މާލޭގެ ތޮއްޖެހުމަށް ހައްލު އައުމަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ އެއްވެސް މީހަކު ހިތުން ރުހުމުން ބޭނުންވާނެ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މެންބަރު އަލީ ހުސައިން މިހެން ވިދާޅުވީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ ފްލެޓްތަކުގެ" މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
އަލީ ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ތޮއްޖެހުމަށް ހައްލު އައުމަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ އެއްވެސް މީހަކު ހިތުން ރުހުމުން ބޭނުންވާނެ ކަމެއް ނޫން ކަމަށާއި ޢެއްވެސް އިންސާނަކު ތިމާއަށް ލިބެން އޮތް މަންފާޢެއް ފިލާ ދިއުމަކަށް ނޭދޭނެ ކަމަށެވެ. ނަތީޖާއަކީ ނިކަމެތީން އިތުރަށް ބިކަވެ ބޯހިޔާވަހިކަމަށް ތަޅާފޮޅަން މަޖުބޫރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ތޮއްެޖެހުމަށް ހައްލު އައުމަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ އެއްވެސް މީހަކު ހިތުން ރުހުމުން ބޭނުންވާނެ ކަމެއް ނޫން. ޢެއްވެސް އިންސާނަކު ތިމާއަށް ލިބެން އޮތް މަންފާޢެއް ފިލާ ދިއުމަކަށް ނޭދޭނެ. ނަތީޖާައަކީ ނިކަމެތީން އިތުރަށް ބިކަވެ ބޯހިޔާވަހިކަމަށް ތަޅާފޮޅަން މަޖުބޫރުވުން.
— Ali Hussain (@AleeVoice) June 25, 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި ހިޔާ ފްލެޓްތައް ހަވާލު ކުރުން ލަސްވަމުން އަންނާތީ ގިނަ ބަޔަކު ގެންދަނީ އެކަމާ ޝަކުވާ ކުރަމުންނެވެ. މިހާރު ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިންމާ ފްލެޓްތައް ހަވާލު ކުރާށެވެ.
ހިޔާ ފްލެޓްތަކަކީ ދިރިއުޅެން ކަމުދާތަނެއް ނޫން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ އެމަޝްރޫޢަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"އަޅާފައި ހުރި 7000 ފްލެޓަކީ މީހުން ދިރިއުޅެން ރަނގަޅު ތަނެއް ނޫނޭ. މިއަދުވެސް އަޅުގަނޑު މި ދަންނަވަނީ އެހެން. މިސާލަކަށް، އެއިން ޓަވަރެއްގައި އުޅޭނެ، ފަސްހާހަށްވުރެ ގިނަ މީހުން. ތިން ލިފްޓް އެހެރީ މީހުން އަރައި ފައިބަން. ޓަވަރެއްގައި ހުރީ. އޮފީސް ގަޑިއެއްގައި، ސްކޫލަށް މީހުން ކުދިންގެންދާ ގަޑިއެއްގައި، އެ ލިފްޓްތައް ބޭނުންކުރާނީ ކިހިނެއްތޯ ގަޑިއަށް މީހުން ދާން. ދެ ގަޑިއިރު ކުރިން ކިއު ޖައްސަންޖެހޭނެ." ރައީސް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ވިދާޅުވީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއް ކަން ވަނީ މިހާރު ހާމަވެފައެވެ.
ހިޔާ ފްލެޓްތައް އިއްޔެ ނޫސްވެރިންނަށް ދައްކާލުމާއި އެކު ފްލެޓްތަކުގެ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ. ފޮޓޯތަކަށް ބެލުމަށްފަހު ގިނަ މީހުން ވަނީ މާލޭގައި މިހާރު ކުއްޔަށް ދޭ ތަންތަނަށް ވުރެ އެތަން ރަނގަޅު ކަމަށް ބުނެ، އަވަހަށް ފްލެޓްތައް ހަވާލު ކޮށްދިނުމަށް ގޮވާލަމުންނެވެ.
އެ ފުލެޓްތައް ދިނުމާއި އެންމެ ދެކޮޅީ ތި އަލީ ހުސައިންމެން އެއެއްޗެއްގެ ވަށާ ޖަހާ އެމް ޑީ ޕީ.
ގެދޮރުވެރި ވިޔަފާރި ވެރިންނެއްނުން ، ސަރުކާރު ކުރާކަންތަށް ، ދިވެހިން މަގުމަތިކުރަނީ މާލޭ ރަތްޔަތުން ކުދިކުދި ތަންކޮޅުގަ ވިއްސަކައް މީހުން އުޅެންޖެހޭ ، ކޮބާތަ ދޭން ބުނި ބޯހިޔާވަހިކަން ،
2021 ވަނައަރު އެޕާޓްމަންޓު ތަކުގެ ކުލއައް
1 ރޫމް އެޕާޓްމަންޓް ... 6500 ރުފިޔާ މަސްދުވަހައް
2 " " " 12000 " "
3 ރޫމް " " " 15000 " "
3+1 " " " 18000 " "
7000 ފުލެޓުތަކުގެ ހައްޤުވެރިންނައް ހަވާލުކުރޭ.
އަސްލުތެދެއް. އަދި އިތުރުކޮށްލައްވާ މާލޭގެ ގެދޮރު ހުރި ފަރާތްތައް އެމީހުންގެ ގެދޮރު ބޮޑުއަގުގައި ކުއްޔަށްދޭއިރު، ކުއްޔަށް އުޅޭމީހާ މިޖެހެނީ ދުވާލުހަތަރުދަމު ކުލީގެ ލާރިއާއި ފެނާއި ކަރަންޓް އަދި ކުންޏަށް ދޭނެ ލާރި ހޯދަން މީރުފެންފޮދުވެސް ގަނެލައިގެން ބޮވެނީ ކިތައްމީހުންނަށް ކަމެެއް ނޭނގޭ މާލޭގައި ގިނަދުވަހު ދިރިއުޅޭ ފަރާތްތަކަށް އަގުހެޔޮކޮށް އަމިއްލަ ތަނެއްގައި ބޯހިޔާވަހިކަމެއް ހުރުން އެއީ މިހާރު ބޭނުންކަމެއް. މިކަންކޮށްދޭނީ ކާކު؟ ކިހިނެއް؟ ކޮންއިރަކު ކަމެެއް ނޭނގޭ
ތީ މީހަކު ނުބުންޏަސް އަހަރެމެންނަށް ވަރަށް ކުރިން އެނގޭ ކަމެއް.
އައްޔާ އެހެންމީހުންގެބޮލައް ކަންކަންޖެހުމަށްވުރެ އައްޔަމެންގެނައި ރައީސާ ނައިބުރައީސްގެބޮލައްތިކަންތައްކަނޑާލިއްޔާމާރަނގަޅުވާނެ 7000 ފުލެޓް ހަތްހާސް ކޮތަކުކޮށްޓައްހަދާ އެވަރުންނުވެގެން އެތަނުގަ ފިނިސިންމަސައްކަތައްހަމަޖައްސާފަހުރިލާރިކޮޅުވެސް ބޭނުންކޮށްލާފަ މިހާރުއެދައްކާވާހަކަތައްއަޑުނާހާ ގެދޮރުވެރިންގެބޮލައްކަޏޑާލުމަކީ އެންމެޒިންމާދާރުގޮތެއްނޫން
އަލީހުސައިން އުޅޭތަ އެބަ ، ފުރިފަ ހުރީމަ ގުޑުގުޑެއް ނާޅާނެކަމަށް މިހީކުރީ ، ބަލަ ކުލި ވާހަކަ ދައްކަވާއިރު ފެންބިލާއި ކަރންޓްބިލް އެއީ ވެސް މުއްސަދިން
އަލީހުސައިން އެބައުޅުއްވާތޯ ، މިހީކުރަނީ ފުރިފަ ހުންނަ އެއްޗެހި ގުޑުގުޑު ނާޅާނެކަމަށް ، ބަލަ ކުލި ވާހަކަ ދައްކަވާއިރު ފެންބިލާއި ކަރަންޓްބިލް މިއީ ވިޔަފާރިވެރިން ބޭނުންވެގެން ރައްޔިތުންނަށް ޖައްސާ ހާލެއްބާ ، ކޮވިޑް ފެށިގެން އަައިއިރު -/200ރ ގަ އުޅުނު ގޭގައި އެންމެން ތިއްބަސް ، އެކަމަކު މިހާރު ލޮކްޑައުން ލުއިވެ ގޭގަ އުޅޭމީހުން މަދުވީމަ -/1200 ރ ގައި މިއުޅެނީ ،.މިވާހަކަ ދައްކާނެ މަޖިލިސް މެމްބަރެއް ސިޔާސީ ޕާޓީއެއްނެތް
އުސްތަންތަނަށް އެރީމައި ހާސްވާ މީހުން އުސްތަންތަނަށް ނާރާ ހަމަ ބިމުގައި ހުރޭ ފަޒީނާ ތިއީ 25 ބުރީގެ ފުލެޓަށް އަރަން ކަމުދާ މީހެއްނޫން އެހެންވެ ތިޔަހާސްވަނީ . އަމުދުން ރައީސް ޔާމީނުގެ ތަރައްގީފެނި ފަޒީނާ ހާސްވެ ހޮޑުލަވާނެ އެއީ ތިއީ ރީދޫ ޕާޓީޔަށް ގޮސް ހުސްވެފައިހުރި މީހެއް...
އިބޫސޯޅި ބުނީ ބަލާލަން ފުޓޯނަގަން ތިހާސަޅި ތަނެއްނެތޯ ފަޒޫގެ މޫނަށްވުރެވެސް ޔާމީނު ބިނާކުރި 25 ބުރީގެ ޓަވަރުތަށް މާ ނަލަޔޯ