ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީ އަށް 22.8 މިލިއަން ޑޮލަރު (352 މިލިއަން ރުފިޔާ) ދައްކަންޖެހޭ ކަމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އިން ކަނޑައަޅަފި އެވެ.

ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުށަހެޅި މި މައްސަލަ ނިންމީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

އާބިޓްރޭޝަންގެ ނިންމުމުގައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހު ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ކޮށްފައިވާ އިންވޮއިސް އަކަށް މިހާތަނަށް ވެސް ފައިސާ ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރުގެ އެކްސްޗޭންޖް ރޭޓުން ބަލާ ނަމަ 22,823,432.68 ޑޮލަރު ދައްކަންޖެހޭ ކަމަށާއި މި ފައިސާ އެޗްޑީސީން ހަތް ދުވަސް ތެރޭގައި ދައްކަން ވަނީ އަންގައިފަ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ އެ އޮފީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މެލޭޝިއާގެ އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މާޗް މަހުއެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 123 މިލިއަން ޑޮލަރެވެ. އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް މަސައްކަތާއި ޕައިލިންގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީން ވަނީ ބުނެފައެވެ.

ނަމަވެސް މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ނުގެންދަން ވަނީ ނިންމާފައެވެ.

ޔާމީންގެ ސަރުކާރުން އެ ޕްރޮޖެކްޓް ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީ އާއި ހަވާލުކުރީ މިދިޔަ އަހަރުގެ ނިޔަލަށް ނިންމާ ގޮތަށެވެ. އެ އިމާރާތަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ހުންނަ ބޮޑެތި އޮފީސް ޓަވަރުތަކުގައި ހިމެނޭ ފީޗާސްތައް ހިމެނޭ ގޮތަށް ހަދާ ތަނެއް ކަމަށް ކުރިން އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެ ކުންފުނީގެ ޗެއާމަން ޑަޓުކް ސަޒްމީ މިއަހް، މެލޭޝިއާގެ ނޫހެއް ކަމަށްވާ މެލޭ މެއިލް އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިފަހުން އެ ޕްރޮޖެކްޓް ހުއްޓިފައިވާ ކަމަށެވެ. ސަރުކާރުގެ ޖަވާބެއް ހޯދުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަރު ވިސާމް އަލީ އާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވާހަކަ ދައްކައިގެންނާއި ސިޓީ ފޮނުވައިގެން ވެސް ހައްލެއް ލިބޭތޯ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޝްވަރާ ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ހުށަހެޅުމުން ޖަވާބެއް ނުދެއްވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ފިނޭންސް އިމާރާތުގެ މައްސަލާގައި އެޗްޑީސީން 22 މިލިއަން ޑޮލަރު ދޭންޖެހުމާއި ގުޅިގެން އަދި އެޗްޑީސީން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. މާމީ

  ޕޮޜެޖެކުޓުތައް ހުއްޓާލީމަ ރާކަނިމަސް ކެވޭތަ އިބުރާހިމާ،،،

  46
  1
 2. ނ

  ހަމަ ކޮންމެ ކަމެއް އަތަށް ގޮވަނީ ކީއްކުރާނީ ކުޑަ ފިހާރައެއް ވެސް ހިންގަން ނޭގޭ މީހުންނަށް ޖެހޭނީ މިހާލު ދެންއޮތީ ކުރިއަށް މާބޮޑުމައްސަލަ އެއް ބޮރެލް ވިލާ މަސްރޫއު ހުއްޓުވި މައްސަލަ ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގައިރާއްޖެ ފަލޭހަތްވެ ނިމެނީ މިސަރުކާރަށް ގެނެވުނު ރަނގަޅު އިންވެސްމެންޓް އެއް ވެސް ނެތް ހަމަ ސުމަކުން ދަނީ ޝާހިދު ގެ ކަމަކީ މީޑީއާ ސްޓަންޓް ޖެއްސުން 2023 އަށް އިނޑިޔާގެ އެހީގައި ވެރިކަމަށް އައުން އަޑި އަޑިން ސިއްރު އެޖެންޑާ ...

  47
  2
 3. ދޮގު

  ތީއަނެއްކާ އަނެއް ކޮރަޕްޝަން، ކާކު ބަލާނީ. ތިވާނީ ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން ޖެހި ރޮކެޓެއްކަމަށް. ރައްޔިތުންނަށްތާ ހުރިހާ ގެއްލުމެއްވާނީ. ދެން އަސްލަމު ބުނާނެ، ތިތަނަކީ ބޭނުންކުރެވޭގޮތަށްހަދާ ތަނެއްނޫންކަމަށް، އެތަން ހީވަނީ ރޮކެޓް ސައިންސް އިމާރާތެއްކަމަށް. ރާއްޖެއާ ނުގުޅޭ ސްޓައިލެއްގެ ތަނެއްކަމަށް. ދެންވީ ތިތަން ތަޅާލަންކަމަށް. އެހެނެއްނޫންތަ ފެންނަނީ، ޕާކިންގ ސިސްޓަމްތަކަށްވެސް އަސްލަންޓޭ ހެދީ އެހެން. ގައިމު އެނގޭކަމަކީ، ފައިސާތަކެއް ބޭކާރުވާނެކަން

  36
  1
 4. ރާއްޖެ

  ކަމެއް ނުކުރާ ތަނުގަ އެހެން މީހުން ކުރަން ފައްޓާފަ ހުރި ކަންކަން ވެސް ހުއްޓާލާ މުޅި ގައުމު ހަލާކު ކޮއްފި.

  42
  2
  • ނއު

   5 އަހަރުގައި ޤައުމަށް ލިބުނު ހުރިހާ ރުފިޔާއެއް ގެއްލުވާލާފަ... ދެން ލޯނުބޮލުއަޅައިގެން ތަންތަން 100 ބުރިޔަށް ހެދިޔަކަސް އެއީ މާމޮޅުކަމެއް ނޫނޭ.
   އެންމެންވެސް ހަދަނީ ހަމަ އެކައްޗެއް. ބަދަލުވަނީ މީހާގެ ނަން

   2
   22
   • Anonymous

    އެންމެންވެސް އެކައްޗެއް ނޫން ހަދަނީ. ރީނދޫ ވެރިކަމެއް ވެއްޖެއްޔާ ގައުމު ދަވާލާފަ އަބަދުވެސް ދަނީ. ދެން އެހެން އެންމެން އަރާ މިމީހުން ހޭވި ހަޑިން ގައުމު ސަލާމަތް ކުރެވޭތޯ އުޅެނީ

 5. ބޯކިބާ

  ތިވަރުގެ އިމާރާތެއްގެތެރޭނޫނީ ރާއްޖޭގެ ފިނޭންސް މިނިސްޓްރީ ރަނގަޅަށް ނުހިންގޭނެ އަސްލުގަ، ހަމައެކަނި މިނިސްޓަރަށްވެސް 10 ފުލޯވަރު ލިބިގެން މީތި ރަނގަޅަށް ހިންގޭނީ.

  14
  19
  • ޢަލިބެ

   އެތާނގައި ހުންނާނީ ހަމައެކަނި ފިނޭންސް މިނިސްޓްރީއެއްނޫން. އެއީ އޮފީސް ޢިމާރާތެއް. ފިނޭންސް ޢިމާރާތޭކިޔަނީ އެތަނަށް ދައުލަތުގެ ފައިސާއާބެހޭ ހުރިހާތަނެއް ބަދަލުކުރުމަށް ހަދާތަނަކަށްވާތީ.

 6. ހަސަނާ

  މިތާގަވީ ރސްކަމެއްގާއިމުކުރަން އޭރުން ދެންރަސްގެފާނު ބަދަލުނުވެހުންނާނެތާ އެއްސަރުކާރުން ކުރާކަމެއް އަނެއްސަރުކާރަކައް ކަމަކުނުދޭ މާލެއިން ބޭރުގަ އޮފީސް އިމާރާތެއް ނެތްކޮއްގެންވާކައް ..

  30
 7. Anonymous

  ޔާމީން ވެރިކަމުގައި ކީއްވެހޭ މަސައްކަތްތައް ހުއްޓެންޖެހުނީ.... އެންމެ ފުރަތަމަވެސް ހުޅުމާލޭގައި އެއްނުން ތިތަން ހަދަންޖެހޭނީ... އެއިރު ނުވިސްނުނީދޯ. ލޮލް

  3
  42
 8. Anonymous

  2016 ގައި ޙަވާލުކުރީ. 2018 ގައި މައްސަލަޖެހުނީ.
  ޔާމީން ވެރިކަމުގައި ކީއްވެހޭ މަސައްކަތްތައް ހުއްޓެންޖެހުނީ.... އެންމެ ފުރަތަމަވެސް ހުޅުމާލޭގައި އެއްނުން ތިތަން ހަދަންޖެހޭނީ... އެއިރު ނުވިސްނުނީދޯ. ލޮލް

  1
  33
  • ރާޅު ބޯއީ

   ކޮއްކޯ ޔާމީން ވެރިކަމުގަ އެތަނުގައި މަސައްކަތް އޮތީ ފަށާފައޭ. ގާތްގަނޑަކަށް 20 ޕަސަންޓް އޮތީ ނިންމާފައޭ. ކަލޭމެން ގެނައި މޮޅު ލާދީނީ ސަރުކާރަކުން މިކަން ހުއްޓުވިއްޔޭ ފާޑުފާޑަށް ވާނުވާ ނޭންގި ތިބެ ވާހަކަ އަނބުރަން ނޫޅެއްޗޭ. އޮޅުވާލުމާއި މަކަރާ ހީލަތް ހެދުން ނޫން ކަމެއްނެތް. ޕްރޮޖެކްޓްތައް ހުއްޓުވީމަ ވާނެ ހައެތި ތިއޮތީ ވެފަ މިހިރަ ބުރާންޗާ.

   46
   2
   • ފުރާޅު ބޯއީ

    ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނަނީ ބުނަންވެގެން. އާރޓިކަލް ކިޔާލީމަވެސް އެނގޭ 2016 ވަނަ އަހަރު ހޭވުނު "ހަޑި" އަށް ހޭދަވި ރުފިޔާކަން ދޭންޖެހިގެން މިއުޅެނީ.

    2
    11
 9. ރޯދަ މުބާރިކް

  މި އޮތީ ކަމެއް! އެކަކު ކުރީމާ އަނެކަކަށް ކަމުނުދާ އުސޫލު ބަދަލު ވާކަށް ނުވޭތަ އަދިވެސް! އެނގިދާނެތާ، ފައިސާ ނެތް އިރު، މި ސެޓްލްކުރާގޮތްބަލަމާ!

  28
  1
 10. އަބްދޫ

  މި ފެންނަނީ ސަރުކާރުގެ ނާގާބިލް ކަމާ ވިސްނުމެއްނެތްކްން

  35
 11. އަލީ

  ތިތަނުގެ މެނޭޖްމަންޓް ވަރަށް ބޮޑަށް ކޮރަޕްޓްވެފައި އޮތީ. ރިޝްވަތު ގެ ކަންތައް ވަރަށްބޮޑު.

  19
  2
 12. ސޭކްސްތާން

  ކޮވިޑަށް ލިބުނު އެހީކޮޅު ދައްކަން ރެޑީވޭ. އެ ނޫން އެކައްޗެއްވެސް ނެތް. ގެރި މޯދީގެ ބަހުން ޚާލީ ހާތު. އަދިވެސް ރައީސް ޔާމީނަށް ލަނޑުދޭން ޕްރޮޖެކްޓްތައް ހުއްޓުވާ.

  10
 13. ޙ

  މިތަނަކީ ފިނޭންސް ގެ އިތުރުން ރާއްޖޭގައި ބޭރުމީހުން ހިންގާ ބޮޑެތި އިންވެސްމަންޓްގެ އޮފީސް ތަކާ އިގްތިސާދީ ބޮޑު ވިޔަފާރީގެ މަރުކަޒަކަށް ހަދާތަނެއް. ޢަދި ހުރަވީ .ގާޒީ ބިލްޑިން ގެ އޮފީސް ތައް ވެސް ބަދަލު ވާތަން...ހިއްސާގެ ބާޒަރު އުފައްދާތަން..ނޭގޭ ބަޔަކަށް ކިތަންމެ ވަރަކަށް ކިޔާދިނަސް ނޭނގޭނެ...

  14
 14. ސަރަކައެނބުރޭ

  އެއްބަޔަކަށް ގެއްލުމުގެބަދަލު އަނެއްބަޔަކުއާބިޓްރޭޝަނަށް ހިނގައިދާނެތީ ގެއްލުމުގެބަދަލު ދީހެދީ ބޮޑުކަޓެއް ޖަައްސައިގެން. މެލޭޝިއާ ކުންފުނިން ކަޓުނުދޭތީ ފޫއަނބުރައަނބުރާ ތިއްބާ އެގޮވީ އަތަށް. ދެން އަވަހަށް ޒުލުގަ ރެސްޓޯރަންޓު ހުޅުވައިގެން ރާކަނިމަސް ކައްކަންފަށާ.

  11
 15. އަހުމަދު

  ސަރުކާރުގެ ގިނަ އޮފީސް ތައް ވެސް މިހާރު ހިންގަނީ ބޮޑު އަގުގައި ކުއްޔަށް ތަންތަން ހިފައިގެން އެހެންވެ އެ އޮފީސް ތައްވެސް މިތަނަށް ބަދަލް ކުރަން އޮތީ ނިންމަފައި ހިންގުމުގެ ޚަރަދު ކުޑަ ކުރަން މިހާރު މާލޭގައި ހުރި ފިނޭންސް ބިލްޑިންގ ވެސް ހުސްވާނެ
  ވިސްނުމެއް ނެތް މީހުންނަށް އެއް ކަމެއް ވެސް ނުކުރެވޭނެ