މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ޕާޓީ ކުރަމުން ދިޔަ ބަޔަކު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އެކަމުން ސަލާމަތްވުމަށް މޫދަށް ފުންމާލި ވާހަކަ ބުނެފައިވާއިރު އޭނާ މޫދަށް ފުންމާލި ސަބަބު ނޭނގޭ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ މި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ މޫދަށް ފުންމާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ އަންހެން މީހާ މޫދަށް ފުންމާލި ސަބަބެއް ނޭނގޭ ކަމަށާއި ނަމަވެސް އޭނާ މޫދަށް ފުންމާލަށް ޖެހޭ ސަބަބެއް އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މަންނާނު ވިދާޅުވީ އެކަން ބޮޑަށް ސާފުވެގެން ދާނީ ތަހުގީގު ކުރިޔަށްދާ ވަރަކުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ފެނުނުއިރުގައި އޭނާ ތެމިފައި ހުރީ. އަދި މޫދަށް ފުންމާލި ކަމަށް ބަޔާނުގައި އަންނާތީވެ. އަޅުގަނޑުމެންވެސް ގަބޫލުކުރާ އެއް ލައިން އޮފް އިންކުއަރީ އެއީ. ކީއްވެގެންބާއޭ އޭނާ މޫދަށް ފުންމާލީ އެހެންވީމަ އަދި އަޅުގަނޑުމެންނަށް ޖަވާބު އެރުވެން ނެތް ސުވާލެއް އަޅުގަނޑުމެންވެސް ކަންބޮޑުވުން އޮތް ކަމެއް އަންހެނަކު ރޭގަނޑު އަނދިރީގައި މޫދަށް ފުންމާލާނެ ބާއޭ ހަމަ ކަމަކާއި ނުލާ ކޮންމެވެސް އޭގެ ތެރޭގައި ވާނެ،" މަންނާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މަންނާނު ވިދާޅުވީ އަންހެން މީހާ ޑޮކްޓަރަށް ދައްކާ މެޑިކަލް އެގްޒާމިނޭޝަން ހައްދާފައިވާ ކަމަށެވެ. އެގޮތުން މަންނާނު ވިދާޅުވީ އަންހެން މީހާ ޑޮކްޓަރަށް ދެއްކުމަށް ގެންދަން އުޅުމުން އެމީހާގެ ލިޔެކިއުންތައް އޮންނާނީ އޭނާ ދިރިއުޅޭ ތަނުގައި ކަމަށް ބުނި ކަމަށާއި އެހިސާބުން ފުލުހުން އެމީހާ ދިރިއުޅޭ ތަަނަށް އޭނާ ގޮވައިގެން ދިޔަ ކަމަށެވެ. އަދި ވިދާޅުވީ ތަކުރާރުކޮށް އަނިޔާ ލިބުނު މީހާ އޭނާ ޑޮކްޓަރަށް ދައްކަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނަމުން ދިޔަ ކަމަށް މަންނާނު ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގެ ގޮތުން އެއީ މުހިއްމު ކަމެއްގެ ގޮތުގައި އަންހެން މީހާ އަށް ވިސްނައި ދިނުމުން ޑޮކްޓަރަށް ދެއްކުމަށް އެއްބަސްވި ކަމަށް މަންނާނު ވިދާޅުވިއެވެ.

މަންނާނު ވިދާޅުވީ އަންހެން މީހާ ދިރިއުޅޭ ތަނަށް ގޮސް އޭނާ ތެމިފައި ހުރުމުން ލައިގެން ހުރި ހެދުން ބަދަލު ކުރުމާއި ހޮސްޕިޓަލަށް ދިއުމާއި ދެމެދު ވަގުތު ކޮޅެއް ނެގި ނަމަވެސް އޭނާ ޑޮކްޓަރަށް ދެއްކުމަށް ނެގި ވަގުތަކީ މައްސަލައިގެ އެއްވެސް ހެއްކަކަށް އަސަރު ފޯރާނެ ވަގުތެއް ނޫން ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން މަންނާނު ވިދާޅުވީ އެ މައްސަލާގައި ފުލުހުންނަށް އެއްވެސް މީހެއްގެ ފަރާތުން ނުވަތަ ބައެއްގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ. އަދި މީޑިއާތަކުގައި އަންހެން މީހާގެ ހެދުންވެސް އިރައިގެން ގޮސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވީ ނަމަވެސް އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް މަންނާނު ވިދާޅުވިއެވެ.

މި މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ މިފަދަ އެހެން މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކުރާ މީހުން ބަންދުކޮށް މުއްދަތު ޖެހި ނަމަވެސް މި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ހަސަނު

    ދެލޯކޮޅާ އެެއަންހެން މީހާ އެސަފާރީ އަކަށް ނުވެސް ދޭ...އޯކޭ އެއްނު..ފަތިހު މޫދަށް އެރިލަން ދިޔަތަނުން ފުލުހުން ހިފޭއްޓީ

    72
    1
  2. މާމީ

    ޙަމީދު ބުނީމަ ދޮގުހަދާދެނީ އެކަމަކު ދެކޮޅު ނުޖެހިގެން ތިއުޅެނީ .... ޕޮލިހުންގެ ވެސް އަގުވައްޓާ ލަނީ.

    27
  3. ފިލާވާޅު

    އިންސާފަކީ ގަދަބާރުން އައްމިލައްއް ހޯދަން ޖެހޭއެއްޗެއް މިހާރު، ފައިސާ ވެސް ވައްކަން ކޮށް އޭގެ ބާރު ހޯދައި ބޭނުން ކުރީމަ ގަދަރުވެރި އިހުތިރާމް ލިބޭ މީހެއްކަމައް މިހާރު މިޤައުމުގެ މުޖްތަމަޢުގެ ގިނަބަޔަކު ޤަބޫލް ނުކުރެއެކޭ ބުނަން ދަތި

    18
  4. އަހްމަދު

    މަންނާނުގެ އަންހެނުންނުވަތަ ދަރިއަކަށް މިކަހަލަކަމެއްދިމާވެއްޖެނަމަ ކޮހިނެއްބާހަދާނީ މިމީހުންނަކީ ﷲތަޢާލާއައް ބިރުވެތިވާވެސްބައެއްނޫންތާ

    23
  5. ސަމިި

    ހިތުން ވަރަަށް މޮޅު އެއްޗެއް ދެއްތޯ ތިޔަ ބުނީ.
    ޙަމިދު ތިޔަ ހެރަގެން ސޯޓު ބޭލެނީ މިހާރު

    26
    1
  6. Anonymous

    Safari Fehi Kahan Wegen Eyna Moodhah Fuhmaaaly.. ?

    14
    1
  7. ޟައުގީ

    ދެންބުނޭ ރޭޕް ކުރަން ޖެހޭ ސަބަބެއް ވެސް ނެތޭ އެހެން ވީ މާ ރޭޕްކުރި ކަ މަކައް ވެސް ނުބެލެވެޔޭ....

    22
  8. ރައްޔިތުމީހާ

    ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުރީ މުހައްމަދު ހަމީދުކަން މިބައިމީހުންނަށް އެނގޭބާ؟؟

    20
  9. އަންނާނެ

    މަހުޝަރުދުވަހަކީ އަންނާނެ ދުވަހެއް ކަން ކަށަވަރެވެ. ހަސްބުނަﷲ ވސނިޢުމަލް ވަކީލް

    24
  10. މޮޔަބެ

    މިއީ ވަރަށް އާދައިގެ ވިސްނުމެއް..އަންހެނަކު ރޭގަޑު އަދިރި މާކަނޑަށް ނުފުންމާނެ އޭނާއަށް ލިބިދާނެ ބޮޑް އަނިޔާއަކުން ސަލާމަތްވުމަށް ނޫނީ... މައްނާނުމެން މުޅި ނިޒާމު ތިޔަ ފުނޑާލަނީ...ސިޔާސީވެ ހަލާކުވީ...ތިހުރިހާ ފައިލްތައް ހުޅުވާނެ ބާކީ 36 މަސް ދުވަސް އިންޝާﷲ...

    30
  11. ހަރު

    މާވަހަރެއް ފެނިގެން ފުންމާލި ކަމަށް ވަނީ

    18
  12. ޥާވަރު

    ޢޭނާގެ ބަޔާނުގައި އެބުނީ ދެވަނަ ފަހަރަށް ބެހެން އުޅޭތީ ފުންމާލީއޭ.

    17
    1
  13. މޮޔަ

    މޫދު ދޯ؟ފެއިލް ވީ ތިޔަ އެއްފަހަރުން...

    14
  14. މޮޅުމީހާ

    މީގެފަހުން ކުށުގެ ވެށިން ދެން މީޙުން ހައްޔަރު ނުކުރާ ނެތާ.
    ޓެސްޓްވެސް މިހަދަނީ ފެންވަރުވާ
    ޜީތިކޮށް މޭކަޕް ވެސް ކޮށްފަ. ޢަންހެންކުއްޖާ އެމީހުންތިބީ ރާބޮއިގެންނޭ ބުނީމަ ފުލުހުން ބުނަނީ ރަލެއް ނުބޮއެއޭ. ޓެސްޓެއްވެސް ނުކުރަމޭ.

    17
    1
  15. ދިވެހި ފިލްމު " އެ ސަފާރީ "

    ކަލޯ ކުދިންނޭ އެ އަންހެން މީހާގެ ގަޔަށް އެ ސަފާރީ އެރީ އެހެން މީހަކު އެތާކު ނެތް . އެ އަންހެން ގޮލާ މޫދުގަ އޮއްވާ ސަފާރީ އެރީ އެގޮލާ ގަޔަށް .

    25
  16. އެމަންޖެ

    އޭނާ ފަތިހު ދުވަން ނިކުމެ އުޅެނިކޮއް މޫދައްވެއްޓުނީ ، އަންހެންމީހާއް މޫދައް ވެއްޓުނުތަން ފެނުނު އެތާ ތިބި ދެމީހަކައް އެދެމީހުން ގާތައް ހިނިއައުން ނޫންކަމެއް ނުހިނގާ އެތާކު.

    19
  17. ސަފާރީ ބެއްޔާ

    މަނިކާ ރޯއްޖާ ރަންކޮޅާ ދެލޯފުޅާ ސަފާރީއެއް އެތާ އޮތްތަ؟؟ ކެންޔާގަ މީހުން އުޅޭތެ..؟؟ ފަތަކީ ރާއްޖޭގަ ހުންނަ އެއްޗެއްތޭ..؟؟ ރާއްޖޭގާ ބަނގުރާ ބޮއިތޭ..؟؟ ކަނޑެއް އޮވޭތަ ރާއްޖޭގަ ފުއްމަން...؟؟

    18
  18. އަހްމަދު

    އޭނާ ފުންމާލީ ނަިޓް ސްނޯކްލިން އެއް ކޮށްލަންވެގެން! ބާލާބާލަ ކާލޭމެން ތިކަން ފޮރުވަން ކުރާމަސައްކަތް!

    16
  19. މަދިރި އިބުނި މޮސްކިޓޯ

    ބޭރު މީހެއްވީމަ ފަތާލާ ހިތުންހެން ހީވަނިީ ޕޮލިސް ކުދިން އެތަނަށް ކާރިވީ ރަށަކު މަންޖެއެއް ހެން ހީވެގެން އިންނާ ނަންތޯ އަހާލާށޯ އެ ސަފާރީ ގައި ތިބީ ހަރުކަށި ތުބުޅިތޯ ބުއްޅަ އިންވެސްޓި ގޭޝަން ހަދަން ވަރަށް ބޭނުމޯ ރަލުގެ ވަހެއް ނުދުވަޔޯ އަރަބި ކަރައިގެ މީހުންބޯ ގަހުވަ ވަހޯ ދުވަނީ ޕޮލިސް ބޮޑުމީހާ ބުންޏޯ މަގޯތި ކޮއި ވަރަށް ބަސްއަހާނެޔޯ

    12
  20. ދިރާސާ

    ޢެދެފިރިހެނުން ބޭނުންވީ އެ މަންޖެ ވުޟޫކުރުވަން. އެކަ މާ އުޅެނިކޮށް އޭނަ މޫދަށް ވެއްޓުނީ. ވ ދެރަ

    11
  21. ސަފާރީ

    ސަފާރީގެ ފެހިކަހަން

  22. ޑެރަ

    ޕާޓީ ކުރީ ރަލާ ނުލާ. ޖިނާއީ އެއްވެސް ކުށެއް އެމީހުން ނުކުރޭ. އެކުއްޖާ އަކީ ކެންޏާ ބޯޓަކުން ކަނޑަށް ފުއްމާލި މީހެއް. އެ ދެމީހުން އެކުއްޖާ ސަލާމަތް ކުރީ. އެހެންވީމާ ތެމިފަދޯ ހުންނާނީ. އެ ދެމީހުންނަށް އެވޯޑެއްދީ

    10
  23. ނަބާ

    މިހާރު ތިކަން ކުރިމީހުންގެ އަބުރު ގެއްލިފަ އޮތީ ، ކޮންމެ އެއްޗެކޭ ބުންޏަސް މީހުން ގަބޫލެއްް ނުކުރާނެ ކަލޭމެން ދައްކާ ވާހަކަ، ތިހެން ކިތައްމެ ދޮގެއްވެސް ހެދިދާނެ!! ކުރާނެ އެއްވެސް ފައިދާއެއް ނޯންނަނެ!! ގެއްލިއްޖެ އަބުރަކީ އަނބުރާލިބޭނެ އެއްޗެއް ނޫން! ފޫނެއް ފަޔަށް ފެން ތިފުރަނީ !

    10
  24. ހަސަންބެ

    ވަޒީފާއަށްޓަކައި ދޮގު ހަދައިދެން. މަޤާމު މަތިވުމަށްޓަކައި ދޮގު ހަދައިދެން. ކުއްޔަށް ދޮގުހަދައިދެން.

  25. ފަރީދާ

    ޥެދާ ނެ އެމީހާ ރޭޕް ނުކުރީމަ ބޮޑާހާކަ ންވެގެ ން މޫދަ ން ފުއްމާލީކަމަށް

    5
    1
  26. ކިއުން ތެރިއެއް

    ނޭންގޭ. ޢެ ސަފާރީ މޫދުގަ ބާއްވާފާ އޮތީ ކީއްވެބާ! މޫދަށް ފުންމާލުމުން އެމީހާ ތެމުނީ ކީއްވެބާ! ވިސްނާ ވިސްނާ ނޭންގުނު ހަމަ.

  27. މޫދު

    އަންހެނަކު އެގަޑީގަ މޫދަށް ފުންމާލަނީ ހާދަ ބިރެއް ގަތީމަ އޭ ދޯ؟ ތީގެ ހަގިގަތް އެންގޭނީ ދެން އެމަންޖެ ގައުމަށް ދިޔާއުމަ

  28. ކަހަނބު

    ޢޭނަ ފުމާލީ
    ޥެލަައެއް ފެނިގެނ އެނަގަން، ސާފްވެޖެ