މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ އަސްލަމް މުހައްމަދު ނަމަކަށް ކިޔާ ށ. މިލަންދޫ މީހެކެވެ. އޭނާ ގެއްލުނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ.
ގެއްލިގެން ހޯދަމުން ދާ މީހަގެ އާއިލާގެ ފަރާތުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ، އަސްލަމް ގެއްލުނީ ނޯތް ހާބަރަށް ފުރަން ގޮސް ނުފުރިގެން މާލެ ތެރެއަށް ދިޔަ ފަހުން ކަމަށެވެ. ދިޔަ ގޮތަށް އަދި އަސްލަމް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
"ބޭބެއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ބޭބެއަކަށް ނޭނގޭނެ ފުރަން ޖެހޭއިރު ފާޑެއްގެ ފޯމެެއް ފުރަން ޖެހޭ ކަމެއް، ހިތައް އެރީމަ އެ އަރީ ފުރަން ރަށަށް އަންނަން ވެގެން".
އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 ފެނުމާއި އެކު މާލެ ބޭރަށް ދަތުރު ކުރުން އެއްކޮށް މަނާކޮށްފައެވެ.
އޭގެ ފަހުންް މާލެ އިން ރަށަމަށް ފުރާނަމަ ހުއްދަ ހޯދަން ޖެހޭޭ ގޮތަށް އެ ވަނީ ހަދާފައެވެ ހުއްދައި.ގެ ދަށުން، ރަށަށް ގޮސް ގޭގައި 14 ދުވަސް ވަންދެން ކަރަންޓީންގައި ހުންނަން ޖެހެއެވެ.
"މާލޭގައި އަސްލަމްބެގެ ދަރިއެއް ކައިރީގައި ހުރީ،އެ މީހުންވެސް އެ ދުވަހު ނޫނީ އޭގެ ކުރީ ދުވަހު ބަދަލުވީ އެހެން ގެއަކަށް، ބޭބެވެސް މިކޮޅަށް އަންނަން ވެގެން ފުރަން ދިޔައީ، ފުރަން ގޮސް ބޯޓަށް ނުވެސް އަރުވާނެދޯ އެ ހުއްދަ ނުދައްކަންޏާ، އެގޮތަށް ދިމާވި"، އާއިލާ ފަރާތުން "ވަގުތު"އަށް މައުލޫމާތުދިން މީހާ ބުންޏެެވެ.
އޭނާ ބުނީ، އަސްލަމް ރަށަށް ދާން ފުރަން ވެގެން ފުރަތަމަ ދިޔައީ އެއް ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ. އޭނާ ބޯޓަށް ގޮސް ދަބަސް ބަހައްޓާފައި، ފުރަންވަންދެން ދިޔައީ މާލެ ތެރެއަށް ކަމަށާއި، އެ ދުވަހު 3:00 ޖެހި ހާއިރު ބޯޓަށް އަރަން ދިއުމުން އޭނާ ބޯޓަށް އަރަން ހުއްދަ ނުދިން ކަމަށް އާއިލާއިން ބުންޏެެވެ.
އޭނާ ބޯޓަށް އަރަން ހުއްދަ ނުދުނީ މިހާރު މާލެ އިން ރަށަކަށް ފުރާނަމަ ކަންތައް ކުރަން ޖެހޭ އުސޫލުގެ ތެރެއިން ކަންތައް ކޮށްފައި ނުވުމުންނެވެ.
"ބޯޓުން ބުނަނީ ނުކެރޭނެއޭ ގެންދާކާށް، އެޗްޕީއޭގެ ހުއްދައެއް ނެތި، ދެން ބޯޓުގައި ތިބި މީހުންނާއި ދިމާލަށް އެއްޗެހި ގޮވަގޮވަފައި ދިޔައީ ވަރަށް ރުޅި އައިސްފައި މާލެ ތެރެއަށް،އެ ދިޔަ ގޮތަށް އަދި ނުފެނޭ".
މިހާރު މިކަން ވަނީ ފުލުހުންގެ ސަމާލުކަަމަށް ގެނެސްފައެވެ. އޭނާ ބުނީ އެ މައްސަލަ ފުލުހަށް ހުށަހެޅީ މި މަހުގެ ދެވަނަ ދުވަހު ކަމަށެވެ.
ފުލު ހަށޭ ހުށަ ހެޅީ؟....އިތުބާރުނުކުރެވުނަސް ވަކި އެހެން ތަނެއްޗެސް ނތްވިއްޔާ ދޯ.....
އެމީހާ އިންި ހ ބީޗްގައިން ހޮޅުއަށީގަ ބުދަ ދުވަހު އިރު އޮއްސުނު އިރު
ތި މީހާއަކީ ލޮކްޑައުންގައިވެސް މަގުމަތީގައި އާމްމުކޮށް އުޅުން މީހެއް، މީހުން ކައިރީ ލާރިޔަށް ކިޔައިގެން ސިގިރޭޓް ބޮއެ އުޅުނު މީހެއް
މަ ކައިރީވެސް ހ.ޕާކްސައިޑް ކައިރިން ލާރިދޭން ބުނި ނުދިނީމަ ދިޔައީ އެތާހުރި ޕޮލިސް ޓޭޕް ކަނޑާލާފަ،
ދެރަައީ ރައްޔިތުންގެ މައިކަށި އަށް ހުށަ ނާޅާތިީ
މިހެން މިބުނީ މިހަާރު ރާއްޖޭގެ ފުލުހުންގެ އިދާރާގެ ފައްކާ ކިޔަވާފަ ތިބި އޮފިސަރުން ތިބީ ސޮނިފުހަން ކަމަށްވާތީ
އެމީހުން ތިކަމަށް ތަހުޤީގީ ބޮޑު ބަހުސް ފަށާނެ ރައީސް ޔާމީން އާއި ހަމައިން ަަަަަަަަަަަަަަަ
.
މިހާރު އޭނަ ފެނިއްޖެ!