ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް، މިހާރުވެސް އެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް އިންތިހާބުކޮށްފިއެވެ.

ދެވަނަ ދައުރަކަށް ބައްސާމް ހޮވާފައިވަނީ އެފްއޭއެމް ހައުސްގައި މިއަދު ހަވީރު ކުރިއަށްދިޔަ އެ އިދާރާގެ ކޮންގްރެސްގައެވެ. އެފްއޭއެމް އިން ކޮންގްރެސް މި ބޭއްވީ، އިންތިހާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އާއި ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު، ފާތިމަތު ނިޔުޝާ ސޮއިކުރައްވައި މިއަދު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އަށް ފޮނުވި ސިޓީގައި އެދުނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅި ކުއްލި މައްސަލަ އިތުރަށް ދިރާސާ ކުރަމުން އަންނާތީ އެ މައްސަލަ ނިމެންދެން އިންތިހާބު ފަސްކޮށްދިނުމަށެވެ.

އެފްއޭއެމުން ފީފާގެ ސަމާލުކަމަށް ގަރާރުގެ މައްސަލަ ގެނައުމުން ފީފާ އިން ވަނީ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ވެސް ދީފައެވެ.

ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅައިދިނުމަށް އެދި މެންބަރު އަލީ އާޒިމް މަޖިލީހަށް ގަރާރު ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ގަރާރުގައި ބުނެފައިވަނީ ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެފްއޭއެމް އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެ އިދާރާގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

މިއަދުގެ ކޮންގްރެސްގައި ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ އަށް އިންތިހާބުވީ، އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނުވާތީ ވޯޓު ނެގުމެއް ނެތި އެވެ. އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނެތިއްޖެނަމަ، ވޯޓަކާ ނުލާ އިންތިޚާބު ކުރާ ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެނައީ މިއަދުގެ ކޮންގްރެސްގައި، މެމްބަރުންގެ އިއްތިފާގުންނެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވީ މާޒިޔާ، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ޕީކޭ، ޖޭޖޭ ސްޕޯޓްސް، ދަ ގްރާންޑޭ، މަހިބަދޫ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ރެޑްލައިން ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ.

ސީނިއާ ނައިބް ރައީސްގެ މަގާމަށް ހޮވުނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ނައިބް ރައީސަކަށް ހޮވުނީ އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ.

އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއު އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލައްލަލާ

    އާޒިމަށް ރާކަނި މަސް ކެވިފަ އޮންނާނީ މިހާރު،،، ރަނގަޅަށް ސައިޒް ވެފަ ތިބޭނެ

    34
    6
  2. ޠ

    ކުކުޅަށްވުރެ ބިސްދޮށިވެގެން އުޅެން ހަދައިގެން
    ފޮރި އާޒިމް ރީތި ވެއްޖެއެއްނު

    34
    3
  3. މ

    މިރާއްޖޭގައި ކަލޯމެންގެ ބާރު ދެންދާނީ ކެނޑެމުން

    35
    4
  4. ހަމްދު

    ރައްޔިތުން ގެ މަޖުލީހުގައި ފީފާ ކޮމިޓީ އުފައްދާ އެމްޑީޕީ ލާދީނީ ކުދިންކޮޅު ބޯން ބައިތިއްބަން ފެނޭ. އަދި ރޭޕުކުރުމުގައި އެމީހުން ތިބޭނެ.

    35
    3
  5. ބޯހަލާކު

    ދޮންބިލަތައް އަދި އާޒިމައް މިވީކިހިނެއް.؟

    35
    3
    • ލަލަލާ،،

      ސައިޒް ވީ

      5
      1
  6. ޝަރު

    ޢަމިއްލައަށް ތިމަންނާ އަކީ އެފްއޭއެމް ގެ ރައީސްއޭ ބުނުމަކުން އަދި އެކަން އެހެންނުވާނެކަން އެގޭނެ ސަރުކާރު ހުޅުވުނީމަ. ވަރަށް ސާފު.. ރާއްޖޭގެ ޤާނޫނަށް ވުރެ މަތީގަ ތިޔަ ބައްސާމަކަށް ނުހުރެވޭނެކަން އެގިގެންދާނެ. ސްޕޯޓްސް ކޮމިޝަނަރ އެބަހުރި ދިރި.

    2
    7
  7. ޥިދާދު

    ހާދަ ބަލިކަށި ސަރުކާރެކޭ މިވަގުތު ރާއްޖޭގަމިއޮތީދޯ؟؟ މަޖުލީހަށާއި މިނިސްޓްރީއަށް ގޮންޖަހައި ދައުލަތުގެ މުއައްސަސާއެއް ގޭންގަކުން ހިސާރަ ކުރިއިރުވެސް ސަރުކާރާއި ފުލުހުން ހަމަ ބަލަހައްޓައިގެން މިތިބެންޖެހުނީ. ތިކަމުގެ އަޑިގައި މިނިސްޓަރ ހުރިކަމަށް ބެލެވެނީ. މަޖުލީހަށް މަލާމަތް ކުރަންވެގެން ސިޓީއެއް ފޮނުވާލީ އަމާބުނީތީ ފަރަށްދާއުސޫލުން. އެއްޗެއް ބޯންދީފަ ބައްސާމް އެދިޔައީ މަޖުލީހަށާއި ސަރުކާރަށް??

    2
    1
  8. ޢމޑ

    އާޒިމް އަދި ދޮންބިލެތައް އިތުރައް ތިދެގޮނޑިވެސްނުލިބޭނެ ދާއިރާގެ ރައްޔިތުންނައް އެއްކަމެއްވެސް ކޮއްދޭބައެއްނޫންތިއީއެއް

  9. ނާހި

    ހާދަ ފޮނި މީހެެއްމީ...މީނަޔާ ހެދި މުޅި ފުޓުބޯޅައިގެ ދުވަސްގޮއްސަ.....

    3
    5
  10. ކަމަނަ

    މަޖިލީހުން ބެހެން މިދެން ކޮންކަމެއް. ސާބަސް ސާބަސް