އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކަންބޮޑުވުންތައް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމާއި ހިއްސާ ކުރައްވައިފިއެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުން މިއަދު ވަނީ ޕީޖީ އޮފީހަށް ވަޑައިގެން ޝަމީމާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ލީޑު ކުރައްވަމުން މިހާރު ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވަނީ ދައުލަތުގެ އެހެން މުއައްސަސާތަކާއި ހިލާފަށް ޕީޖީ ޝަމީމްގެ ކިބައިން ފެނިވަޑައިގެންނެވީ ޒިންމާދާރު ސިފަތަކެއް ކަމަށް ވިދާޅުވެފައެވެ.
އަދުރޭ ވިދާޅުވީ އެ ބައްދަލުވުމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އާއި ދެކޮޅަށް އުފުލަމުންދާ ދައުވާތަކާއި ގުޅޭ ގޮތުން ޕީޖީ ޝަމީމާއި އެކުގައި މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލު ކުރަމުން އަންނަ ބައެއް ކަންކަމާއި ގުޅިގެން ވެސް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުން ޕީޖީ ޝަމީމާއި އެކުގައި ބޭއްވި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ވަނީ އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމަނާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓު ނެރުނު ފަރާތްތަކަށް ފިޔަވަޅު އެލުން ލަސްވާތީ އެކަމާއި ގުޅިގެންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދުރޭ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މުޖުތަމައުގެ ތެރޭގައި މިހާރު އެންމެ ބޮޑަށް ހިނގަމުން އަންނަ ޖިންސީ ގޯނާ ކުރުމާއި ރޭޕްގެ މައްސަލަތަކާއި ގުޅޭ ގޮތުން ވެސް އިދިކޮޅުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
އަދުރޭ ތިޔަހީކުރާކަހަލަސޮރެއްނޫންތިޔައީކީ ބޭރުފުއްވަރައްސާފުވާނެ އަދުރޭމެން ބަލަންތިބޭ ތިސޮރުގެއަމަލުތައްހުންނަގޮތް ތިޔަވިދާޅުވާހުރިހާކަމެއް އެންމެގާތުން އެންމެސާފުކޮށް އެނގޭއެކަކުތީ
ތި ޝަމީމަކީވެސް ދެދަޅުލީ ޝައިތޯނެއް. އެމްޑީޕީގެ ޝައިތާނުންނާއި ވާހަކަ ދައްކައިގެން ދުވަހަކުވެސް އިސްލާމްދީނާއި އެއްކޮޅަށް އިންސާފެއް ނުލިބޭނެ. ޕީޕީއެމް ބޮޑުންގެ ބައިގަނޑު ތިއުޅެނީ ބޯގަމާރުވެގެން. (ah! when were they not stupid)