މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19އިގެ ނިކަމެތިކަމުން އަރައި ނުގަނެވިގެން އުޅެނިކޮށް ކަރަންޓި ބިލު ބޮޑު ކުރިޔަސް ރައްޔިތުން އަތުގައި ނެތް ފައިސާއެއް ނުދެއްކޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ މާލެ ސަރަހައްދުގެ ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުވެގެން ދިއުމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19އިގެ ސަބަބުން ރައްޔިތުންނަށް ލިބުނު ނިކަމެތިކަމުން އަރައި ނުގަވެނީސް ކަރަންޓު ބިލް ބޮޑު ކުރިޔަސް ނެތް ފައިސާއެއް ރައްޔިތުންނަސް ނުދެއްކޭނެ ކަމަށެވެ. އަދި އިގްތިޞާދު ހަމަޔަކަށް އެޅެންދެން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒް ކުރަން ގޮވާލައްވާ ކަމަށާއި، އާމްދަނީ ލިބޭނެ ގޮތެއް އަދި ނެތް ކަމަށް އާދަމް ޝަރީފްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގެ މިދިޔަ މަހުގެ ކަރަންޓު ބިލްތައް ކޮވިޑް-19 އާއި ގުޅިގެން ބޮޑު ޑިސްކައުންޓެއް ދިނުމުގެ ކުރިން މަސްމަހުގެ ބިލްތަކާއި އަޅައި ބަލާއިރު ވެސް އެތައް ގުނައެެއް ވަނީ ބޮޑުވެފައި ކަމަށް ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

މިހާރު ކަރަންޓު ބިލު ބޮޑުވި މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވެވި ސިޓީގައި ވަނީ، އޭނާ ނިސްބަތްވާ ދާއރާގެ ރައްޔިތުން މިމަހުގެ ކަރަންޓު ބިލު އެހެން މަސްމަހާ އަޅައި ބަލާއިރު ހަތަރު ގުނައާއި ހަމަޔަށް ބޮޑުވެފައިވާ ކަމަށް ޝަކުވާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯ އިން ވިދާޅުވެފައި ވަނީ ކުއްލިއަކަށް ކަރަންޓު ބިލުތައް ބޮޑުވެގެން ގޮސްފައި ވަނީ ފުރަބަންދުގައި ދިން ޑިސްކައުންޓު ކަނޑާލުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފިޓްޝަރޫ

    ކަރަންޓު ބޭނުން ނުވެސް ކުރާވަރަށް ބިލު ހެދުމަކީ ބޮޑު ޖަރީމާއެއް. މީޓަރު ރީޑިންގ ބަރާބަރަށް ފޮނުވީމަވެސް ވީ ވަރު މިއީ . ސަރުކާރަށް ނުލިބޭ އާމުދަނީއެއް ވަކި ރައްޔިތުންނަށް ލިބޭނެތަ ކީކޭ ހިތައް އަރައިގެން އެހާބޮޑު ބިލެއް ތިފޮނުވީ. ކިރިޔާ ހާޓްއެޓޭކެއް ނައީ

    14
  2. ނަޖީބު އައްބާސް

    ކަރަންޓި ބިލު ބޮޑު ކުރިޔަސް ރައްޔިތުން އަތުގައި ނެތް ފައިސާއެއް ނުދެއްކޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވާއިރު؛ އާދައް ސަރީފައް އެގޭބާ ޓުއަރިޒަމު ޓެކުސްސާ ރައްތަކުގެ ކުލި ސަރޫކާރައް ނުލިބެއްޏާ ސަރުކާރުން ސަބުސިޓީ ދޭނީކޮންތާކުން ފައިސާނެގެންކަން! މަވަގުތު އެންރަޅު ގޮތަކީ ޔާމީނު ސަރުކާރުން ވަގަންގި އެތައް ބިލިޔަން ފައިސާ ލީކޮންތާކައްތޯ ޔާމީނާ ސޫވާލުކޮއް އެފައިސާ ހޯދައިގެން ސަބުސިޓީދިނުން

    1
    14
  3. ރައްޔިތުން

    ތިވާހަކަ ތަކަށް ވުރެ މާރަނގަޅުވާނެ ތިޔެ ހެރަ މަޖިލީހުގެ ރައީސް ކަންކަން ހުއްޓުވަން އުޅުނިއްޔާ، އޭނާ އެދަނީ މުޅި ޤައުމުގެ ކަރާމާތް ގެއްލުވުމުން

    17
    1
  4. Alibe

    ރައްޔިތު ން އެކަށްޗެއް ކިޔާފަ ބިލު ނުދައްކަ ންވީ. އޭރު ން ނުކެރޭ ނެ މުޅި މާލެ ސަރަހައްދަކު ން ކަރަ ންޓު ކަ ނޑާލާކަށް. ބާރުއޮތީ ރައްޔިތު ންގެ އަތްމަތީގަ.

    9
    1
    • Anonymous

      ރައްޔިތު މީހާ އެއީ ބަލިކަށި މީހެއް ހުރިހާ ބާރެއްއޮތީ ކެނެރީގެ ނަޝީދު އަތުގަ . ޔާމިނުއަށް މިހާރު އެންމެން ތީއީދު ކުރަަތީ އެކަމުގަ ބަދަލު ހިފާލަނީ ބިލުބޮޑު ކޮށްގެން

  5. ކައްބެ

    އަޅުގަނޑުގެ އަތޮޅު ބ އަތޮޅުގެ އޭދަފުށި ފިޔަވާ ހުރިހާރަށެއްގެ ކަރަންޓުބިލު މިފަހަރު އާދަޔާހިލާފަށް ބޮޑުވާނެ ކަމީ ޝައްކެތްއޮތް ކަމެއްނޫން ސަބަބަކީ މީގެ ކުރީގެބިލުތަކަށްވެސް ވަނީ މަކަރާހީލަތް ހަދާފަ ބޮޑުކޮށްފަ ސަބުސިޑީ ދެނީވެސް އާދަޔާހިލާފަށް ބޮޑުކޮށްފަ .

  6. މޮކޮސް

    އާދަމް ޝަރީފްމެން ކަހަލަ ކޮހުން މަޖިލިހަށް ވެއްދީމަ ވާނެ ފަހެތި ތިވަނީ. ތިޔަ ސޮރަކަށް ނެއެގޭ ތިމެންންގެ ގާޭގައި ހަރުކޮށްފައިހުރި މީޓަރަކަށް އަރާ ރީޑިންގ އަކަށް ކަން ބިލް ހަދަނީ. އަދި އެމީޓަރަށް ގިނައިން އަރަނީ ތިމާއާއި ތިމާގެ އައުލާދުން ބޭނުން ކުރާ ކަރަންޓެއްކަމެއް.
    ތިސޮރުގެ މީތަރަށް އަރާ ކަރަންޓު ސްޓލްކޯއިން ބޮޑުކުރަނެ ގޮތެއް ބުނެދިން ނަމަ ވަރަށް ތާހިރުވާނެ. މޮޔަނާސިރާ އަށްވެސް ތިއައްވުރެން ބޮޑަށް އެގޭނެ.

  7. ކިއުން ތެރިއެއް

    ފުރަބަންދުގާ %40 ޑިސްކައުންޓް ދިނީ ބިލަށް %40 އިތުރު ކުރުމަށްފަހު. އެހެންވެ ބިލު ކުޑައެއް ނުވި. މިހާރު ބިލުން %40 ޑިސްކައުންޓު އުނިކުރިއިރު ކުރިން ބިލަށް އިތުރުކުރި %40 ނަގަން ހަނދާނެއް ނެތް. އެހެންވެ މިފަހުގެބިލް އެއޮތީ އެހާ ބޮޑުވެފާ. މުޅިން އޮޅުވާލުން.