާ އެއާގެ ފްލައިމީ އާއި މަންތާ އެއާއިން ފަސެންޖަރުންނަށް ހަދިޔާ ބަހައިފިއެވެ. ނަމަވެސް ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން އިން ފަސެންޖަރުންނަށް ވަކި ހާއްސަ ހަދިޔާއެއް ދީފައެއް ނުވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިމީ އިން މިއަދު ދަތުރުކުރި ފަސެންޖަރުންނަށް ވަނީ ބޮނޑިބަތް ދީފައެވެ. ފްލައިމީ އިން ބުނީ އެއީ ފިތުރު ޢީދު ފާހަގަ ކުރުމުގެ ގޮތުން އެއެއާލައިންގެ ފަސެންޖަރުންނަށް ދިން ހާއްސަ ހަދިޔާއެއް ކަމަށެވެ.

މަންތާ އެއާއިން ވަނީ މިއަދު އެއެއާލައިނުން ދަތުރު ކުރި ފަސެންޖަރުންނަށް ކްކީސް ދީފައެވެ. ކޮންމެ ފަސެންޖަރަކަށް ވެސް އީދު މުބާރިކް ޖަހާފައިވާ ފޮއްޓެއްގައި ކްކީސް ދީފައި ވެއެވެ. ގިނަ ބަޔަކު ވަނީ މަންތާގެ އީދު ހަދިޔާ ލިބުމުން އެކަން މީސް މީޑިއާގައި ފާހަގަ ކޮށްފައެވެ.

ޢީދު ދުވަހު ހާއްސަ ހަދިޔާއެއް މޯލްޑިވިއަންގެ ފަސެންޖަރުންނަށް ނުލިބުނު ނަމަވެސް ޢީދާއި ދިމާކޮށް ދަތުރުތަކަށް އޮންނަ ޑިމާންޑް އިތުރުވެފައި ވަނިކޮށް މޯލްޑިވިއަން އިން ވަނީ ޓިކެޓްގެ އަގު ބޮޑުކޮށްފައެވެ. މޯލްޑިވިއަން އިން ބުނާ ގޮތުގައި ޓިކެޓްގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން އަންނާތީއެވެ.

މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް ހެޔޮ ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެވައުދާއި އެއްގޮތައް ވެރިކަމުގެ ކުރީކޮޅު ޓިކެޓްގެ އަގު ހެޔޮ ވެސް ކުރިއެވެ. ނަމަވެސް ފަހުން ޓިކެޓް ވިއްކަމުން އައީ ވެސް އަގުބޮޑު ކޮށެވެ.

މޯލްޑިވިއަން އިން ފަސެންޖަރުންނަށް ތިން މަސް ދުވަހުގެ ތެރޭގައި ކާއެއްޗެހި ދޭނެ ކަމަށް ރައީސް ސޯލިހްގެ ސަރުކާރުގެ ކުރީކޮޅު އިއުލާން ކުރިއެވެ. ނަމަވެސް އަދިވެސް މޯލްޑިވިއަންގެ ފަސެންޖަރުންނަށް ދެނީ ޖޫސްތައްޓަކާއި ފެންތައްޓެކެވެ.

މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭ ވުމުގެ ޝަކުވާ ވެސް ވަރަށް ބޮޑެވެ. ޢީދާއި ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރަމުން ދާއިރު މިދުވަސްވަރު ފްލައިޓްތައް ޑިލޭ ވުމުގެ ޝަކުވާތައް ވަނީ ކުރިއަށް ވުރެ ވެސް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަޒާ

    ޝުކުރިއްޔާ ވަގުތު.
    މިއީ ގިނަ ރައްޔިތުންނާއި ސީދާ ގުޅުން އޮތްކަމެއް.
    މޯލްޑިވިއަންގެ މެނޭޖްމަންޓް އެބަޖެހޭ ބަދަލުކުރަން.

    49
    1
    • އަހުމަދުކަ

      އެހެންނެއް ބަދަލެއް ނުކުރެވޭނެ އިނގޭ އަހަންނަށް ބަލަދު އަރާފަ ތިބި ބައެއް އެއީ

      12
      3
  2. ާދަލޭކް

    މޯލްޑިވިއަން އަކީ ދިވެހިން ނަށް އެންމެ ދެރަ ކޮށް ކަންތައް ކުރާ އެއާރ ލައިން ބަންދު ކުރަން ވެފަ ހުރި ތަނެއް.

    52
    1
  3. ޒާ

    މޯލްޑިވިއަންގައި ޑާކާއަށް ކުރިދަތުރަކު ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފައިވޭ. މެނޭޖްމަންޓް އޯވަހޯލް ކުރަންވެފައޮތްތަނެއް އެއީ.

    15
  4. އަހުމަދު

    ކާ އެއޮޗެހި...

  5. އެޑިޓް

    މޯލްޑިވިއަން އަކީ ރައްޔިތުން ކަރަށް އަތްބާނާފަ ގޮހޮރު ދަމައި ގަންނަން އުޅޭ ތަނެއް!

    18
  6. މީހާ

    ފްލައިމީގެ ޓިކެޓް އެކި ދުވަހު އެކި އެކި އަގު -/600 ، -/875