ނަަގޫރޯޅިއެއް އެރުމުން ގެއްލުން ލިބިފައިވާ ބޮޑުފުޅަދޫ ގެއެއް – ފޮޓޯ: ކައުންސިލް
ނަަގޫރޯޅިއެއް އެރުމުން ގެއްލުން ލިބިފައިވާ ބޮޑުފުޅަދޫ ގެއެއް – ފޮޓޯ: ކައުންސިލް

އއ.ބޮޑުފޮޅުދޫ އަށް ނަގޫރޯޅިއެއް އަރާ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެރަށަށް ނަގޫރޯޅި އަރާފައިވަނީ ރޭ ގާތްގަނޑަކަށް 22:20 ހާއިރު ކަމަށެވެ.

ބޮޑުފުޅަދޫ ކައުންސިލުން ވިދާޅުވީ ނަގޫރޯޅީގެ ސަބަބުން އެރަށުން ހަ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްގެ ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

އިތުރު ގެއެއްގެ ފުރާޅު އެއްލާލާފައިވާ އިރު ދެ ގެއްގެ ބަދިގޭގެ ފުރާޅާއި ކޮޓަރީގެ ފުރާޅުވެސް އެއްލާލާފައިވެއެވެ. އަދި އިތުރު ދެ ގެ އެއްގެ ބަދިގެ ފުރާޅުން ބައެއްވެސް ވަނީ އެއްލާލާފައެވެ.

ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ނަގޫރޯޅި އެޅުމުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ގެއަކީ ވަރަށް ފަހުން ހަދާ ނިންމައި އަދި މީހުން ބަދަލުނުވެ ހުރި ގެއެކެވެ. ނަމަވެސް ގެއްލުން ލިބުނު އެހެން ގެ ތަކަކީ މީހުން ދިރިއުޅެމުންދާ ގެތަކެކެވެ.

މިހަފްތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ. މިއަދު ވެސް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެހެންމީހުންނަށް އިބުރަތެއް

  2. ކިއުންތެރިއެއް

    އެހެން މީހުންނަކަށް ނޫން އެންމެނަށް ވެސް އިބްރަތެއް