ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ކޮވިޑް-19 ގެ ސަބަބުން ހުއްޓިފައިވީ ނަމަވެސް ޖަލުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް އަދިވެސް އުންމީދު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ނޭކުރެންދޫގައި ޖަލެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް ކަމަށެވެ.
ނޭކުރެންދޫގައި ޖަލު އަޅާނެ ސަރަހައްދެއް ކަނޑައަޅައި، އެންވަޔަރްމެންޓް އެސެސްމެންްޓް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރަން މި އަހަރު ހުޅުވައިލި ކަމަށާއި އެ މަސައްކަތް ހަވާލު ކުރުމަށްޓަކައި މައުލޫމާތު ސާފުކުރުމުގެ މަރުހަލާގައި ވަަނިކޮށް، ކޮވިޑް-19 އާ ހެދި މަސައްކަތްތައް މަޑު ޖެހުނު އިިރު އެ މަަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
ނަމަވެސް ބަޖެޓު ތަން ދިން މިންވަރަކުން މި އަހަރު ތެރޭގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"ކޮވިޑް-19 ގެ ސަބަބުން މިހާރު ވަނީ އަޅުގަނޑުމެން މަޝްރޫއު އަލުން މުރާޖައާ ކުރަން ޖެހިފައި،" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި ޖަލުތަކަކީ މުޖުތަމައުގައި ކުށް ކުރާ މީހުންގެ އަދަބުތައް ތަންފީޒު ކުރުމަށް ގާއިމު ކުރެވޭ ތަންތަނަށްވީ ނަމަވެސް ސަރުކާރުން މިއަދު އެ ވިސްނުން ވަނީ ބަދަލުކޮށްފައެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ ޖަލަށްލެވޭ މީހުންނަކީ ޖަލުގައި ރިހިބިލިޓޭޝަން ފަރުވާ ދެވި، މުޖުތަމައަށް އަވަހަށް ނެރެވޭ ބަޔަކަށް ހެދުން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އެހެންވެ، ކުރިއަށް އޮތް ތަނުގައި ޖަލުތައް އަޅާނީ އެ ވިސްނުމުގައި ކަމަށް އިމްރާން ވިދާޅުވިއެވެ.
ނޭކުރަންދޫގައި ޖަލެއް އެޅުމަށް މިއަހަރުގެ ބަޖެޓުންވަނީ 4.17 މިލިޔަން ރުފިޔާ ހިމަނައިފައެވެ.
އަދިވެސް ނޭކުރެންދޫގަ ތަން ތަން ތި އަޅަނީ ބަލަ ތިއަށްވުރެ އަށްޑޫ ނުވަތަ ހުވަދޫގަ ޖަލެއް ހެދުން މާ މުހިންމު
ރަނގަޅުވާހަކައެއް..ކުށްކުވެރިން ގިނަ ސަރަހައްދަުގަ ޖަލުއަޅަންވީ
ހަމަ އެއްވާހަކައެއް ..ހުސްދޮގު.. ޖަލުއަޅައިފި(ނަމުގަ)
ކަނޑޫފާ ހިމާޔަތްކޮށްފި (ނަމުގަ)
ބަލަ އެމްޑީޕީ ކުރީގެ ވެރިކަމުގަ އެންމެ ކުރީކޮޅު އަޅަންއުޅުނު ޖަލެއްތީ..އޭރުވެސް ބަޖެޓްލިބި ނާޅާފައޮތީ ރައްޔިތުން ގުބޯހައްދަން.. އަދިވެސް އަޅާނަމޭ ތިކިޔަނީ އަންނަ އިންތިޚާބަށް ވޯޓްހޯދަން. ޖަލުއަޅާނެކަމެއްނެތް އަމާކީތީފަރަށްދާ އުޞޫލުން.
އޭކީއްކުރަން. އެރަށިމީހުން ޖަލަށްލާންތަ؟
ހެވެއްނޫން ކޮންމެ ބަޔަކު ޖަލައްލިޔަސް