"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ބައެއް ފަރާތްތަކުގެ ނަންތައް ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްބަޔާނެއް ނެރުއްވައިފިއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ގެޒެޓް ކުރައްވާފައިވާ މި ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދިH4 ،H5 ،H6 ، H8 އަދި H10 މި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކެވެ.

މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް އަދި މުޅީން ނިމިފައިނުވާތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީއިން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައްވެސް ޢާންމުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި، މިއީ ފްލެޓް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށްވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަ ކުރައްވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

H4 ލިސްޓް

H5 ލިސްޓް

H6 ލިސްޓް

H8 ލިސްޓް

H10 ލިސްޓް

މިއަދު ޢާންމުކުރެއްވި ލިސްޓުގައި ހިމެނޭ ފަރާތްތަކުން 14 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އެދިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ލޮކްޑައުން

    ފޯމު ހުށަހަޅާ ފައިވާ، އަދި ފުލެޓް ކޮމެޓީން ގުޅާފައިނުވާ، އެކަމު ލިސްޓުގައި ނުހިމެނޭ ފަރާތްތަކަށް އަމަލު ކުރުމަކަށް އެއްވެސް ގޮތެއް ކަނޑައަޅާފައި ނުވޭތޯ؟

    23
    2
    • ނިޔާ

      ކިހިނެއް އެއަށް ގޮތެއް ކަނޑައަޅާނި 1 ރޫމް އެޕާޓްމަންޓުތައް ދިރުވާލަން އުޅޭ ބަޔަކު؟؟ ކުންފުނިތަކުގެ މުވައްޒަފުން ކެމްޕޭނަށް ނެރުމަށް އެ އެއްކޮޓަރީގެ ފުލެޓުތައް ވެސް މުވައްޒަފުންނަށް ދޭން އަނބުރާ ގޭސްގަނޑެއް.. އެކަމު އެއްބަސްވުމުގެ ދަށުން އެއީ ހިޔާގެ ސޯޝިއަލް ހައުސިންގެ ބައެއް..މިހާރު ފަހި ދިރިއުޅުންކިތާ ޓެރަރިސްޓް ކުންފުންޏަކުން އަންގައިފިކަމަށް ވަނީ އެއްކޮޓަރީގެ ފުލެޓުތައް މާކުޑަވީމަ ބޭނުމެއް ނޫނޭ.. އެއީ ކޮންބައެއްތޯ ރައްޔިތުންގެ ހައްޤެއް ބޭނުމެއް ނުވެއޭ ބުނެ ދޫކޮށްލަން؟ ހައްޤުވެރި ރައްޔިތުން އެކަން ނިންމާނީ.. އެކަން ބަލާ ދަޢުވާ ކުރަންޖެހޭނެ.. މިކަމާ ދެކޮޅަށް ނޫސްވެރިންވެސް ތެދުވެ އަޑު އުފުލައިދީ...

      19
  2. ހާލުފޮޅި

    ފޯނު ނުނަގާނީ ބޭނުން ނުވާތީ.. ފޯނު ނެގި މަޢުލޫމާތު ދިން ޝަރުތު ފުރިހަމަ ވާ މީހުނަށް ދީ ތިކަން ނިންމޭތޯބަލާ.. ވަކި ބަޔަކު ފޯނު ނުނަގައިގެން އިތުރު 3 އަހަރު

    9
    35
  3. ހަސަންބެ

    ތިގޮތަށް ފޯންނެގި ފަރާތް ތަކަށް މަހޭޝް ވަރަން ކަދުރު ވެސް ބެހި.

    14
    1
  4. Anonymous

    ޝަރުތު ހަމަވޭ. އެޗް 10 ގެ އެންމެ ކުރީގަ ފޯމް ނަންބަރު އެއިނީ. އެކަމަކު ނުގުޅަ. އަދި ނުގުޅޭ ލިސްޓުގައި ނަންވެސް ނެތް. ލިސްޓުގައި ނަން ނެތް މީހުންނަށް ފޯމް ފުރެންވެސް ނެތް. ކިހިނެއް ކަންކަން ކުރާބައެއްތަ ތި ފްލެޓު ކޮމިޓީގަ ތިތިބީ. ވާނުވާއެއް ނޭނގޭ.

    19
  5. ފުލެޓުވަގުން

    ވަގުތު އެއްކޮޓަރީގެ އެޕާޓްމަންޓު ލިބުނު ފަރާތްތަކުގެ ހައްޤުޤައި އެއްވެސް އެއްޗެއް ނުބުނެ އަޑު ނޫފުލަނީ ކީއްވެތޯ؟ އަޅުގަނޑު ވަރަށް ދެރަވެއްޖެ މިކަމާ.. ތިޔަ ބޭފުޅުންނަކީ މި ސަރުކާޒު ޒިންމާކުރުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ފަރާތް.. ފުލެޓު ވަގުންތައް އެއްކޮޓަރީގެ އެޕާޓުމަންޓު ތައް ދިރުވާލާ ދޮގު ހަދައިގެން އެހެން ބަޔަކަށް އެ ބަހާލަން ނިންމައިފި..

    12
    • ހީދް

      އަސްލުވެސް !!! ވަގުތު ނޫހުން އެބަޖެހޭ މި 1 ރޫމް ތަންތަނަށް މިހަދަން އުޅޭ އެއްޗެއް ހޯދާ ހާމަކުރަން !!!!

    • Anonymous

      1 ކޮޓަރި ފްލެޓް ތަކަކީ ސަރުކާރު ކުންފުނިތަކުން ހަދާ ފްލެޓް ތަކުން ކުންފުންޏާއި މިނިސްޓްރީން އެއްބަސްވާނަމަ ލިބެންހުރި ފްލެޓްތަކެއް. ކަމަކަށް ކަމެއް ކޮށްފައިއޮތީ، ޔަޤީންކަމެއް ނެތް އަވަހަކަށް ލިބޭނެކަމުގެ. ކޮންޓްރޯލް އޮތީ ކުންފުނިތަކުގައި. ކުންފުނިތަކުން ކަނޑައަޅަނީވެސް ދެވޭނެ ފްލެޓްވެސް. ވެރިކަމުން ވެއްޓެމުންވެސް ދެންއަންނަ ސަރުކާރަކަށް ޖެއްސުންވާނެ ހުރިހާ ކަމެއް ކޮށްފަ.

  6. ރަބަރޭ

    ބައްލަވަ ތިޔާއީ ހިޔާފުލެޓުތަކެއް ނޫނެއް ނޫންތޯ ކޮތަރު ކޮއްޓެއްނު އޮޅުނީ ދެއްތޯ
    ބޮޑުވަރު

    12
    1
  7. Mahujanu

    ސިވިލްސާވިސް ކެޓަގަރީއަކީ ހިޔާ މަޝްރޫޢުގައި އެންމެ ފުރަތަމަ އިއުލާންކުރި ކެޓަގަރީ، އެންމެ ފުރަތަމަ ފޯމް ހުށަ ހެޅީވެސް މިކެޓަގަރީން، މިއީ ދިރިއުޅުމުގެ ހާލަތު ބަލަންއޮތް ކެޓަގަރީއެއްނޫން، މި ހާ ހިސާބަށް އައިއިރު ސަރުކާރުން މިކެޓަގަރީއާބެ ހޭ އެއްވެސް ވާ ހަކައެއް ނުދައްކާ، ލިސްޓް ނެރުނީވެސް މިނިސްޓްރީތަކުގެ ނޯޓިސްބޯޑަށް، މި ކެޓަގަރީގެ ލިސްޓް ނުނެރެވެގެން ތިޔަ އުޅުއްވާ ސަބަބަކީ ކޮބައިތޯ؟ މި ކެޓަގަރީއަށް ހޮވުނު ފަރާތްތަކަށްވެސް އޮތީ ލިޔުން ހަވާލުކޮށްފަ.

    10
  8. ކޮތަރު

    މިކޮށްޓަށް ވަންނާނީ ރީނދޫ ކޮތަރުތޯ ނޫނީ!

    11
  9. ކޮވިޑް-19

    0-ޓޮލަރެންސް

  10. އަބްދޫ

    ފޯނުން ގުޅުނަސް ނުގުޅުނަސް ނާމީނު ގެ ސަރުކާރުން ނިންމާ ގެޒެެޓް ކުރި ލިސްޓަށް ފްލެޓް ދޭންޖެހޭނެ، އެލިސްޓުންބަޔަކު ބާކީ ކޮށް އެހެންބަޔަކަށް ފްލެތް ދީފިނަމަ ސަރުކާރު ބަދަލުވިހާ އަވަހަކަށް އެލިސްޓުގަ ނެތި ފްލެޓް ދިން މީހުންއެތަންތަނުންނެރެ ކުރީގެ ލިސްޓުން ނުލިބި ބާކީކުރިފަރާތަކަށް އެތަންތަންދެވޭނެ ކަމާ.. ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެފްލެޓްދިންފަރާތްތަކަ ދެކޮލަށް ދައުވަކުރެވިދާނެކަން ހަނދުމަފުޅު ބެހެއްޓެވުންއެދެން

    15
    1
  11. ސޯކާބެ

    ތިޔަ ލިސްޓް ތަކުގަވެސް ގިނައީ ރައްރަށުގެމީހުން މިހާރުވެސް ގޯތި ދެނީވެސް ރައްރަށުގެމީހުންނައް މިމާލޭގެ ރތައްޔިތަކައް ބިންކޮޅެއް ދެވޭނެ ޢިޙްލާސްތެރި ވެރިޔަކުނާރާ ހައްތާވެސް ބައްލަވަނީ އެދިގުރާސްތާ 30 އަހަރު ފެއްޓި މާލޭގެ މީހުންނައް ގޯތިނުދީ ނަސްލީއިމްތިޔާޒެއްގެދަށުން އަޅުވެތިކުރުމުގެ ސަގާފައް ދިރުވާއާލާކުރެވޭތޯ ވޯޓް ލާންވީމަ މިމާލޭގެމީހާ ލޮބުވެތި މިވަނީ ގާނޫނޫ އަސާސީންދީފައިފާ ހަމަހަމަކަމުގެ އުސޫލްތައް މުގުރާލާ ގާނޫނާ ޙިލާފައް އަޅުވެތިކުރުން ނަސްލީއިމްތިޔާޒެއްގެދަށުން

    1
    1
    • ފޮނިމީހާ

      އަޅުގަނޑަކީ ރާއްޖެތެރޭ މީހެއް. ރަށުން ގޯއްޗަކަށް ހުޅުވާލީމަ ކުރިމަތިލީން. މާލޭގަ ދިރިއުޅޭތީ ގޯއްޗެއް ނުލިބުން. ވަންނާނެ ތަނެއް ނެތީމަ ރަށައް ދެވޭކައްވެސް ނެތް. އަމިއްލަ ގައުމުގަ އަޅުގަނޑަކީ ރެފިއުޖީއެއް.

      މަތީގައިވަނީ އަޅުގަނޑުފަދަ އެތަކެއް ރާއްޖެތެރޭ މީހުންގެ ހާލަތު.

  12. އެމަންޖެ

    މިވެސް ކަމެއް ކުރަމޭ ކިޔާފަ ދެންކުން ތެރިކަން.

  13. މުނިޔާ

    ގުޅީފަޅުން ފުލެޓަށް ފައިސާދެއްކި މީ ހުންނަށް މަ ހަކު -/12،000 ރުފިޔާގެ މަގުން 4 ލައްކައަށްވުރެ ގިނަ ފައިސާ ދޭންނިންމި ނިންމުމާ އެއްގޮތަށް ހިޔާ ފުލެޓް ލިބުނު މީ ހުންގެ ތެރެއިން މިސަރުކާރުން ބޭއިންސާފުން އެއްވެސް ފަރާތެއްގެ ފުލެޓް އަތުލައިފިނަމަ އަންނަ ސަރުކާރުން ބަދަލު ދޭންޖެ ހޭނެކަން ވިސްނާތި.

    1
    1
  14. ސަމްސާ

    އޭދަފުށި ސައްފާޒް އަކީ އެމްޑީޕީގެ ބޮޑެއް އޭނައަށް ޔަގީނުންވެސް ގުޅޭނެ މީ އެންމެން ދަންނާނެ ކަމެއް ވަކި ބަޔަކަށް ދޭންވެގެން ނެރިފަ އިން ލިސްޓެއް މީ

    1
    1
  15. ޏުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ

    ރީނދޫ ކުދީން ނުވަންނާނެދޯ ކޮތަރު ކޮށްޓަކަށް ރައީސްޔާމީން ވެރިކަމަށް ނައިނަމަ ތިކޮތަރު ކޮށި ތަކެއް މިއަދަކުނު ހުންނާނެ ރީނދޫ ވަގުން ބަގުޑިބައްދާކަށް ބާރަށް ބަގުޑި ބައްދާތި ރައްޔިތުންނަށްޓަކައި ތިފެންވަރަށް ތިފަދަކުރިއެރުމެއް ގެނެސްދެވޭނެ ފެންވަރުހުރި ތެދުވެރި އަމާނާތްތެރި މީ ހަކު ތިލާދީނީ ބައިގަނޑު ތެރެއަކުނެެތްކަން މިއަދުރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަމުންމިދަނީ ތިބައިގަނޑު އުޅޭވައްތަރުންވެސް ރައްތިތުންނަށް އެނގޭ ތިބަގަނޑަށް ރައްޔިތުންނަށް ފައިދާ ހުރި އެއްވެސްކަމެއް ނުކޮށް ދެވޭނެކަން

  16. މިނިސްޓަރ އަސްލަމް

    ފުލެޓް ތަކުގެ މައްސަލަ ބަލަނީ ފޫކޮޅުންބާ ؟ ކޮބާ އެޗް 13...ނުކުޅެދޭ ކެޓަގަރީ...

  17. ޣަހުމީދާ

    ގުޅި ފަޅުން ފުލެޓް ނުލިބު މީހުންނަ ހިޔާމަސްރޫގެ ގުލެޓް ދޭކަ ނުޖެހޭނެ މި ފުލެޓްތައް.މިޙަރު ވެއްޖެ ބޮލު ރިހުމަކަ ާާާާާާާާާ ކަލޭމއންނަ ފުލެޓް ނޭޅެނެކަން ޔަގީންވިއޔާ ރައްޔަތުން ގަނަ ތަޅުވނީ