ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ޓްއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލަ ގެންދަނީ ތަޙްޤީޤު ކުރަމުން ކަން ފުލުހުން ކަށަވަރު ކޮށްދެއްވެވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައި ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ކަށަވަރު ކޮށްދެއްވި ގޮތުގައި އެކަކަށް ވުރެ ގިނަ މުވައްޒަފުންނަށް މިނިސްޓަރު އަލީ ވަހީދު ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ ފުރަތަމަ މައްސަލަ ހުށަހެޅީ ރައީސް އޮފީހަށެވެ. އެމައުލޫމާތުތައް ހުށަހަޅާފައި ވަނީ "ވިސަލްބްލޯވާ" ޕޯޓަލް މެދުވެރިކޮށެވެ.

މީގެ ކުރިން ވަނީ އަލީ ވަހީދު ރަހުމަތްތެރިންތަކަކާއި އެކު މިނިސްޓަރު އައިޝަތު ނަހުލާ އާއި ގުޅޭ ގޮތުން ވެސް އަޙްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ ވާހަކަތައް ދައްކާފައެވެ. އެވާހަކަތަކުގެ އޯޑިއޯ ލީކް ވެފައި ވެއެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ ވާހަކަތައް ވެސް ހިމެނެއެވެ. ނަމަވެސް އެކަމާއި ގުޅިގެން އަލީ ވަހީދާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުމުން ވެސް އޭނާ ވަކިކުރުމުގެ ބަދަލުގައި އިސްތިއުފާ ދެއްވަން އެންގެވުމުން ރައީސް ޞާލިހަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ސަމީ

  ހަމަ މިރޭތަ ހުށަހެޅީ . ނޫނީ ކުރންވެސް ހުށަހޅާފަ ތަ އޮތީ . . މަޤާމު ގެއްލުނީމަ ތިޔަ ބަލަން ފައް ޓަނީ ނޫންތޯ. ދެން ކޮބާތޯ ހޯރަ އިއްބެ އަދި ކޮބާތޯ ސަފާރީ ކުދިން ކޮޅު

  26
  1
 2. ހުސެން

  ފިލާފާނެ ސަމާލުވާތި

  15
  2
 3. ޢަލިދީދީ

  ‎ތިޔަކަހަލަ ކަންތައްތަކެއް ހައުސިންގ ގަ ހިނގާ އެބަ އަންހެނަކު އެކަންތައް ކުރަނީ މީ ވެސް ހަމަ ވަރައްބޮޑު ހެރޭސް މަންޓެއް ހިނަގާތަނެއް. ޢަސްލަމް އަދި ސިވިލްސާވިސް ހޭއަރާނީ ކޮން އިރަކުންބާ. ބޮޑު މުސީބާތެއް ލައްވާލީ މިފަހަރު އަސްލަމް މިކަމާ ފުންކޮއް ވިސްނަވާ ނޫނީ ވަރައް ނުރައްކާ ވެދާނެ. މީ ވަރައް ވާހަކަ.

  12
 4. ޚަރުން

  ޕަޓާސް ބަރިއެއް ހެން ކުރިއަށް ގެންދަވާ.އެންމެ ފުކެއްވެސް ދޫނުކުރާތި.....

 5. އިބްރާހީމު

  ސުވާލަކީ ތީ އެމްޑީޕީ މީހެއް ނަމަ އެއްވަނަ ގިޔަރުގަ ތިކަން ދިޔައީސް ބާއޭ؟

  13
 6. Anonymous

  އަވަހެއްނުން ދޯ ލޮލް. ފުލުހުން އެހެން ހުރިހާ ކޭސްތައް ހުއްޓާލާފަ ތިކަމާއެއްނުން އުޅެންވީ.... ޖިންސީ ގޯނާ އަދި ރޭ-ޕްގެ އެހެނިހެން ކޭސްތައް އޮތީ އޮތްތާނގަ

  16
 7. ފިޓްޝަރޫ

  މިހާރު އަންހުން ކުއްޖަކާ ކުޑަކޮށް ފްރޭންކް ވެލިޔަސް “ޖިންސީ ފުރައްސާރަ...“ ބައެއްފަހަރު ހީވޭ ނަހަމަ ގޮތުގަ މީހުންގެ ބޮލުގަ ދޮގު ތުހުމަތު އަޅުވަން އުޅެނީހެންވެސް ... ދެން ތިއެއް އިނގޭނީ ތަހުޤީގު ނިމުނީމަތާ ދޯ
  އަނެއްކާ ތިޔަކަމެއް ދިމާވި މީހުން މައްސަލަ ފުރަތަމަ ހުށައެޅީ އޮންލައިން ޕޯޓަލްއަކަށް... އެކަން ހިނގިދުވަހު ފުލުހުންނަށް ރިޕޯޓު ކުރަންޖެހޭނެ ދޯ މިހާރު ސީސީޓީވީއެއް އޮތްނަމަވެސް އޮންނާނީ ޑިލީޓުވެފަ އޮޅިގެން

  11
  1
  • ރ

   ޖިންސީ ގޯނާ ކުރުން އަންހެނެއްގެ ގައިގަ ނުހައްގުން ހުއްދަ ނެތި އަތް ލުންވެސް އެއީ... ޖިންސީ ގޯނާ ކުރުމަކީ ކޮބައިކަން ދަސް ކޮށް ދޭން ޖެހެނީ ފުރަތަމަ މިތިބަ ބޮޑެތި ފިރިހެނުންނަށް... ކިހާ ދެރަކަމެއް...

   1
   1
 8. އހ

  މަޖިލީހުން ތަހްޤީޤު ކުރުމަށް ގޮވާލަން.. މައްސަލަ މަޖިލީހަށް ފޮނުވާ،

  11
  1
 9. އީތޭން

  އަލީ ވަހީދު އެކަނިތަށް އިސްތިއުފާ ދޭން ޖެހެނީ؟ ކޮބާ އެމްޑީޕީ ރޯޔަލް ރޭޕިސްޓުން؟ އެމްޑީޕީ ރޯޔަލް ރޭޕިސްޓުން ހިމާޔަތް ކުރާ މީހުންތަށް ވެސް އިސްތިއުފާ ދޭން ޖެހޭ.... އެމްޑީޕީ ރޯޔަލް ރޭޕިސްޓުންގެ މައްސަލަ ބަލާ އިސްތިއުފާ!!!!

  14
 10. ޑައެލޯގް

  ތިޔަމައްސަލަ ހިނދޭނީއެވެ. މައްސަލަ ހިގިޔަސް ހިގާނީ އެމައްސަލަ ދިމާވެގެން އުޅެނީ އެމްޑީޕީއާ ގުޅުންހުރި ކުދިންނަށްވާނަމައެވެ. ކިބޫ ޖިންސީ ޝިކާރައާމެދު ނަފުރަތުކުރާނަމަ ހޯރަ އިއްބެ ދުލެއްނުކުރާނެއެވެ. ރޯލުމަކީ ކިބޫ ހަމްދަރުދީހޯދަންކުރާކަމެއްކަންހާމަވެއެވެ.

  13
 11. ކާފަބޭ2020

  ތިޔައީރޯޔަލްފެމިލީމީހަކަށްނުވާތީ ފަސްވަނަގިޔަރުގަތަހުގީގު ކުރާކަންދައްކާނެ! ސަފާރީރޭޕްގެމައްސަލައިގެކަރުދާސްތަކަށް ކޮފީތަށިއެޅުނީތޯ؟ މިފަހަރު ބޮޑުކަރަޔަށްބޮޑުގޮތް ކުޑަކަރަޔަށް ކުޑަގޮތްވާތަންފެންނާނެ! ތިޔައިދާރާގެ އަގުވައް ޓާލެވޭނީއޭރުން ސިޔާސީއެކް ޓެވިސް ޓަކު ތިތަނަށްލާފައެހެރީވެސްއެބޭނުމުގަކަން ހަމަހޭގަތިބޭމީހުނަށް ޔަޤީން !

  11
 12. ނ

  ޖަމަލު ފޮޑި އަށް ވާނީ ބާރު އަޑެއް ކިޔާނީ ވަހެއް ނުހުންނާނެ

 13. ޢިއްރަތްތެރި

  ކޮބާ މިމައްސަލަވެސް ބަލަން ޖެހޭނީ މަޖިލިސް ކޯޓަކުން ނޯންތޯ؟ ޕޮލިހިން ތިބޭނީ ކާކީ ސޯޓްބުރީގައި ފޯރިމަރަން ނޫންތޯ؟