ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޖުލައި 14 އަށް އިތުރުކޮށްފިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ނެރުއްވި ޤަރާރުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް ލަފާ ދީފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، 12 މާރިޗު 2020 އިން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 14 ޖުލައި 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާނުކުރާ ކަމަށް މިނިސްޓަރުގެ ޤަރާރުގައި ވިދާޅުވެފައި ވެއެވެ.
އަދި ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުންގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށް ވެސް މިނިސްޓަރުގެ ޤަރާރުގައި ވިދާޅުވެފައި ވެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޖުލައި މަހުގެ 14 ވަނަ ދުވަހަށް އިތުރު ކުރިއިރު، ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ވިދާޅުވެފައެވެ.
މިފިޔަވަޅުތަކުގެ ދަށުން ބުދަ ދުވަހު، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އުވާލަން ވެސް ރައީސް ޞާލިހް ވަނީ ނިންމަވާފައެވެ.
ޤާނޫނު އަސާސީގަ އޮންނަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާ އަށްކަމަށް.
އަލްހަމްދު ލިއްލާހި
ކީކޭ މި ކިޔަނީ.....!
ސަރުކާރުއިސްތިއުފާ ބިދޭސިބައެއްގެ ތެރޭމިފެތުރެނީ އެކަމެއްހައްލެއްނުވޭ އިބޫގެ ސަރުކާރައް ހައްލުވިކަމެއްނެއް ދެއަހަރުވީއިރު ރާއްޖޭގެ ހަޒާނާހުސްކޮއްލީ ދަރިންގެ ދަރިން ބޮލުގަ ބޮޑެތިލޯނުތައް ވަޒީފާގެއްލި މަރުވާ މީހުންއިތުރުވަނީ ބަލިތަކައްފަރުވާއެއްނުލިބި
ނެތީތަ މިކަމެއް ހުއްޓޭކަށް؟
ބޮޑުވެއްޖެ ކަމެއް ސަހާދަތް....!!
ސުކޫލޯ؟؟؟؟؟
ކަލެއްށް ތިކަން ނުވީ ދޯ
ކުރީން ޤަރާރު ނެރެނީ މައިމޫނާ އަބޫ މިހާރު އަމީނުތަ