ހުޅުމާލެގައި ސަފާރީގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނެ މީޑިއާތަކުން ހަބަރު ފަތުރާފައިވާތީ އެ މައްސަލަތައް ބަލައި މީޑިއާތަކަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް އަންގައިފިއެވެ.

ސަފާރީގައި ކުރި ކަމަށް ބުނާރޭޕް ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެން ގޮސްފައި ވަނީ "ރޯޔަލް ރޭޕް"ގޮތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ސޮއިކުރައްވާ މީޑިއާ ކައުންސިލަށް މިމަހުގެ އެއް ވަނަ ދުވަހު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، އެ ހަބަރު މީޑިއާތަކުން ގެނެސް ދީފައިވާ ގޮތުން އާއްމުންގެ ތެރޭގައި ނުތަނަވަސްކަމާއި ނަފުރަތު އުފެދެމުންދާކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާހަގަ ކުރައްވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ހަބަރު އެއްވެސް މީޑިއާއަކުން ފަތުރާފައިވާނަމަ އެކަން ބަލައި ދިނުމަށް މަޖިލީހުން ފޮނުވި ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ، މީޑިއާތަކުގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާ ޚިލާފަށް ޢަމަލުކުރާ މީޑިއާތަކާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު އެކުލަވާލައްވައި، އެ ގަވާއިދު ފޮނުއްވައިދެއްވުމަށްވެސް އެ ކޮމިޓީން އެދިވަޑައިގަންވާ ކަމަށެވެ.

"10 މާރިޗު 2020 ގައި ތިޔަ ކައުންސިލާއެކު އެ ކޮމިޓީން ބޭއްވެވި ބައްދަލުވުމުގައި، ވަކި ޤާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާނަމަ، އެހެންގޮތަކަށް އެ ޤާނޫނުގައި ބަޔާންކޮށްފައިނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުގެ ތެރޭގައި އެ ގަވާއިދާ ޚިލާފުވެއްޖެނަމަ، -/2,000 (ދެހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން ޢަދަދުން ޖޫރިމަނާކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެކަމަށް ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) 20 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމަށް ތިޔަ ކައުންސިލާ ޙިއްސާކޮށްފައި...". އެ ސިޓީގައި ވެއެވެ.

މި ކޭސް އާ އެންމެ ފުރަތަމަ ކުރީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަށް ނިސްބަތްވާ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތެވެ. އެހެންނަމަވެސް ފަހުން އެ އަންހެން މީހާ ވަނީ އޭނާ ރޭޕްކޮށްފައި ނުވާ ކަމަށް ބުނެފައެވެ. "މިހާރު" ނޫހަށް ދިން އިންޓަވިއުގައިވާ ގޮތުން އޭނާ އަށް ޖިންސީ ގޯނާ ކުރި ނަމަވެސް ރޭޕް ކޮށްފައެއް ނުވެއެވެ. އަދި ތުހުމަތު ކުރާ މީހުންނަށް ދައުވާ ކުރަން ބޭނުން ނުވާކަން އޭނާ ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ އަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    ދެން ހަބަރުގެ ތިރީގަ ކޮމެންޓު ކުރި މީހުންވެސް ހިފާ ހައްޔަރު ކުރޭ.. އެވަރުންވެސް ރޭ=ޕިސްޓުން މިނިވަންކޮށްފަ ބަހައްޓާ

    167
    2
  2. ބޯގޯސް

    ޢަނގަ ހައްދު ޖަހަން ކޯ ޓްތަކައް އެންގިޔަސް ރޯޔަލް ރޭޕް އެއީ ނުކުރާ ކަމެއްނޫން

    132
  3. ސާހިދު

    އެހެނެއްނު ވާނީ ތިޔަ ބުނީ ރޯޔަލް ބޭފުޅުންނޭ އެހެއްވީމާ ފިޔަވަޅުއަޅާނެ

    105
    1
  4. މަބޭ

    ތިޔަމަޖުލިގުގެ ރައީސްކުރަެްވާ ގައިރުގާނޫނީ އަމުރުތަކައް އަމީންއާމް ތަބާވާނަމަ ފަހުން އެމައްސަލަވެސް ބެލޭނެ ހަމަ ހަންދާންކޮއްލަދިނީ

    124
  5. ސަދޫމް

    ކޮބާ ޑިމޮކުރަސީ ދޮންވެފައްކާވާކަން މިއެނގެނީ ދެންތިބޭ ޑިމޮކުރަސީހޮވަަން ދެންބުނެ ރޯޔަލްރޭޕްކޭސްގެވާހަކަދެއްކުމަކީ އެއީ ޑިމޮކުރަސީއެއްނޫނޭ ލަދުކޮބާ މިމީހުން ކޮންމެކަމެއް ކޮންމެގޮތަކައްކުރިޔަސް އެއީ ޑިމޮކުރަސީ އެހެންބަޔަކު ކޮއްފިއޔާ އެގާނޫނާ ޚިލާފު

    68
    1
  6. ރޯޔަލް

    މިއަދު ބޭނުން ގޮތެއް ހަދާލެވިދާނެ. އެކަމު އިންސާފުގެ ދުވަހެއް އޮތްކަން ހަނދާނުގަ ބަހައްޓާތި.

    70
  7. ހިންނަވަރުރޯޔަލްސް

    އިބޫ ސޯލިހް އެއް އަތުން ރައްޔެތުންނައް ކޭކު ކާދެމުން އަނެއް އަތުން ގުއިކާންދޭ އިރުވެސް ރައްޔެތުންނައް ހަމަ އޯކޭ ދޯ؟

    70
    1
  8. ގަބޭ

    ސުވާލަކީ މަޖުލިސް މެންބަރު އަދި އެމީހުންގެ އަންބި،ފިރިންގެ މައްޗައް ގާނޫނު ނުހިންގަނީތޯ އުސޫލުތައްހަމަޖެހިގަ އޮންނަނީ ކޮންމެފަދަކުށެއް ކޮއްފަވެސް ސަލާމަތްވެވޭގޮޔައްތޯ.

    59
  9. ތުނިޔަ

    މަޖިލީހުގެ ރައީސް ވެސް މަރުވާނެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއަންނަންއޮތްދުވަހަށްބިރުވެތިވޭބަލަ ސަފާރީގައި ރޭޕްކުރިމީހުންގެ މައްސަލަ ނުބަލާ މީޑިޔާތަކުގެ މައްސަލަބެލުމަކީ ގުއިވަޅުގައި ދަޑިން ތެޅުންކަހަލަކަމެެެއް ތިހުރީ ރާކަނިމަސްކެވިފާ ތިޔައީމުނާފިގުމްގެވައްތަރެއް ހަދާންކޮށްލަދިނީ.

    56
  10. އެމަންޖެ

    ރޯޔަލް ރޭޕް ކުރިބޭފުޅުންގެ އަޑު ކަނޑުވާލަން ކަންނޭގެ އަލީ ވަހީދު ވާހަކަ މިހާރު ފަޅާލައިގެން މިއުޅެނީ ، މީ މޑޕ ގެ ރޭވުމެއްކަން 100%

    71
  11. އަލި ރަސްގެފާނު

    މީޑިއާ މިނިވަންކޮށް ޖުޑިޝަރީ މިނިވަންކޮށް ހެޔޮވެރިކަން ކުރާތަން ބަލަން މިތިބީ

    50
    1
  12. ފެކްޓް

    ތުހުންނަނީ ތިވެރިންގެ ކަންކަން. އެކަނަނކު އެއީ ހަމަ އެކަންކަން ވެދިޔަ ގޮތް. އެއީ ހަމ ރޯޔަލް ރޭޕް

    46
  13. އަޝްރަފް

    ހަމަ ރޯޔަލް ރޭޕް އެއްކަމެއްވެސް ނުކުރެވޭނެ އަތަށް ގޮވާނީ ހީވަނީ ހުރިހާ ބާރެއް އޮތީ ތިމަންމެން އަތުގައޭ އެހެން ހީވަންޏާ ތީކުށްހީއެއް ބިރުދައްކަން އުޅޭނެކަމެއްނެތް!

    14
  14. މޫނު

    ދަށްފަންތީގެ މީހާގެ ރޭޕްގެވާހަކަ މީޑިޔާތަކުން އެމީހާ އޮރިޔާންވާ ވަރަށް ދެއްކިޔަސް އޯކޭ...ތިޔަބުނާ ރޯޔަލް ބޭފުޅާ ގެ ރޭޕްގެ ވާހަކަ ދެއްކީމަ އެވީ ފިޔަވަޅު އަޅަން...ތާހިރެއް ނުން...މަގޭ ސުވާލަކީ ރޭޕަކީ ވަކި ފަންތިއެއްގެ މީހަކު ކުރީމަ ހުތުރުކަމަކަށް ވާނީހޭ.....މަށައް އެގިފަ އޮތްގޮތުގަ ކޮންމެ ފަންތިއެއްގެ ކޮންމެ މަގާމެއްގެ މީހަކު ކުރިޔަސް އެކަން ކުށަކަށް ވާނީ ހަމަ އެއްވަރަކަށް ކަން....ސަރުކާރުގެ މަތީމަގާމެއްގަ ހުރި ނުވަތަ ޝާހީ އާއިލާއެއްގެ މެމްބަރެކޭ ކިޔާފަ އެކަމުގަ ކުށްވެރި ވާންޖެހޭމިންވަރު ކުޑައެއް ނުވާނެ..

    10
  15. ހހައްވަ

    ހަޖަމުކުރަން ދަސްކުރޭ ދެންމިފަރު ކެއްކުރޭ ވެއްޓެނީ ވެއްޓެނީ ލަދުކުޑަ ލާދީނީ ބައިގަނޑު

    14
  16. ޢައިސް

    މި ޚަބަރު ކީ މީހުން އަދި ބެލި މީހުން ކުއްވެރިވޭތަ؟؟މަވެސް ސަލާމަތްނުވާނެކަންނޭގެ...

    16
  17. ޝްރޭ

    ދުވަހެއް އޮތް ކަން ހަނދާން ބަހައްޓާތި..ޑިކްޓޭޓާޝިޕް ކިޔަނީ ތިޔަގޮތް ގޮތައް އަމަލު ކުރާ ވެރިންނަށް...

    14
  18. ނަސީދު

    ޜައްއިތުން މިހާރު މިތިބީ ރޭޕްވެފައި މިއައްވުރެ ބޮޑަކައް ދެން ރޭޕެއްނުވާނެ އަގަޔާއަތާ ދިމާނުވެ ރައްއިތުން ބަޑައްޖެހޭހިސާބައް މިގައުމް ހިގައްޖެ

    13
  19. އެންދެރި

    ސޯސަލް މީޑިޔާ ނުހުއްޓު ވޭނެ އެވެ.

  20. ނަބާ

    މިހާރު މިޤައުމަށް ދިމާވެފަ އޮތް އެންމެ ބޮޑު ވަބާ އަކީ “ ރޭޕްގެ ވަބާ” މީ ކޮވިޑަށް ވުރެވެސް ބިރުހުރި އެއްޗަކަށް މިހާރު ވެއްޖެ !! އިތުބަާރު ކުރެވޭ އެކަކުވެސް ނެތް! މިނިސްޓަރުން ފެށިގެންގޮސް އެންމެ އާދައިގެ މީހާ ހަމައަށް މިރޭޕްގެ “ އަތް” މިހާރު ފޯރާފި!! ކުޑަ އެއް ބޮޑެއް ، މުސްކުޅިއެއް ޒުވާނެއް، އެއްޖިންސެއް، ދެ ޖިންސެއް ނެތް !!

  21. ކަންބަލާ މީހާ

    ނުފޫޒެއް ނޮފޯރުވާދޯ؟ ކޮމިޓީގެ ބައްދަލުވުމުގައިވެސް ބައިވެރިނުވީ ނުފޫޒު ނޮފޯރުވަން ވެގެންނޯ އެކަމަކު ކަންތައްތައް މިދަނީ އެއާއި ދިމާ އިނދިކޮޅަށް! ޖީހާނަށް ވަރަށް ސާބަސް