މަނީ ލައުންޑަރ ކުރުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައުލަތަށް 5 މިލިއަން ޑޮލަރު ދެއްކެވުމަށް ކުރި ހުކުމާއި އެއްގޮތަށް އެފައިސާ ދައްކާފައި ނުވާތީ، އެ ފައިސާ ހޯއްވުމަށް ކޯޓަށް ވަޑައިގަންނަވަން ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ނިންމަވައިފިއެވެ.
މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވެ، ރައީސް ޔާމީން، ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ޙުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އެ ހުކުމްގައި، ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނާ އެއްމިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
އަދި އެފައިސާ އަކީ އޭސީސީ އިން ތަޙްޤީޤު ކުރާ މައްސަލައެއް ކަން އެނގިހުރެ، އެފައިސާ ޝައްކު ކުރެވޭ ހާލަތުގައި ހުރި ފައިސާ ކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާތީ މަނީ ލޯންޑްރިން ކުށުން ރައީސް ޔާމީން ކުށްވެރިވާ ކަމަށް ކަނޑައަޅާ ރައީސް ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރާކަމަށެވެ.
ކްރިމިނަލް ކޯޓުން ހުކުމް އިއްވީ ފަސް މިލިއަން ޑޮލަރު މީރާ މެދުވެރިކޮށް ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށެވެ.
ކްރިމިނަލް ކޯޓުން ދިން މުއްދަތު މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހަށް ވަނީ ހަމަވެފައިވާތީ ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، އެ ހުކުމާ އެއްގޮތަށް ރައީސް ޔާމީން ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމަވާ، އެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާކަމަށެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިމުނުހާ އަވަހަކަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.
ރައީސް ޔާމީންގެ ފަރާތުން ވަނީ އެ ފަސް މިލިއަން ޑޮލަރު ދެއްކުން ފަސްކޮށް ދިނުމަށް އެދި ހައިކޯޓަށް ވެސް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ހައި ކޯޓުން ނިންމާފައިވަނީ އެކަން ފަސްކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް މުޅި މައްސަލައިގެ އިސްތިއުނާފީ ޝަރީޢަތް ހައިކޯޓުގައި ކުރިއަށް އެބަދެއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ އުފުލީ 2019 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
ޔާމީނު ގައިން ނުނެއް ޓި ގަނެގެން އުޅެނިކޮށް ފަސްއަހަރު ނިމިގެން ދާނީ.
ޔާ ހައްޔު ޔާ ގައްޔޫމް އިބޫ އާ ޔާ މީން ކުރެން ހައްގު ގޮތުގައި ހުރިމީ ހަކަށް ނަސްރު ދެއްވާ ކުށް ވެރިޔާ ހަލާކު ކުރަށްވާންދޭވެ
ބުއްޅަ މުޅި ގައުމު ހަލާކު ކޮށްނިންމަނީ ދިވެހިން ހޭލާ
ދިވެހި ހަޒާނާ ފެންފޮދަކާނުލާ ދިރުވާލީ ކެރަފާ އާއިލާ ރައްޔިތުންނަށް ކޮށްދިން ހެޔޮކަމެއް ނެތޭ ހުސްވެސް ދޯކާ އެކަން އޮށްބާލާމަތިޖަހަން ކުރާކަމަކީ ރ ޔާމީން އަށް ދުއްޕާން ކުރުން
ބަލަގަ ކިނބޫ ޥެސް އޭތީގެ ޝިކާރަ ކާލާއިރުވެސް ރޮއެކަރުނަ ބާލަމުންނޭ ކަނީ
ފަސްމިލިޔަން ޔޫއެސް ޑީ އަށް ވުރެ ގިނަ ރުފިޔާ ކެރަފާ އާއިލާއިން ދިރުވާ ހަޖަމް ކޮށް ނިންމާލައިފި ބައިތުލް މާލް ހުސްވެގެން ލާރި ޗާޕް ކޮށް ކޮށް ދިވެހި ރުފިޔާގެ އަގުވެއްޓި ޑޮލަރުގެ އަގު ބޮޑުވެއްޖެ ބަނީއިސްރާއިލްމީހުން ނަށްވެސް ޝުކުރު ވެރިވާން ދެކޮޅު ހެދުމުން އުގޫބާތް ތައް ﷲދެއްވެވި ދިވެހިންނަށްވެސް މިދިމާވަނީ އެގޮތަށް ދެންހީހީފާ އަތްޖަޙާ
މަ އެކަނި މާއެކަނި ހުއްޓަސް ރައިސް ޔާމީނަށް މަ ސަޕޯޓް ކުރާނީ ސަބަބަކީ ޒުވާނުންނަށް ވަޒީފާދީ ބާރުވެރި ކުރުވާތީ ކޮތަރު ބިސްއެޅުމަށް ކޮތަރު ކޮށި އަލައިދިނީމަ އިސްލާމީ އަޚްލާގް ޢާޒުވާނުން އަހުލު ވެރި ކުރުވުމުން ރޭޕް ކުރުމާ ކުށް ކުރުން މަދުކުރީތީ. ރ ޔާމިން އަށް ނަސްރު ދެއްވކާމިޔާބު ދެއްވާންދޭވެ
ސަލްމާން މިސް ކިތް އެޅުމަކީ ﷲ ލޯބިވެ ވޮޑިގަންނަވާ ކަމެއް ކަމުގައިވާނަމަ އެމަސައްކަތް ކުރި މީހާއަށް ނަސްރު ދެއްވާން ދޭވެ އަދި އެމްޑީއެން އާ އުތެމާ އަށް ބާރުދޭ ފަރާތްތައް ނާކާމިބުކުރައްވާންދޭވެ
ކިހާ ބޮޑު އުނދަގުލެއް ތަ
ގައުމަށް އެ ވަރަށް ޚިދުމަތް ކޮށް ދެއްވި، މި ގައުމުގެ ތަރައްގީގެ ބާނީ، އަދި މިހާރު މި ތިބަ މީހުންނާ ޚިލާފަށް އިސްލާމް ދީނާށް ނަސްރު ދިން ވެރިޔެއްގެ މައްޗަށް ދޮގު ތުހުމަތު ތައް އަޅުވައިގެން
ސަފާރީ ރޭޕް ކޭސް އޮއްބާލަން މިދުވަސްކޮޅު ރައްޔިތުންގެ ސަމާލުކަން އެހެންދިމަދިމާލަށް ގެންދެވޭތޯ ކުއްލިގޮތަކަށް ކިތަންމެ ފުލެއްކެހިޔަސް އެކަން ދިވެހިން ހަނދާންހުންނާނެ!
އެމްޑީޕީ ސަރުކާރެއް އައިސްފިތަ، ޑޮލަރުމަތިވާނެއެވެ. މިހާރުކިޔާފާނެ ކޮވިޑުގެ ސަބަބުންނޭ އެކަމު އަންނިގެ ދުވަސްވަރު ކޮވިޑެއްނެތެވެ. އެގޭކަމަކީ ޑޮލަރުމަތިވެ އިގްތިޞާދު ފުޑޭނެކަމެވެ. އެހެންތާވާނީ ރީދޫކުދިން އަބަދުވެސް އުޅޭނީ ކުރީގެ ރައީސުންނަށް ބަދަލުހިފުމުގައެވެ. އަންނިއިރު މައުމޫނު ފަހަތުން މިހާރު ޔާމީނުފަހަތުން ރައްޔިތުންނަށް ކަމެއްނުކޮށްދެވޭނެ އެކަންކޮށްފައެއް
ރައީސް ޔާ މީން ނުކުރާކަ މެއްކަން އެނގިތިބެ އެ މަނިކުފާނުގެ ބޮލުގައި ވަގުބަދުނާ މް އެޅުވު މުގައި އެކިގޮތް ގޮތުން އެކަ މުގގައި ބައިވެރިވި ހުރިހާޖާހިލުންނަށް މާތްﷲ އެކަ މުގެ ހިތިރަހަ އެބައިގަނޑަށް ހިތިގޮތަކަށް ދައްކަވާށި އާ މީން