ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ ހާލުބޮޑު ތިން މީހަކު ދަރުމަވަންތަ ހޮސްޕިޓަލްއަށް ބަދަލުކޮށްފިއެވެ.

އެ މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައި ވަނީ އިތުރު ފަރުވާ ދިނުމަށެވެ. އެ މީހުންގެ ހާލު ސީރިއަސް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިއެވެ.

އަދި މީގެ ތެރެއިން ދެމީހުންނަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޮވިޑްގެ ބަލި މީހުންނަށް ޚާއްސަކޮށްގެން ހިންގަމުންދިޔަ ޓްރީޓޮޕްގައި ތިބި ބަލި މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަން ނިންމާފައި ވަނީ، އެ ހޮސްޕިޓަލް އާންމު ހާލަތަކަށް ގެނައުމަށް ނިންމާފައިވާތީކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ޓްރީޓޮޕްގައި މިއަދާއި ހަމައަށް ފަރުވާދެމުން ގޮސްފައި ވަނީ ތިން މީހަކަށެވެ. އެއީ މި ތިން މީހުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލް އާންމު ހާލަތަކަށް ގެންގޮސް އަލުން ހުޅުވާލަން ނިންމާފައި ވަނީ ޖުލައި އެކެއްގައެވެ. ހޮސްޕިޓަލް ހުޅުވާލާނީ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް ޑީކޮންޓެމިނޭޓް ކޮށްފައެވެ.

ހަމައެކަނި ކޮވިޑް-19 އަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ޓްރީޓޮޕް ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅުއެވެ. އާންމު ހާލަތަކަށް ގެންގޮސް ޖުލައި މަހު މި ހޮސްޕިޓަލް ހުޅުވާލުމުން ކުރިއެކޭ އެއްގޮތަށް ހޮސްޕިޓަލުން ޚިދުމަތް ލިބެމުންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ކޮބާ ޔާމީން ހެއްދެވި ހޮހޮޅަ މާ ކަމުގޮސްފިތާ.
    ދިވެންނަށް މިހާރު ކޮތަރު ކޮށިވެސް އެގޭ ވ. ރަނގަޅަށް. ހަޖަމް ޕލޒ

    20
    2
  2. އޮޅުވާލި ވޯޓު

    މިއަދު ރައީސް ޔާމީނު ތިއިމާރާތް ކޮއްފަނެއްނަމް ކޮންތާކައް ވައްދާނީ ކެނެރީގެޔައްތޯ

    17
  3. ށަލާމް

    ޥައްދާނީ ބުއްޅަބޭ ފާހާނަޢަށް

  4. ައަހުމަދު

    ބަލަ އެޗް.ޕީ.އޭ އަކަށް ނޭގޭތަ މިއަށްވުރެ ތަފްސީލުކޮށް މައުލޫމާތު އާއްމު ކުރަން ، ތީ ދިވެހިން ކަމެއް ނުވަތަ ބިދޭސިންކަމެއް، އަންހެނެއް ކަމެއް ފިރިހެނެއްކަމެއް ކިހިނެއް އެނގެނީ ތިކަން ތައް ތަންކޮޅެއް ޒިންމާދާރުކަމާއި އެކީ ކުރަން ވެއްޖެއެއްނޫން.