ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސްކަމުން އިސްތިއުފާ ދިނުމަށް، މިއަދު ޓުއަރިޒަމް މިނިސްޓަރު ކަމުން ވަކި ކުރި އަލީ ވަހީދަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަންގައިފިއެވެ.
ގާސިމް މިގޮތަށް އަންގާފައި ވަނީ، އަލީ ވަހީދު އެ މަގާމުން ވަކިކުރުމަށް އެ ޕާޓީގެ ކައުންސިލަށް ހުށަހަޅާފައި ވަނިކޮށެވެ.
ޖުމްހޫރީ ޕާޓިގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އަލީ ވަހީދު ޖޭޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އޭނާއަށް ފޮނުވި މެސެޖްއަކުން، ގާސިމް އަންގާފައިވާ ކަމަށެވެ.
އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ޞާލިހް އެންގެވީ ރޭގެ ވަގުތެއްގައެވެ.
ނަމަވެސް އޭނާ އެ މަގާމުން އިސްތިއުފާ ދީފައެއް ނުވެއެވެ.
އެންމެ ފަހުން ރައީސް ވަނީ މިއަދު އަލީ ވަހީދު މަގާމުން ވަކިކޮށްފައެވެ.
އަލީ ވަހީދަކީ ޖޭޕީގެ ރައީސް ކަމުގައި ވީނަމަވެސް އެޕާޓީގެ ހަރަކާތްތަކުގައި އޭނާ މީގެ ކުރިން ވެސް މާގިނައިން ބައިވެރިވާ މަންޒަރެއް ނުފެނެއެވެ.
ބޫން ބޫން ބޫން ކިޔާފަ ގެއްލިދަނީ. ތިމާ ވަރެއްނެތިގެން އުޅެއްޏާވާނީ ތިހެން.
އާމީން. ޢޮންނާނެ ރާކަނި ކެވިފަ. ދެން އަތް ޖަހާ
ގާސިމު ކުރާ އެއްވެސް ކަމަކަށް އެއްވެސް ތާއީދެއް ނެތް... އަމިއްލަ މުވައްޒަފުންނަށް މުސާރަ ނުދޭ މީހާ ތީވެސް ޝަރީއަތަށް ގެންދަން ޖެހޭ މީހެއް
ބޫމްބޫމް ބޫމްބޫމް ބޯކޮޅު ވަތަށް!
ނުދޭތި އެއް ގޮތަކަށްވެސް ނުދޭތި. ބަލަ މހުލާ އަށް އެއްޗެހި ކީމަ ކަމެއް ކުރަން ނުކެރުނު. ދެން ކީއްކުރަން
ގާސިމޫ ކަލޭ ކޮންމެ ކަމެއް ކުރިޔަސް މިގައުމުގެ ވެރިކަމެއް ނުކުރެވޭނެ.
ފުރަތަމަ ގުރުބާންކުރީ ޅަނދޮޅު ފުއްލާއެއް. ދެން ބާ ކަންބަޅިއެއް. މިފަހަރު ނީލަގެރި އެތެއް. ސާބަހޭ...ބޫންބޫން ކޯލިޝަން.
"އެރޭ ހާދަ ރުއިމޭ ، ހަނދާންވޭ އެ މަންޒަރު"
"ދުށީ ދާދި ކައިރިން ނިދާލާފަ ވާތީ"
ރައްޔިތުންނޭ ވިސްނާތިބޭތި އެވެސްއެބައި ގަނޑުގެ ރޭވުން އެމްޑީޕީ ޖޭޕީ އާއި ރާވައިގެން ކުރާކަމެއް ވިސްނާތިބޭތި އެމްޑީޕީ އަކީ އަބަދުވެސް ހަކުޅި ކުރިޔަށް ކުޅޭބައިގަނޑެއް އެބައިގަނޑުގެ ރޭވުމުން ދެންތިއަލީވަހީދު ވާނީ އަދީބުފަދަ ދެވަނަފައްޏަށް ޕޕ މީހުން ފިސާރިރަނގަޅަށް ހޭލާތިބޭތި ރައީސްޔާމީން ޖަލަށްލިފަހު ޕޕއާއި ގުޅުނު މީހުނާއި ދެންގުޅޭނެ މީހުނާއިމެދު ރަނގަޅަށް ވިސްނާ އެމީހުނަށް ވަރަށް ބޮޑަށް ފާރަވެރިވާތި އެހެންނޫނީ މުޅިޕާ ޓީ ބައިބައި ވެގެންހިގައިދާނެ!
ކޮންމެ އަހަރެއްގެ ޖުލައި 9 ވަނަ ދުވަހަކީ ދިވެހި ރާއްޖޭގައި ޖިންސީ ފުރައްސާރަ ލިބިފައިވާ އަދި ލިބެމުންދާ މީހުންނާޢި އެކުގައި ތިބިކަން އެކަމާއި ފާޅުގައި ދެކޮޅުކަން ބުނަން ހިތްވަރު ދިނުމަށް ފާހަގަ ކުރާ ދުވަހެއްގެ ގޮތުގައި ފާހަގަ ކޮށްދެއްވުމަށް ރައީސް އަރިހުން އަދި މަޖިލިސް މެންބަރުން އަރިހުން ވަރަށް ބޮޑަށް އެދެން
އަރާބާރަކަށް އެރުމަށްފަހު އެހާބާރަށް ވެއްޓުނީއެވެ. ސިޔާސީ ހަޔާތް ގަރަނބުވީއެވެ. ފަސްބައި ޗަކަވީއެވެ. އަބުރާއި އިއްޒަތް ނެތްމީހަކުގެ އަބުރާއި އިއްޒަތް ތޮއްޑޫދަށުން އޮޔާ ދިޔައީއެވެ. "މަހަށް ފަރަށް ދާން" ޖެހުނީއެވެ. މެޗުނިމުނީ !!!!!!!???
ތިއުޅެނީ ޕޕއެމް ގައި ފައްޏެއް އަޅުވަން ތިކަމެއް ނުވާނެ ކަލޯ ގާސިމާ ތިފަދަ މީހުންގަޔަށް ސަތޭކަފަރުވެސް ކަށިޖެހިދާނެ އެކަމަކު ޕޕ ކުދިންގަޔަށް ކަށިޖެހޭނީ އެއްފަހަރު އެއްވެސް ހޮރަކުން ދެފަހަރަކަށް ކައް ޓެއް ނުޖެހޭނެ ޕޕ ކުދިން ރަލެއް ނުބޯނެ އަބަދުވެސް ތިބޭނީހާގައި!
މިހާރު ހުންނާނެ ކަރާ ކެވިފަ!!
މިނިސްޓަރުކަމުން އިސްތިއުފާ ނުދިންމީހަކު ގާސިމް ޕާޓީން އިސްތިއުފާދޭންވީކީއްވެ، ޕާޓީގެ މަގާމުން އޭނަޔަށް މިނިސްޓަރުކަން ލިބުނު ފަހުން ތިޕާޓީ އެއް އޮންނަކަމެއްވެސް އޭނަޔަކަށް ނޭގޭ!